ނަޝީދު ވަކި ކުރަން ސިއްރިއްޔާތުގައި ކުރާ މަސައްކަތް ކަމަކުނުދޭ

މުހައްމަދު ނަޝީދު އެމްޑީޕީގެ ކޮންގްރެސްގައި ވާހަކަ ދައްކަވަނީ: އެމަނިކުފާނު ވަކި ކުރުމުގެ މަސައްކަތް ފެށީ ރައީސް ސޯލިހަށް ކުރެއްވި ތުހުމަތާއެކު -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މުހައްމަދު ނަޝީދު އެމްޑީޕީގެ ކޮންގްރެސްގައި ވާހަކަ ދައްކަވަނީ: އެމަނިކުފާނު ވަކި ކުރުމުގެ މަސައްކަތް ފެށީ ރައީސް ސޯލިހަށް ކުރެއްވި ތުހުމަތާއެކު -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޖިނާއީ ކުށެއް ކުރައްވާ މަންޒަރުގެ ފޮޓޯތަކެއް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން، އެ ދެ ބޭފުޅުން ވެސް ނިސްބަތްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ބައެއް މެމްބަރުން މަސައްކަތް ފެއްޓެވީ ނަޝީދު މަޖިލީހުގެ ރިޔާސަތުން ވަކި ކުރުމަށެވެ.

އެ މަސައްކަތުގައި އުޅުއްވާ ގާނޫނީ ހަދާ މަޖިލީހުގެ މެމްބަރުންނަކީ ސިޔާސީ ގޮތުން ރައީސް ސޯލިހަށް ތާއީދު ކުރައްވާ މެމްބަރުންނެވެ. އެކަމަކު ނަޝީދުގެ ވަކި ކުރުމުގެ މަސައްކަތް ފެށިތާ އެއް މަސް ދުވަސް ވާން ގާތް ވިއިރު އަދިވެސް އެ ގަރާރު މަޖިލީހަށް ހުށަހަޅާފައެއް ނުވެ އެވެ.

އެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުން ވިދާޅުވީ ނަޝީދު ވަކި ކުރުމުގެ ގަރާރު މަޖިލީހަށް ހުށަހަޅާނީ "އެންމެ މުނާސަބު" ވަގުތުގައި ކަމަށެވެ. އަދި ބައެއް އެހެން މެމްބަރުން ވިދާޅުވީ އެ މައްސަލަ މަޖިލީހަށް ނުވެއްދުމަށް ނުނިންމާ ކަމަށެވެ.

"އެ ހުށަހަޅަންވީ މުނާސަބު ވަގުތު އައިސް ޖެހުމުން އަޅުގަނޑުމެން އެ މައްސަލަ ހުށަހަޅާނަން،" ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

ނަޝީދު ވަކި ކުރުމުގެ މައްސަލަ ކުރިއަށް ގެންދާ ގޮތުގައި ކަންބޮޑުވާންޖެހޭ ކަންކަން ހުރި ކަމަށް ދެކެމެވެ. ފުރަތަމަ ކަމަކަށް ނަޝީދު ވަކި ކުރަން ބޭނުންވާ ސަބަބު ސާފުނުވުމެވެ. މީގެ އެންމެ ބޮޑު ސަބަބަކީ ސިއްރިއްޔާތުގައި އެ މަސައްކަތް ކުރިއަށްގެންދިޔުމެވެ.

މެމްބަރުން ސޮއި ކުރައްވަމުން ގެންދަވާ ގަރާރުގައި އޮތް އިބާރާތެއް ރައްޔިތުންނާ މިހާތަނަށް ހިއްސާކޮށްފައެއް ނުވެ އެވެ. ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރަށް ސޮއި ހޯދަނީ މިވެނި ސަބަބަކާހުރެ ކަމަށް ބުނެ، އެ މަސައްކަތް ކުރާ އެއްވެސް މެމްބަރަކު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެއް ނުވެ އެވެ. މަޖިލީހުގެ ރައީސް ވަކި ކުރަން މަސައްކަތް ކުރަމުންދާ ވާހަކަ އެފަދަ ބައްދަލުވުމެއްގައި ރައްޔިތުންނަށް އޮޅުންފިލުވައިދޭންޖެހެ އެވެ. އެއީ ނަޝީދަކީ އެވަރުގެ މަގާމެއްގައި ހުންނެވި ބޭފުޅެއް ކަަމަށްވާތީ އެވެ. އަދި ގަރާރަށް ސޮއި ހޯދުމުގެ މަސައްކަތް ކުރައްވަމުންދާ މެމްބަރުންނަކީ ވެސް ޒިންމާދާރުވާންޖެހޭ މަގާމެއްގައި ތިއްބެވި ބަޔަކަށްވާތީ އެވެ.

ނަޝީދު ވަކި ކުރުމުގެ ގަރާރުގެ މަސައްކަތުގައި ފާހަގަވާ ދެ ވަނަ ކަމަކީ މިއީ ކުރިން ކަން ހިނގާފައިވާ ގޮތްތަކުގެ އާދައެއް ނުވުމެވެ. ނަޝީދު ވަކި ކުރުމަށް އެމްޑީޕީގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން މަސައްކަތް ފެށީ ރައީސް ސޯލިހުގެ އިސްތަށިފުޅުގައި ޖިނާއީ ކުށެއްގެ ތުހުމަތު އެޅުވުމުންނެވެ. އެއީ ނަޝީދުގެ ސިޔާސީ މަސައްކަތުގެ ތެރެއިން އެމަނިކުފާނު ވިދާޅުވި ވާހަކައެކެވެ. އެކަމާ އެމަނިކުފާނު އަދާ ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމާ އެއްވެސް ގުޅުމެއް ނެތެވެ.

މީގެ ކުރިން ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ އިތުބާރު ނެތް ކަމަށް ފާސް ކުރަން މަސައްކަތްކޮށްފައި އެބަހުއްޓެވެ. މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ހަމީދާއި އަބްދުﷲ މަސީހާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސް އައްބާސް އިބްރާހިމާއި އެ މަޖިލީހުގެ ނައިބު ރައީސް ޝާހީން ހަމީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން މީގެ ކުރިން މަސައްކަތްކޮށްފައި އެބަހުއްޓެވެ.

އެކަމަކު އެ ބޭފުޅުން ވަކި ކުރަން މަސައްކަތްކޮށްފައި ވަނީ މަޖިލީހުގެ އަދާ ކުރައްވާ ޒިންމާ އަދާ ކުރެއްވުމުގައި ދިމާވި މައްސަލަތަކާހުރެ އެވެ. އަބްދުﷲ ހަމީދާއި މަސީހު ވަކި ކުރުމަށް މަސައްކަތް ކުރީ މަޖިލީހުގެ ޖަލްސާތައް ގަވާއިދާ ހިލާފަށް ގެންދަވާ ކަމަށް ތުހުމަތު ކުރައްވަ އެވެ. އައްބާސް އާއި ޝާހީންއަށް ވެސް ކުރެއްވި ތުހުމަތަކީ މަޖިލީހުގެ ޖަލްސާތައް ގަވާއިދާ ހިލާފަށް ކުރިއަށްގެންދެވުމެވެ.

ނަމަވެސް ނަޝީދު މައްސަލަ އެއާ މުޅިން ހިލާފެވެ. ނަޝީދުގެ އިތުބާރެ ނެތްކަމުގެ ވޯޓެއް ނަގަން މި މަސައްކަތް ކުރަނީ މަޖިލީހުގެ މަސައްކަތަކާ ގުޅިގެނެއް ނޫނެވެ. ނަޝީދު ވަކި ކުރުމަށް މަސައްކަތް ކުރަނީ ނަޝީދު ވިދާޅުވި ވާހަކައެއްގެ ސަބަބުންނެވެ. ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކަމެއް ގާނޫނާއި ގަވާއިދާ ހިލާފަށް އެމަނިކުފާނު ގެންދެވިކަމުގެ ތުހުމަތެއް މިހާތަނަށް ތިލަވެފައެއްނުވެ އެވެ.

މެމްބަރުންނަށް ބޭނުން ނަމަ، މަޖިލީހުގެ ރައީސް އަމިއްލަ ހައިސިއްޔަތުން ކުރައްވާ ކަންކަމާ ވިދިގެން ވެސް އިތުބާރު ނެތް ކަމަށް ފާސް ކުރެވިދާނެ ކަމަށް ދެކެމެވެ. އެއީ މަޖިލީހުގެ ރައީސްއަކީ ތިން ބާރު ވަކިކޮށްފައިވާ މި ނިޒާމުގެ އެއް ބާރުގެ ވެރިޔާ ކަމަށްވާތީ އެވެ. އެކަމަކު މައްސަލައަކީ، ނަޝީދު ވަކި ކުރުމުގެ ގަރާރަށް ސޮއި ހޯދާ ސަބަބު ސާފުކޮށް ނުބުނެދިނުމާއެކު ސިއްރިއްޔާތުގައި އެކަން ކުރާތީ އެވެ.

ނަޝީދު ވަކި ކުރުމުގެ މަސައްކަތުގެ އަނެއް މައްސަލައެއް ކަމަށް ފާހަގަ ކުރެވެނީ އެ ގަރާރު މިހާތަނަށް ވެސް ހުށަހަޅާފައި ނެތުމެވެ. ގަރާރު މަޖިލީހަށް ހުށަހަޅަން ބޭނުންވާ 22 ސޮއި ލިބިއްޖެ ކަމަށް އެކި ދުވަސް މަތިން މި ނޫހާ ވާހަކަ ދެއްކެވި އެމްޑީޕީ މެމްބަރުން ވިދާޅުވި އެވެ. ދެން އުފެދޭ ސުވާލަކީ އެ ގަރާރު ހުށަނާޅަނީ ކީއްވެތޯ އެވެ. އެ މަސައްކަތް ކުރައްވާ ބޭފުޅުން އެ ސުވާލަށް މިހާތަނަށް ޖަވާބު ދެއްވާފައެއް ނުވެ އެވެ.

އެކަމަކު އެ ގަރާރަށް ސޮއި ހަމަކުރުމަށްފަހު އެ ގަރާރު މަޖިލީހަށް ނުވައްދާ އޮތުމުން ޝައްކުތަކެއް އުފެދެ އެވެ. ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ 65 މެމްބަރުންގެ ތެރެއިން ގިނަ މެމްބަރުންނަކީ ރައީސް ސޯލިހަށް ތާއީދު ކުރައްވާ މެމްބަރުންކަން ސާފެވެ. ޕީޖީ ގްރޫޕުގެ އިންތިހާބާއި ދާއިރާތަކުގެ އިންތިހާބާއި ނިމިދިޔަ ކޮންގްރެހުން އެކަން އެނގެ އެވެ. އެހެންކަމުން، ނަޝީދުގެ މައްސަލަ މަޖިލީހަށް ހުށަހަޅައި، ގޮތެއް ނިންމުމުގައި އެއްވެސް ދައްޗެއް ނެތްކަން އެނގެ އެވެ.

ނަމަވެސް އަދަދާއި ބާރާއެކު ވެސް އެ ގަރާރު މަޖިލީހަށް ނުވައްދާތީ ކުރަން އުޅޭ މަސައްކަތުގެ އިހުލާސްތެރިކަމާމެދު ސުވާލު އުފެދިއްޖެ އެވެ. ނަޝީދު ވަކި ކުރުމުގެ ގަރާރަކީ އެމަނިކުފާނާ ދެކޮޅަށް ގެންގުޅޭ ސިޔާސީ ކާޑަކަށް ވެގެންނުވާނެ އެވެ. އެއީ ނަޝީދާއެކު ނެގޯޝިއޭޓް ކުރުމަށް ބޭނުން ކުރެވިދާނެ ޓޫލެއް ގޮތުގައި ދެކިގެންނުވާނެ އެވެ. އެ ގަރާރަކީ ނަޝީދުގެ ސްޕީޗު ކޮންޓްރޯލް ކުރަން ބޭނުންވާ ކުރާ އުކުޅަކަށްވެގެންނުވާނެ އެވެ.

ނަޝީދަކީ ވެސް އަންނަ ރިޔާސީ އިންތިހާބަށް ވާދަ ކުރެއްވުން ގާތް ކެންޑިޑޭޓަކަށްވާއިރު ސިޔާސީ މާހައުލުގައި އެހެން ވެސް ކެންޑިޑޭޓުންނެކޭ އެއް ހަމައެއްގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތު އޮންނަންޖެހޭނެ އެވެ. އަދި އަމުދުން، މިހާރު އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށްވާއިރު

ނަޝީދު ވަކި ކުރުމުގެ ގަރާރަށް ސޮއި ހޯއްދަވާ ބޭފުޅުން އާންމުންގެ ކުރިމައްޗަށް ނިކުމެވަޑައިގެން، މަސައްކަތް ކުރައްވާ ސަބަބުތައް އޮޅުންފިލުވައިދޭންޖެހެ އެވެ. އަދި ނަޝީދުގެ މައްސަލައެއް އޮތް ކަމަށް ދެކޭ ނަމަ ލަސްނުކޮށް ގޮތެއް ނިންމައި، މަޖިލީހަށް އެ މައްސަލަ ހުށަހަޅަންޖެހެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox