ބޯލީގެ އެންގުމާ އެކު ޗެލްސީގެ ކޯޗުކަމުން ޓުޗެލް ވަކިކޮށްފި

Sep 7, 2022, 11:20 AM
ބޯލީގެ އެންގުމާ އެކު ޗެލްސީގެ ކޯޗުކަމުން ޓުޗެލް ވަކިކޮށްފި

ލަންޑަން (ސެޕްޓެމްބަރު 7) - ޗެމްޕިއަންސް ލީގުގައި ރޭ ކްރޮއޭޝިއާގެ ޑިނަމޯ ޒަގްރެބް އަތުން ޗެލްސީ ބަލިވުމާ އެކު، އެ ޓީމުގެ ކޯޗުކަމުން ތޯމަސް ޓުޗެލް ވަކިކޮށްފި އެވެ.

ޗެލްސީން މި ގޮތަށް ނިންމީ ރޭ އެ ކްލަބްގެ ބޯޑު މެމްބަރުންގެ ބައްދަލުވުމެއްގައި ކްލަބްގެ ވެރިޔާ، އެމެރިކާގެ މަހުޖަނު ޓޮޑް ބޯލީގެ ހުށަހެޅުން ގަބޫލުކުރަން ބޯޑު މެމްބަރުންގެ މެޖޯރިޓީން ތާއީދުކުރުމުން ކަމަށް އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ޗެލްސީ ކުޅުުނު ފުރަތަމަ މެޗުގައި ރޭ ޑީނަމޯ ޒަގްރެބް އަތުން ރަށުން ބޭރުގައި ބަލިވީ 1-0 އިންނެވެ. ކުރިން ޕީއެސްޖީ އާއި ބޮރޫޝިއާ ޑޯޓްމަންޑްގެ ކޯޗުކަން ކުރި ޓުޗެލް ،49، ޗެލްސީގައި ހޭދަކުރީ 20 މަސް ދުވަހެވެ.

ޗެެލްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޗެލްސީގެ ކޯޗު ބަދަލުކުރުމަށް މިއީ "އެންމެ ރަނގަޅު ވަގުތު" ކަމަށް ކްލަބުގެ ވެރިންނަށް ގަބޫލްކުރެވޭ ކަމަށެވެ.

އިނގިރޭސި ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު 16 މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ ހަތް މެޗުންނެވެ. މި ސީޒަންގައި ޗެލްސީ ލީގުގައި ކުޅުނު ހަ މެޗުގެ ތެރެއިން ދެ މެޗުން ވަނީ ބަލިވެފަ އެވެ.

ޕީއެސްޖީގެ ކޯޗުކަމުން ވަކިކޮށްފައި ހުއްޓައި، ޗެލްސީގެ ކޯޗުކަމާ ޓުޗެލް ހަވާލުވީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ. އޭގެ ހަތަރު މަސް ފަހުން ޗެލްސީ ވަނީ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލައިފަ އެވެ. އަދި އޭގެ ފަހުން ޓުޗެލްގެ އިރުޝާދުގެ ދަށުން ޗެލްސީން ވަނީ ފީފާ ކްލަބް ވޯލްޑް ކަޕާއި ޔުއޭފާ ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ. އެކަމަކު، މިދިޔަ ސީޒަނުގައި އެފްއޭ ކަޕާއި ލީގު ކަޕް ފައިނަލުން ވީ ބައްޔެވެ.

"ޗެމްޕިއަންސް ލީގާއި ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ޓުޗެލް އަށް މި ކްލަބުގެ ތާރީހުން ހައްގުވާ މަގާމު ލިބޭނެ،" ޗެލްސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޗެލްސީގެ ކޯޗުގެ ޒިންމާތަކާ ވަގުތީ ގޮތުން ހަވާލުވާނީ ޓުޗެލްގެ ކޯޗިން ސްޓާފުގައި ހިމެނޭ ކޯޗުންތަކެވެ.

ކުރިން މައިންޒާއި ޑޯޓްމަންޑަށް ވެސް ކޯޗުކޮށްދިން ޓުޗެލްގެ ކޯޗުކަމުގައި މި ސީޒަނުގައި ޗެލްސީން ވަނީ ޓްރާންސްފާ މާކެޓްގައި 291 މިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ. އެކަމަކު، އެ ވަރުގެ އިންވެސްޓްމަންޓަކަށް ފަހު ޗެލްސީގެ ނަތީޖާތަށް އެކަށީގެންވާ ގޮތަށް ނުދާތީ ޗެލްސީގެ ވެރިން ނިންމީ ޓުޗެލް ވަކިކުރާށެވެ.

އާ ކޯޗެއް ހޯދުމުގެ މަސައްކަތް ޗެލްސީން ކުރަމުން އަންނައިރު، އެ ޓީމުން މި ވަގުތު އެންމެ ބޮޑަށް ބޭނުންވަނީ ބްރައިޓަންގެ ކޯޗު ގްރަހަމް ޕޮޓާ އެވެ. އެކަމަކު، އޭނާ ނުލިބިއްޖެނަމަ ކުރިން ސައުތެމްޓަނާއި ޓޮޓެންހަމް އަދި ޕީއެސްޖީ އަށް ކޯޗުކޮށްދިން މައުރީސިއޯ ޕޮޗެޓީނޯ ނޫނީ ރެއާލް މެޑްރިޑަށް ތިން ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިން ޒިނެދިން ޒިދާނަށް ހުށަހަޅާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޓުޗެލް އަކީ މި ފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގު ފެށި ފަހުން ވަޒީފާ ގެއްލުނު ދެ ވަނަ ކޯޗެވެ. މީގެ ކުރިން ބޯންމައުތުން ވަނީ އެ ޓީމުގެ ކޯޗަކަށް ހުރި ސްކޮޓް ޕާކާ މަގާމުން ދުރުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox