ނަޝީދާއި ޝާހިދު، އިންޑިއާގެ އިސް ވެރިންނާ ބައްދަލު ކުރަނީ

ރައީސް ނަޝީދު އާއި މިނިސްޓަރު ޝާހިދު އެކުގައި އިންޑިއާގެ ފޮރިން މިނިސްޓަރާ ބައްދަލު ކުރައްވަނީ - ފޮޓޯ: އެމްޑީޕީ

ރައީސް ނަޝީދު އާއި މިނިސްޓަރު ޝާހިދު އެކުގައި އިންޑިއާގެ ފޮރިން މިނިސްޓަރާ ބައްދަލު ކުރައްވަނީ - ފޮޓޯ: އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާއަށް ކުރައްވާ ދަތުރުގެ ތެރެއިން، އިންޑިއާ ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވަން ފަށައިފި އެވެ.

ޝާހިދުގެ ދަތުރަކީ އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވާ ރަސްމީ ދަތުރެގަ އެވެ. ނަޝީދު އިންޑިއާއަށް ވަޑައިގަތީ ނުރަސްމީ ދަތުރެއްގަ އެވެ.

ނަޝީދާއި ޝާހިދު އެކީގައި މިހާރު ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް (ފޮރިން) މިނިސްޓަރު ސުބްރަމަންޔަމް ޖައިޝަންކަރްއާއި އެ މިނިސްޓްރީގެ އެހެން ބައެއް ބޭފުޅުންނާ ބައްދަލު ކުރައްވައިފަ އެވެ.

މި ބައްދަލުވުންތަކުގެ ތަފްސީލެއް އަދި ނުދެ އެވެ.

ފޮރިން މިިނިސްޓްރީން ބުނެފައިވާ ގޮތުގައި ޝާހިދުގެ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ނައިބު ރައީސް ޖަގްދީފު ދަންކަރު އާއި ފޮރިން ސެކްރެޓަރީ ވިނޭ ކުވާޓްރާއާ ބައްދަލު ކުރައްވާނެ އެވެ.

ނަޝީދާއި ޝާހިދު އެކީގައި އިންޑިއާގެ ފޮރިން މިނިސްޓަރާ ބައްދަލުކުރެއްވިއިރު، އެމްޑީޕީގެ އެތެރޭގައި ވަނީ ހިޔާލުތަފާތުވުންތައް ބޮޑުވެފަ އެވެ.

ދާދި ފަހުން ނަޝީދު ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ޝާހިދު ވެސް އޮތް ކަން ހާމަކުރައްވައިފަ އެވެ.

ނަމަވެސް ޝާހިދު މަޑުކުރައްވާފައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނުކުންނަވަން ފުރުސަތު ދެއްވަން އެންގެވި ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާނީ އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީއަކުންނެވެ.

އެ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ރައީސް ސޯލިހު ފާޅުކުރައްވާފައިވާއިރު، ނަޝީދު ވެސް ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވައިފަ އެވެ.

އެކަމަކު ތިންވަނަ ބޭފުޅަކާ މެދު ވިސްނަވަން ވެސް ރަނގަޅު ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ. އެހެން ވިދާޅުވީ ވެސް ޝާހިދުގެ ނަން ފާހަގަ ކުރެއްވުމަށްފަހުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލަކީ ހިޔާނާތެއް: އާޒިމް

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށް ވިދާޅުވެ، އެ އެއްބަސްވުން ބާތިލުކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ. އާޒިމް ވިދާޅުވީ މިއީ ދިވެހިންގެ މުސްތަގުބަލު ގެއްލޭ ގޮތަށް، ރައްޔިތުންނަށް އެ ބިން އަނބުރާ ނުލިބޭނެ ފަދަ ގޮތަކަށް ކޮށްފައިވާ ނުރައްކާތެރި ކަމެއް ކަމަށެވެ.

ރަސްމާލެ ދިނަސް ބޯހިޔާވަހިކަމަށް ހުރަސް ނޭޅޭނެ: މުއިއްޒު

ރަސްމާލެއިން ބޮޑު ބިމެއް އީގަލް ހިލްސް ކުންފުންޏަށް ދޫކުރި ނަމަވެސް، ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވައިފިއެވެ. ނަމަވެސް، ބިދޭސީންނަށް ޚާއްސަކޮށްގެން ހިންގާ މި މަޝްރޫއަށް ބޮޑު ބިމެއް ދިނުމުން، ސަރުކާރުން ވައުދުވި ގޯއްޗާއި ފްލެޓްތައް އެޅުމަށް ބޭނުންވާ ޖާގައާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރިޒާވު ދަށް، އެކަމަކު ހަ މަސް ތެރޭގައި ރަނގަޅު ވާނެ: މުއިއްޒު

ހަ މަސްދުވަހުގެ ތެރޭގައި ރިޒާވް ރަނގަޅުވާނެ ކަމުގެ ޔަގީންކަންމުއިއްޒު ދެއްވިއިރު، ރިޒާވް އިތުރުކުރުމަށްޓަކައި ޑޮލަރު މާރުކުރާ މިންވަރު އިތުރުކުރުމާއި މެލޭޝިއާއިން ކަރަންސީ ސްވޮޕް ފެސިލިޓީ ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން. ސަރުކާރުން ބުނަނީ ރިޒާވު ދަށް ވަނީ ދަރަނި ދައްކަން ޖެހޭތީ އާއި ތެޔޮ އިމްޕޯޓުކުރުމުގެ ހަރަދު ބޮޑުވީމަ ކަމަށް.

އީގަލް ހިލްސްއަށް ރަސްމާލެ ދިނުމާ ދެކޮޅު ހަދަންޖެހޭ: ފަޒްލޫން

ރަސްމާލެ މަޝްރޫއު ހިންގަން އީގަލް ހިލްސް ކުންފުންޏަށް ބިން ދިނުމަކީ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރުވައި، ގައުމުގެ އިސްތިގުލާލަށް ނުރައްކާވެދާނެ ކަމެއް ކަމަށް ޝެއިހް ފަޒްލޫން ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުގެ ދަށުން ދޫކުރާ ތަންތަން 99 އަހަރުގެ މުއްދަތަށް، ނިމުމެއް ނެތް ސިލްސިލާއެއްގެ ގޮތުގައި ދެވޭނެ.

ރ. މަޑުއްވަރީގައި ބިދޭސީއެއް އަތުން ފޭރުނު މައްސަލައެއް ބަލަނީ

ރ. މަޑުއްވަރީގައި ބިދޭސީ އަންހެނެއް އަތުން ފޭރި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު، މި އަމަލު ހިންގާފައިވަނީ ބަންގްލަދޭޝް ފިރިހެނެއްކަން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން އެނގޭ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނޭ.

ސަލާމަތީ މަޖިލީހުން ސިޑްސްއަށް ދާއިމީ ގޮނޑިއެއް ދޭން ގޮވާލައިފި

އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ވީޓޯގެ ބާރު އުވާލުމަށާއި، 2033-2034 ވަނަ އަހަރަށް ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެއިން ކުރާ މަސައްކަތަށް ތާއީދުކޮށްދިނުމަށް އެދިވަޑައިގެންފަ

ކޮވިޑުގެ ސަބަބުން ރާއްޖެ 15 އަހަރު ފަހަތަށް ސޮއްސާލި: އިރުތިޝާމް

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ގެއްލި، ތަރައްގީގައި 15 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވި. ވެކްސިނާއި ބޭހާއި ބަލި ދެނެގަންނަ ވަސީލަތްތައް ފޯރުކޮށްދެވޭނެ ވަރުގަދަ ނިޒާމުތަކެއް ބޭނުންވާކަން އިރުތިޝާމް ފާހަގަކުރެއްވި.

Newsletter

Get the latest news delivered straight to your inbox