އުމަރު ޒާހިރުގެ ހަޔާތްޕުޅަށް ފޮތެއް؛ "އެއީ ނަމޫނާ ބޭފުޅެއް"

ކުރީގެ ރައީސް މައުމޫނާއި، ނައިބު ރައީސް ފައިސަލް؛ އުމަރު ޒާހިރުގެ ހަޔާތްޕުޅަށް ފޮތެއް ނެރެދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް މައުމޫނާއި، ނައިބު ރައީސް ފައިސަލް؛ އުމަރު ޒާހިރުގެ ހަޔާތްޕުޅަށް ފޮތެއް ނެރެދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އުމަރު ޒާހިރުގެ ހަނދާނުގައި، ނޫސްވެރިޔާ މުހައްމަދު ޖަމީލު ލިޔުއްވާފައިވާ ފޮތް "ނަމޫނާ ޝަހްސިއްޔަތެއް" ރޭ ނެރެފި އެވެ.

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އުމަރު ޒާހިރުގެ ހަނދާނުގައި މައުމޫން ފައުންޑޭޝަންގެ ފަރާތުން ފޮތެއް ނެރުނީ ރޭ ޝީ ބިލްޑިންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ރަސްމިއްޔާތުގައި އެ ފޮތް ނެރެދެއްވީ ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ އުމަރު ޒާހިރުގެ ހަޔާތްޕުޅަށް އަދި ކުރެއްވި ހިދުމަތްތަކުގެ މައްޗަށް ލިޔުއްވާފައިވާ ފޮތް ނެރެދެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. ފައިސަލް ވިދާޅުވީ މިއަދު އުމަރު ޒާހިރު ނެތް ނަމަވެސް އެމަނިކުފާނުގެ ހަނދާންތަކާއިި ކުރެއްވި ހިދުމަތްތަކާއި ވިދާޅުވެފައިވާ ބަސްފުޅުތައް ހަނދާނުން ފޮހެވިގެން ނުދާ ކަމަށާއި، ތާ އަބަދަށް ދެމިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"އުމަރު ޒާހިރުގެ ހަޔާތްޕުޅުން އަޅުގަނޑުމެންނަށް ދަސްކުރެވޭނެ ގިނަގުނަ ފިލާވަޅުތަކެއް އެބަހުރި،" ފައިސަލް ވިދާޅުވި އެވެ.

އުމަރު ޒާހިރުގެ ހަޔާތްޕުޅަށް ފޮތެއް ނެރެދެއްވުމަށްފަހު، އެ ރަސްމިއޔްާތުގައި ނައިބު ރައީސް، ފައިސަލް ނަސީމް ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
އުމަރު ޒާހިރުގެ ހަޔާތްޕުޅަށް ފޮތެއް ނެރެދެއްވުމަށްފަހު، އެ ރަސްމިއޔްާތުގައި ނައިބު ރައީސް، ފައިސަލް ނަސީމް ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

އުމަރު ޒާހިރުގެ ހަޔާތްޕުޅަށް ފޮތެއް ނެރެދެއްވުމަށްފަހު، އެ ރަސްމިއޔްާތުގައި ނައިބު ރައީސް، ފައިސަލް ނަސީމް ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

އޭނާ ވިދާޅުވި މިއަދު އަޅުގަނޑުމެންގެ ތެރެއިން ނެތިގެންދާ ކަންތައްތަކަކީ ކޮބަކަން އެނގޭ ކަމަށާއި، އެ ކަންތައްތަކަށް އަލިއަޅުވާލާ ނަމަ، އުމަރު ޒާހިރުގެ ހަޔާތްޕުޅުގައި އެއިން ކޮންމެ ކަމެއް ވަރަށް ފުރިހަމައަށް ކުރެއްވި ކަމަށެވެ. ސްކޫލުގެ ނާޒިރުކަން ކުރެއްވި ދުވަސްވަރުގެ މިސާލު ނަންގަވާ ފައިސަލް ވިދާޅުވީ އުމަރު ޒާހިރު ވަނީ ވަރަށް ރަނގަޅަށް ދަރިން ތަރުބިއްޔަތު ކުރައްވާފައިވާ ކަމަށެވެ.

"އެއީ ކޮންމެހެން މާ ރީތި ސްކޫލަކަށް، މާ ރީތި ބިލްޑިންއަކަށް އެއްވެސް ހާލެއްގައި ވެގެނެއް ނޫން. ސްކޫލެއްގައި ދަރިން ތަރުބިއްޔަތު ވަނީ އަދި ރިވެތި ސިފަތައް ކުދިން ގައިގައި އަށަގަންނަނީ އެ ސްކޫލެއް ހަދާފައި ހުންނަ ގޮތަކުންނެއް ނޫން. ޖަހާފައި ހުންނަ މުއްޓަކުނެއް ނޫން. ފުރާޅުގައި ޖަހާފައި ހުންނަ ކުލައިގެ ޓިނަކުން ނޫން. ނަމަވެސް އެ ސްކޫލުގެ ލީޑަރެއްގެ ގައިގައި ހުންނަ މުހިންމު ސިފަތަކެއްގެ ސަބަބުން،" ފައިސަލް ވިދާޅުވި އެވެ.

އުމަރު ޒާހިރުގެ ހަޔާތަށް އިތުރަށް އަލިއަޅުއްވާލައްވަމުން ފައިސަލް ވިދާޅުވީ އުމަރު ޒާހިރު ބައެއް ކަންތައްތައް ކުރައްވަން އުޅުއްވުމުން އެކަން ނުކުރެވޭނެ ކަމަށް ބުނެ، ބައެއް މީހުން ޖޯކު ޖެހި ކަމަށެވެ. އުމަރު ޒާހިރުގެ ފުށުން އެންމެ ބޮޑަށް ފާހަގަކުރެވޭ، އެންމެ ރަނގަޅު ސިފައަކީ ކަމަށް ކަމޭ ހިތައި، ކުރައްވަން އުޅުއްވާ ކޮންމެ މަސައްކަތެއް ވަރަށް ރަނގަޅަށް ކުރެއްވުން ކަމަށެވެ.

ފައިސަލް އިތުރަށް ވިދާޅުވީ، ސްކޫލުތަކުގައި ވެސް އުމަރު ޒާހިރުގެ ވާހަކަދައްކަން ޖެހޭ ކަމަށާއި، ޒުވާނުން މޯޓިވޭޓްކޮށް ހިތްވަރު ދިނުމުގެ ގޮތުން ވެސް އެ ވާހަކަދައްކަން ޖެހޭ ކަމަށެވެ. އޭނާ ވަނީ އުމަރު ޒާހިރު ސިފަ ކުރެއްވެނީ މި ޖީލުގެ ޝަހްސިއްޔަތުގެ ގޮތުގައި ކަމަށެވެ.

އުމަރު ޒާހިރުގެ ހަޔާތްޕުޅަށް ފޮތެއް ނެރެދެއްވުމަށްފަހު، އެ ރަސްމިއޔްާތުގައި ކުރީގެ ރައީސް، މައުމޫން އަބްދުލްގައްޔޫމް ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
އުމަރު ޒާހިރުގެ ހަޔާތްޕުޅަށް ފޮތެއް ނެރެދެއްވުމަށްފަހު، އެ ރަސްމިއޔްާތުގައި ކުރީގެ ރައީސް، މައުމޫން އަބްދުލްގައްޔޫމް ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

އުމަރު ޒާހިރުގެ ހަޔާތްޕުޅަށް ފޮތެއް ނެރެދެއްވުމަށްފަހު، އެ ރަސްމިއޔްާތުގައި ކުރީގެ ރައީސް، މައުމޫން އަބްދުލްގައްޔޫމް ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

އެ ފޮތް ނެރެދެއްވުމަށްފަހު ރައީސް މައުމޫނުވެސް ވަނީ އެ ރަސްމިއްޔާތުގައި ވާހަކަދައްކަވާފަ އެވެ. މައުމޫންގެ ވާހަކަ ފައްޓަވަމުން ވެސް ވިދާޅުވީ މިއަދު އުމަރު ޒާހިރު ދުނިޔޭގައި ހުންނެވި ނަމަ ހުންނަވާނީ މަގުމަތީގައި ކަމަށާއި، އެހީ ބޭނުންވަނީ ކޮންތަނަކަށްތޯ އާއި ފެންބޮޑުވެފައި އޮތީ ކޮންތަނެއްގައިތޯ ބެއްލެވުމަށް ކަމަށެވެ. އަދި އުމަރު ޒާހިރުގެ ހަޔާތްޕުޅުން ލިބިވަޑައިގަންނަވާ އިބްރަތަކީ ގައުމަށް ބޭނުންވާ ކަންކަން ކޮށްދެއްވުމުގައި 24 ގަޑިއިރު ހުންނެވުން ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން، އުމަރު ޒާހިރަކީ މައުމޫން ފައުންޑޭޝަނުގެ އެއް ތަނބުކަން ފާހަގަކުރައްވާ މައުމޫން ވިދާޅުވީ މައުމޫން ފައުންޑޭޝަނުގެ ކޮންމެ ކަމެއްގައި ބައިވެރިވެ ވަޑައިގެން މަޝްވަރާ ދެއްވާ، އެހީދެއްވި ކަމަށެވެ.

އުމަރު ޒާހިރު އަވަހާރަވީ ކޮވިޑް ބަލީގައި ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން އަންނަނިކޮށް މިދިޔަ ޑިސެމްބަރު 20، 2021 ގަ އެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 85 އަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox