15 ޒުވާނުންނާ އެކީ ޖަލްބޫޓު އިންޓާންޝިޕް ޕްރޮގްރާމް ފައްޓައިފި

ޖަލްބޫޓް އިންޓާންޝިޕް ޕްރޮގްރާމުގެ ބައިވެރިން: މި އިންޓާންޝިޕް ޕްރޮގްރާމުގައި އަށް ދާއިރާއަކުން ތަމްރީނުވުމުގެ ފުރުސަތުތައް ލިބޭ. -- ފޮޓޯ: ޖަލްބޫޓް

ޖަލްބޫޓް އިންޓާންޝިޕް ޕްރޮގްރާމުގެ ބައިވެރިން: މި އިންޓާންޝިޕް ޕްރޮގްރާމުގައި އަށް ދާއިރާއަކުން ތަމްރީނުވުމުގެ ފުރުސަތުތައް ލިބޭ. -- ފޮޓޯ: ޖަލްބޫޓް

ޖަލްބޫޓް މެރިން ސާވިސަސްއިން ހުޅުވާލި އިންޓާންޝިޕް ޕްރޮގްރާމުގެ ފުރަތަމަ ބެޗު 15 ޒުވާނުންނާ އެކީ އަންގާރަ ދުވަހު ފަށައިފި އެވެ.

މިއީ މެރިން އޮޕަރޭޝަންސް ދާއިރާއިން ތަމްރީނުވާން ޝައުގުވެރިކަން ހުރި ދިވެހިންނަށް އަމާޒުކޮށްގެން ޖަލްބޫޓް އިން ހިންގާ އިންޓާންޝިޕް ޕްރޮގްރާމެކެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގައި ބޭއްވި ހަފުލާއެއްގައި ޖަލްބޫޓްގެ އިންޓާންޝިޕް ޕްރޮގްރާމް ފައްޓަވައިދެއްވީ ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އެވެ.

ހަފްލާގެ ބައިވެރިންނާ މުހާތަބު ކުރައްވައި ގައުމު ބިނާކުރުމާއި، އިންސާނީ ވަސީލަތް ތަރައްގީކުރުމުގައި ޕްރައިވެޓް ސެކްޓާގެ ބައިވެރިވުމުގެ މުހިއްމުކަމުގެ މައްޗަށް މިނިސްޓަރު އަލިއަޅުއްވާލެއްވި އެވެ. އަދި މިފަދަ ފުރުސަތަކީ މަދުން ނުލިބޭނެ ފުރުސަތެއްކަން ފާހަގަކޮށް މިފުރުސަތު ދޫކޮށް ނުލުމަށް އިންޓާނުންނަށް ހަނދާންކޮށްދިނެވެ.

ޖަލްބޫޓުގެ މި އިސްނެގުމަށް މަރުހަބާ ކިޔަމުން މިނިސްޓަރު ވަނީ އަދި މި ޒުވާންނަށް މިފަދަ ފުރުސަތެއް ހޯއްދަވައިދެއްވިކަމަށްޓަކައި ޝުކުރުދަންނަވާފަ އެވެ.

ހަ މަސް ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މި ޕްރޮގްރާމުގެ ބައިވެރިންނަށް ޖަލްބޫޓް އިން މަސައްކަތްކުރާ ދާއިރާތަކުގެ ތެރެއިން ވޯޓާ ސްޕޯޓްސް، ޑައިވިން، އެކްސްކާޝަން، މެރީނާ އޮޕަރޭޝަންސް، ޓްރާންސްޕޯޓް، އެޑްމިން، ފައިނޭންސް އަދި މާކެޓިން ދާއިރާއިން ތަމްރީންވުމުގެ ފުރުސަތު ލިބޭނެ އެވެ.

އިންޓާންޝިޕް ނިންމާ ޒުވާނުންނަށް އިންޓާންޝިޕް ނިންމިކަމުގެ ލިޔުން އަދި ރިފަރެންސް ލެޓާ ދެވޭނެ އެވެ. މީގެ އިތުރުން އިންޓާރންޝިޕް ނިންމާ ޒުވާނުންނަށް ޖަލްބޫޓް އިން ވަޒީފާގެ ފަހި ފުރުސަތުތައް ވެސް ލިބޭނެ އެވެ. އިންޓާންޝިޕްގެ މުއްދަތުގައި އެލަވަންސެއް ވެސް ލިބޭނެ އެވެ.

ޖަލްބޫޓް މެރިން ސާވިސް ޕްރައިވެޓް ލިމިޓެޑަކީ ޔުނައިޓެޑް އަރަބް އެމިރެޓްސްގެ ޖަލްބޫޓް ހޯލްޑިން އެލްއެލްސީގެ ސަބްސިޑިއަރީ ކުންފުންޏެކެވެ.

ޖަލްބޫޓް މެރިން ސާރވިސަސް ހާއްސަވެފައިވަނީ ކަނޑުދަތުރާއި މެރީނާ މެނޭޖްމަންޓާއި ވޯޓާ ސްޕޯޓްސްގެ އިތުރުން ބޯޓް ބިލްޑިން އާއި ޗާޓާގެ ހިދުމަތަށެވެ. ޖަލްބޫޓްއިން މިހާރު ވެސް ރާއްޖޭގެ ބޮޑެތި ރިސޯޓްތަކަށް ދަތުރުފަތުރާއި ވޯޓާ ސްޕޯޓްސްގެ ހިދުމަތް ފޯރުކޮށްދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސްގައި 5،500 އަށްވުރެ ގިނަ ދުވުންތެރިން

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026 ގައި 5،500 އަށް ވުރެ ގިނަ ދުވުންތެރިން ރަޖިސްޓަރީވެފައިވާއިރު، މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ދުވުމެވެ. 'ވޯލްޑް އެތުލެޓިކްސް ރޭންކިންގް ކޮމްޕެޓިޝަން' އެއްގެ ގޮތުގައި ބަލައިގެންފައިވާ މި ދުވުން އޮންނާނީ 20 ނޮވެމްބަރު 2026 ގައި ހުޅުމާލޭގައެވެ. ކުޑަކުދިންގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމަށް ބާއްވާ މި ހަރަކާތުގައި ހާފް މެރަތަން އާއި އެކި ކިލޯމީޓަރުތަކުގެ ދުވުންތައް ހިމެނެއެވެ.

އެސްޖޭ ދިހެރެޔާ ރެސިޑެންސްގެ އެޕާޓްމަންޓް ބުކިންއަށް ހުޅުވާލައިފި

އެސްޖޭ ގްރޫޕުން ހުޅުމާލޭ ފޭސް 1 ގައި ތަރައްގީކުރާ 'އެސްޖޭ ދިހެރެޔާ ރެސިޑެންސް' ގެ އެޕާޓްމަންޓްތައް 3.6 މިލިއަން ރުފިޔާއިން ފެށޭ އަގުތަކެއްގައި ވިއްކަން ފަށައިފިއެވެ. ކުރިއަށް އޮތް ދެ އަހަރު ތެރޭ ނިންމުމަށް އަމާޒުކޮށްފައިވާ މި ކޮންޑޮމީނިއަމްގައި އިންފިނިޓީ ޕޫލާއި، ޖިމް އަދި ޕާކިން ފަދަ ޒަމާނީ ވަސީލަތްތައް ހިމެނޭއިރު، މިއީ ހުރިހާ ޚިދުމަތްތަކެއް ކައިރިން ލިބޭނެ ހިތްގައިމު ސަރަހައްދެއްގައި ބިނާކުރާ އިމާރާތެކެވެ.

މިފްކޯއަށް ގިނައިން މަސް ކިރުވާ ނަމަ ބޮޑު އަގެއް ދެނީ

މިފްކޯއިން މަސް ގަންނަ އަގުތަކަށް ބަދަލު ގެނެސް، ގިނައިން މަސް ކިރުވާ އުޅަނދުފަހަރަށް ބޮޑު އަގު ދޭން ނިންމައިފި. މި ބަދަލުގެ ދަށުން އަށް ޓަނަށް ވުރެ ގިނައިން މަސް ކިރުވާނަމަ ކިލޯއަކަށް 22.75ރ. ލިބޭނެ. މި ބަދަލަކީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، ގެނައި ބަދަލެއް ކަމަށް މިފްކޯއިން ބުނޭ.

އެމްއައިބީ ގެސްޓްހައުސް އެވޯޑްސްއަށް ބާކީ ދެ ދުވަސް

އެމްއައިބީން އިންތިޒާމުކުރާ "ގެސްޓްހައުސް ސިމްޕޯސިއަމް" އާއި އަލަށް ތައާރަފްކުރާ "ގެސްޓްހައުސް އެވޯޑްސް" އޮންނާނީ ބުރާސްފަތި ދުވަހު. މި ސިމްޕޯސިއަމްގައި ގެސްޓްހައުސް ދާއިރާގެ މުސްތަގުބަލާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ. އަދި، ގެސްޓްހައުސް އެވޯޑްސްގައި ގެސްޓްހައުސްތަކަށާއި ވަކިވަކި ފަރުދުންނަށާއި ރަށްރަށަށް އެވޯޑު އެރުވޭނެ.

ދުނިޔޭގެ އެންމެ ވަރުގަދަ ބޭންކުތަކުގެ ލިސްޓުގައި ބީއެމްއެލް

ފޯބްސް މެގަޒިންއިން ހޮވި ދުނިޔޭގެ އެންމެ ރަނގަޅަށް މަސައްކަތްކުރާ ބޭންކުތަކުގެ ލިސްޓުގައި، ބީއެމްއެލް ހިމެނުނީ 3 ބިލިއަނާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ އެސެޓް ހުރި ބޭންކުތަކުގެ ކެޓަގަރީގެ 39 ވަނައިގައި. އެ ބޭންކުން މިދިޔަ އަހަރު ރެކޯޑު ފައިދާއެއް ނެރުނު. މި އަހަރު އެ ބޭންކުން މިސްރާބު ޖަހާފައި ހުރީ މިދިޔަ އަހަރުގެ ރެކޯޑު މުގުރާލަން.

ބީއެޗްއެމްއިން އޭބްލް ފާމް ކިރު ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި

ބީއެޗްއެމް ޓްރޭޑާސްއިން ސިއްހީ ގޮތުން ފައިދާހުރި، މަތީ ފަންތީގެ "އޭބްލް ފާމް" ބްރޭންޑުގެ ކިރު ރާއްޖޭގެ ބާޒާރަށް އަލަށް ތައާރަފްކޮށްފިއެވެ. މި ބްރޭންޑުގެ ފުލް ކްރީމް އަދި ލޯ ފެޓް ކިރުގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ބާވަތްތައް މިހާރު ރާއްޖޭގެ ފިހާރަތަކުން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ލިބެން ހުންނާނެއެވެ.

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

Newsletter

Get the latest news delivered straight to your inbox