އުތުރު ކޮރެއާއިން ދަނީ ރަޝިއާއަށް ހަތިޔާރު ފޯރުކޮށްދެމުން: އެމެރިކާ

ރަޝިއާ ސިފައިން މިސައިލެއް ލޯންޗު ކުރަނީ. -- ފޮޓޯ: ރަޝިއާ ޑިފެންސް މިނިސްޓްރީ

ރަޝިއާ ސިފައިން މިސައިލެއް ލޯންޗު ކުރަނީ. -- ފޮޓޯ: ރަޝިއާ ޑިފެންސް މިނިސްޓްރީ

ދަތިކުރުމުގެ ފިޔަވަޅުތަކާ ހެދި ރަޝިއާގެ ސިފައިންނަށް ހަތިޔާރު ލިބުން ދަތިވެފައި ވާތީ އުތުރު ކޮރެއާއިން ހަތިޔާރު ފޯރުކޮށްދެމުންދާ ކަމަށް އެމެރިކާގެ ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.

މިހާރު އާއްމުކޮށްފައިވާ ސިއްރު ލިޔުންތަކަކާ ހަވާލާދީ ނިއު ޔޯކް ޓައިމްސްއިން ބުނީ ރަޝިއާއިން ވަަނީ އެތައް މިލިއަން ރޮކެޓާއި އާޓިލެރީ ޝެލް އުތުރު ކޮރެއާއިން ގަނެފައި ކަމަށެވެ.

ޔޫކްރެއިން ހަނގުރާމަ ދިގުލައިގެން ދާތީ ރަޝިއާއިން އިތުރު ހަތިޔާރު ހޯދަން އުތުރު ކޮރެއާއަށް ބަރޯސާ ވާނެ ކަމަށް އެމެރިކާގެ އޮފިޝަލަކު ވިދާޅުވި އެވެ.

Advertisement

ރިޕޯޓުތައް ބުނާ ގޮތުން އިރާންގެ ޑްރޯންތަކުގެ ފުރަތަމަ ޝިޕްމަންޓް ވެސް މިދިޔަ ހަފްތާގައި ރަޝިއާއަށް ލިބުނެވެ.

ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ އިރާނާއި އުތުރު ކޮރެއާއިން ދަނީ ޔޫކްރެއިން ހަނގުރާމައާ ދިމާކޮށް ރަޝިއާއާ ގުޅުން ވަރުގަދަ ކުރަމުންނެވެ.

ފިންލޭންޑްގެ ތިންކް ޓޭންކް ސެންޓާ ފޯ ރިސާޗް އޮން އެނާޖީ އެންޑް ކްލީން އެއާއިން ބުނީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަަބުން ހަކަތަ އެކްސްޕޯޓްކޮށްގެން ރަޝިއާއިން ހޯދާ އާމްދަަނީއަށް ގެއްލުމެއް ނުލިބެ އެވެ.

ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން ތެލާއި ގޭހުގެ އަގު އުފުލުމުން ފާއިތުވި ހަ މަހުގެ ތެރޭގައި ރަޝިއާއަށް އެ ތަަކެތީގެ އެކްސްޕޯޓުން 158 މިލިއަން ޔޫރޯ ލިބިފައިވާ ކަމަށް ބެލެވެ އެވެ.

އެހެން ނަމަވެސް އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ގަަބޫލުކުރާ ގޮތުގައި ފިޔަވަޅުތަކުގެ ސަބަބުން ރަޝިއާގެ ސިފައިންނަށް ހަތިޔާރު ސަޕްލައި ކުރުމުގައި ގޮންޖެހުންތައް އެބަ ހުއްޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox