ބާސެލޯނާގައި ލެވަންޑޯސްކީގެ ވިދުން ގަދަ، ރެއާލަށް ތިން ވަނަ މޮޅު

Aug 29, 2022, 4:03 AM
ލަނޑު ޖެހުމަށް ފަހު ލެވަންޑޯސްކީ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ލެވަންޑޯސްކީ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ބާސެލޯނާ (އޮގަސްޓް 29) - ސްޕެނިޝް ލީގުގައި ރޭ ރޮބަޓް ލެވަންޑޯސްކީގެ ދެ ގޯލާ އެކު 4-0 އިން ރެއާލް ވަލޮޑޮލިޑް އަތުން ބާސެލޯނާ މޮޅުވިއިރު، އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން 3-1 އިން އެސްޕަންޔޯލް ބަލިކޮށް، މި ފަހަރު ލީގުގައި ކުޅުނު ތިން ވަނަ މެޗުން ވެސް މޮޅުވެއްޖެ އެވެ.

ސްޕެނިޝް ލީގުގެ އާ ސީޒަނުގައި ތިން މެޗު ނިމުނުއިރު، ފުރިހަމަ ރެކޯޑަކާ އެކު އޮތީ އެއް ވަނައިގައި އޮތް ރެއާލާއި ދެ ވަނައިގައި އޮތް ރެއާލް ބެޓިސް އެވެ. ދެ ޓީމަށް ވެސް ވަނީ 9 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ބާސެލޯނާ އާއި ހަތަރެއްގައި އޮތް ވިޔަރެއާލަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެެވެ. ވިޔަރެއާލް ވަނީ ރޭ ލަނޑެއް ނުޖެހި 0-0 އިން ގެޓަފޭއާ އެއްވަރުވެފަ އެވެ.

އެސްޕަންޔޯލް ދަނޑުގައި ރޭ ކުޅުނު މެޗުގެ 12 ވަނަ މިނިޓްގައި ރެއާލަށް ލީޑުނަގައިދިނީ ވިނީޝިއުސް ޖޫނިއާ އެވެ. ރެއާލްގެ މިޑްފީލްޑަރު، އައުރެލިން ޗުއަމެނީ ދިން ބޯޅައަކުން ވިނީޝިއުސް ވަނީ އޭރިއާތެރެއިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލް ޑިފެންސް ތެރެއިން ލިބުނު ހުސް ފުރުސަތެއްގައި ގޯލު ޖަހައި، ހޮސޭލޫ ވަނީ އެސްޕަންޔޯލަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

މެޗުގެ 65 ވަނަ މިނިޓްގައި ކަރިމް ބެންޒެމާ ރެއާލަށް ލަނޑެއް ޖަހައިދިން ނަމަވެސް ރެފްރީ ނިންމީ އޮފްސައިޑް ގޯލެއް ކަމަށެވެ. އެކަމަކު، މެޗުގެ 88 ވަނަ މިނިޓްގައި ރޮޑްރީގޯ ނަގައިިދިން ބޯޅައަށް ރަނގަޅު ތަނަށް ހުސްވެ، ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައި، ބެންޒެމާ ވަނީ ރެއާލަށް އަލުން ލީޑުނަގައިދީފަ އެވެ.

ރެއާލްގެ ބެންޒެމާ (ވ) އެސްޕަންޔޯލްގެ ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވާލަނީ.--- ފޮޓޯ: އޭއެފްޕީ

އިތުރު ވަގުތުގެ ހަ ވަނަ މިނިޓްގައި އެސްޕަންޔޯލް ކީޕަރު ބެންޖަމިން ލެކޮމްޓޭ، އޭރިއާ އިން ބޭރަށް ނުކުމެ ކުރި ފައުލަކަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. އޭރު އެސްޕަންޔޯލުން ތިން ބަދަލުކޮށްފައިވާތީ ގޯލަށް އެރީ ޑިފެންޑަރު، ލެއަންޑްރޯ ކަބްރޭރާ އެވެ. ލެކޮމްޓޭ ކުރި ފައުލަށް ލިބުނު ހިލޭ ޖެހުން ބެންޒެމާ ވަނީ ގޯލަށް ފޮނުވާލައި، ރެއާލަށް ތިން ޕޮއިންޓް ޔަގީންކޮށްދީފަ އެވެ.

ބާސެލޯނާ ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން 12 ވަނަ މިނިޓްގައި ރަފީނިއާ ނެގި ހުރަހަކުން ލެވަންޑޯސްކީ ބޮލުންޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އެކަމަކު، މެޗުގެ 24 ވަނަ މިނިޓްގައި ރަފީނިއާ ނެގި ހުރަހަކުން ލެވަންޑޯސްކީ ވަނީ ބާސެލޯނާ އަށް ލީޑުނަގައިދީފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އޮސްމާން ޑެމްބެެލޭ އޭރިއާތެރެއިން ހުސްކޮށްލާފައި ދިން ބޯޅަ ޕެޑްރީ ވަނީ ހަމަޖެހިލާފައި ގޯލަށް ފޮނުވާލައި، ބާސެލޯނާގެ ލީޑުފުޅާކޮށްދީފަ އެވެ.

މެޗުގެ 65 ވަނަ މިނިޓްގައި ލެވަންޑޯސްކީ ވަނީ ބާސެލޯނާގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. މިއީ ޑެމްބެލޭ ދިން ބޯޅައަކަށް އޭރިއާތެރެއިން ހުސްކޮށް އަރައި، ލެވަންޑޯސްކީ ޖެހި މޮޅު ގޯލެކެވެ. އޭގެ ހަތަރު މިނިޓް ފަހުން ވަލޮޑޮލިޑުން ގޯލެއް ޖަހަން ފޮނުވާލި ބޯޅައެއް ބާސެލޯނާގެ ޑިފެންޑަރު، ޖޫލްސް ކޫންޑޭ ވަނީ ގޯލު ރޮނގުމަތިން ސަލާމަތްކޮށްފަ އެވެ.

ލެވަންޑޯސްކީ ހެޓްރިކް ފުރިހަމަ ކުރަން މެޗުގެ އިތުރު ވަގުތުގައި ލިބުނު ފުރުސަތުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. އެ ބޯޅަ އެނބުރި ކުޅުމަށް އައި ވަގުތު، އޭރިއާތެރޭގައި ހުރި ބާސެލޯނާގެ ސާޖީ ރޮބާޓޯ ވަނީ ގޯލަށް ބޯޅަ ފޮނުވާލައި، ބާސެލޯނާގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox