17 އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ލަންކާ އަދި ބަންގްލަދޭޝް އެއް ގްރޫޕެއްގައި

Sep 3, 2022, 5:50 AM
17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ޒުވާން ގައުމީ ޓީމުގެ ސްކޮޑު.-- ފޮޓޯ: އެފްއޭއެމް

17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ޒުވާން ގައުމީ ޓީމުގެ ސްކޮޑު.-- ފޮޓޯ: އެފްއޭއެމް

މި މަހު 5-14 އަށް ސްރީ ލަންކާގައި ކުރިއަށްދާ ސާފް 17 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ރާއްޖެ އާއި ބަންްގްލަދޭޝް އަދި ސްރީ ލަންކާ އެއް ގްރޫޕެއްގައި ވާދަކުރަން ޖެހިއްޖެ އެވެ.

އިސްމާއިލް އާސިފް (ކުޑަހީނާ) އާއި ގޯލްކީޕަރު އިމްރާން މުހައްމަދު އަދި އާފިއު މުހައްމަދު ހާމިދު، ކޯޗިން ޓީމުގައި ހިމެނޭ 17 އަހަރުން ދަށުގެ ގައުމީ ޓީމުން އިއްޔެ ވަނީ ސްރީ ލަންކާ އަށް ގޮސްފަ އެވެ. މި ޓީމުގެ ޕްރެކްޓިސްތައް ކުރިއަށް ގެންދިއުމާއި، ޓީމު އެކުލަވާލަން ލިބުނު އެންމެ ބޮޑު ފަސޭހަ އަކީ އެފްއޭއެމުން ދާދި ފަހުން 16 އަހަރުން ދަށަށް ހާއްސަކޮށް ބޭއްވި ޔޫތު ޗެމްޕިއަންޝިޕް އެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި ފާހަގަވި ގިނަ ކުޅުންތެރިން ވަނީ ގައުމީ ޓީމަށް ނަގައިފަ އެވެ.

16 އަހަރުން ދަށުގެ ގައުމީ ޓީމުން ބޭއްވި ޕްރެކްޓިހެއްގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މީގެ ކުރިން 15 އާއި 16 އަހަރުން ދަށަށް ބާއްވަމުން އައި މުބާރާތް މި ފަހަރު 17 އަހަރުން ދަށަށް ބަދަލުކޮށްގެން ކުރިއަށްދާއިރު، މި މުބާރާތުގައި މި ފަހަރު ހަ ޓީމެއް ވާދަކުރެ އެވެ. އެ ހަ ޓީމު ވަނީ ދެ ގްރޫޕަށް ބަހާލައިފަ އެވެ. ގްރޫޕް އޭގައި ލަންކާ އާއި ރާއްޖެ އަދި ބަންގްލަދޭޝް ހިމެނޭއިރު، ގްރޫޕް ބީގައި އޮތީ ތިން ފަހަރު ޗެމްޕިއަންކަން ހޯދި އިންޑިއާ އާއި ތިން ފަހަރު ރަނަރަޕަށް ދިޔަ ނޭޕާލްގެ އިތުރުން ބޫޓާން އެވެ. ކޮންމެ ގްރޫޕަކުން އެއް ވަނަ އާއި ދެ ވަަނަ ސެމީ ފައިނަލަށް ދަތުރުކުރާނެ އެވެ.

ސާފުން އެންމެ ފުރަތަމަ 2011 ވަނަ އަހަރު މި މުބާރާތް ބޭއްވިއިރު ރާއްޖޭން ބައިވެރިވި އެވެ. އެ ފަހަރު އިންޑިއާ އާއި ޕާކިސްތާނާ ވާދަކޮށް ދިޔައީ ގްރޫޕްގެ ފަހަތަށެވެ. ދެން، 2013 ވަނަ އަހަރު ބޭއްވިއިރު، ރާއްޖެ ވާދަނުކުރެ އެވެ. އޭގެ ފަހުން، 2015 ވަނަ އަހަރު އަފްގާނިސްތާނާއި ނޭޕާލާ އެއް ގްރޫޕެއްގައި ވާދަކޮށް ރާއްޖެ އަށް ގްރޫޕް ސްޓޭޖު ފަހަނައަޅައި ނުދެވުނެވެ. ނޭޕާލްގައި 2017 ވަނަ އަހަރު ހޯސްޓް ކުރި މުބާރާތުގައި، ރާއްޖޭން ނޭޕާލާއި އިންޑިއާއާ ވާދަކޮށް ކުރިއަށް ނުދެވުނެވެ. ޖެހިގެން އައި އަހަރު، ބަންގްލަދޭޝާއި ނޭޕާލާ އެއް ގްރޫޕެއްގައި ކުޅެގެން ވެސް ރާއްޖެ އަށް ގްރޫޕް ސްޓޭޖުން މުބާރާތް ނިމުނީ އެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު އިންޑިއާގައި ކުރިއަށްދިޔަ މުބާރާތުގައި ރާއްޖެ ވާދަނުކުރެ އެވެ. އެ ފަހަރު އިންޑިއާ، ބަންގްލަދޭޝް، ބޫޓާން، ނޭޕާލް އަދި ސްރީ ލަންކާގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު، އެއް ވަނަ ދެ ވަނަ ކުޅުނީ ފައިނަލެކެވެ. ފައިނަލުގައި އިންޑިއާ އިން ވަނީ ނޭޕާލް 7-0 އިން ބަލިކޮށްފަ އެވެ.

16 އަހަރުން ދަށުގެ ގައުމީ ޓީމުން ބޭއްވި ފަރިތަކުރުމެއްގެ ތެރެއިން.

ރާއްޖޭން މި ފަހަރުގެ މުބާރާތުގައި ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިއުމަށް ޓާގެޓް ކުރަން ޖެހޭނެ މެޗަކީ ލަންކާ މެޗެވެ. ރާއްޖޭން ފުރަތަމަ މެޗުގައި ހަތް ވަނަ ދުވަހު ބަންގްލަދޭޝާ ކުޅުމަށް ފަހު އެއް ދުވަސް ފަހުން، ލަންކާއާ ކުޅޭނެ އެވެ. މެޗުތައް ކުޅޭނީ ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގަ އެވެ. މިއީ މިދިޔަ އަހަރު ނޮވެމްބަރު މަހު، ލަންކާ އިން ކުރިއަށްގެންދިޔަ، ފޯ ނޭޝަންސް ޓޯނަމެންޓްގެ މެޗުތައް ކުޅުނު ދަނޑެވެ.

16 އަހަރުން ދަށުގެ ގައުމީ ސްކޮޑު

އަބްދުﷲ ރަޒީފް މުހައްމަދު، އަހުމަދު އަކްމަލް ނިޒާމް، އަހުމަދު އަޒުލާން އަލީ، އަހުމަދު ހަމްދާން އަޒްލީން، އަހުމަދު ރާއިފް ނަސީމް، ހުސެއިން އާއިޝް އަބްދުލް ވާހިދު، ހުސެއިން ޔަމީން، ލަހުފާން އަހުމަދު ޝަހީމް، މުހައްމަދު އައިހަމް އިބްރާހިމް، މުހައްމަދު އައިމަން އަލީ، މުހައްމަދު އަޔާޝް އަޝްރަފް، މުހައްމަދު ޖޫދު އަޝްފާގު، މުހައްމަދު ރަޒާން، މުހައްމަދު ރާއިފް ރާޝިދު، އަގްސަން އަހުމަދު ނަސީމް، ޔޫސުފް ނަމިކް އަލީ ނަސީރު، ހަސަން ނާވީ، އައިދާން އަހުމަދު މޫސާ، މުހައްމަދު ނާމީ ނަޒީފް، މުހައްމަދު ޝައްފާން، ޒާދު މުހައްމަދު ހާލިދު، އަހުމަދު އަތުވާން އަލީ އަދި މުހައްމަދު އުނައިސް ބިން ނޫހު

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox