ގޯތީގެ ސިޔާސަތު ގޯސްކަން އެނގޭއިރު ގޮތް ދޫނުކުރާނެ؟

މިދިޔަ މެއި މަހު ބޭއްވި "ވިއަވަތި" ކޮންފަރެންސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަސްލަމް ބައިވެރިންނަށް މައުލޫމާތު ދެއްވަނީ. -ފޮޓޯ: ރައީސް އޮފީސް

މިދިޔަ މެއި މަހު ބޭއްވި "ވިއަވަތި" ކޮންފަރެންސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަސްލަމް ބައިވެރިންނަށް މައުލޫމާތު ދެއްވަނީ. -ފޮޓޯ: ރައީސް އޮފީސް

ސުވާލު އަމާޒުކުރި މީހާ ވެސް ހުރީ ޒާތަކަށް ބިރުންނެވެ;

މައުލޫގެ ނާޒުކު ކަމާއި ޖަވާބު ތަރުތީބުވާ ގޮތަކުން ރޯޅި އަންނާނެ ދިމާ ވެސް ނޭނގޭތީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުރަސްފަތި ދުވަހުގެ ޖަލްސާގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެ ސުވާލު ކުރެއްވީ ވެސް އެ މައުލޫގައި ކިރިޔާ އިނގިލިކުރި ޖެހޭ ހިސާބުގައި ހުންނަވައިގެނެވެ.

"އަޅުގަނޑުގެ ހިތުގައި މިވާ ސުވާލު ސީދާ ވަރަށް ސާފުކޮށް ކޮށްފިކަމަށް ވަނީ ނަމަ އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންގެ ތެރޭގައި މި އޮތް ޒުވާބު ނޫނީއްޔާ ބަހުސަށް؛ އެއީ މާލެ، ރާއްޖެތެރޭ ބަހުސަށް ހިނގައިދާނެތީވެ...،"

މާލޭ ސަރަހައްދުން "މާލޭ މީހުނަށް" ހިލޭ ގޯތިދޭ ނިންމުމާ ގުޅުވައި، ވަރަށް ފަރުވާތެރިކަމާއެކު އިބާރާތް ކުރެއްވި ނަމަވެސް، ޖަލްސާގައި އިންނެވި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާ އާޒިމް ކުރެއްވީ ވަރަށް މުހިންމު ސުވާލެކެވެ.

"...ހުރިހާ ރަށެއް ވެސް މި ހިއްކަނީ ޓެކްސްޕޭޔަރުންގެ ފައިސާއިން. ބައެއް ރަށްރަށުގެ މީހުންނަށް ހިލޭ ނޫނީ މާލޭ މީހުންނަށް ހިލޭ ގޯތިދީފައި އަނެއް ބަޔަކަށް ގަނެގެން ގޯތިދޭ،" މިކަމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތު ސާފުކުރަން އާޒިމް ސުވާލު ކުރެއްވި އެވެ.

ޖަވާބު ދެއްވަން ފެއްޓެވުމުގެ ކުރިން ފާހަގަކުރެއްވި ފަދައިން، އަސްލަމް ޖަވާބު ދެއްވީ ވަރަށް ދިގުކޮށެވެ. ޖަވާބު އެކި ގޯޅިގޯޅިން އެކި ދިމާތަކަށް ގެންދެވި އެވެ. ގޯސް އެއްޗެކޭ ވިދާޅުވެވިދާނެތީ އުޅުއްވިހެން ވެސް ހީވި އެވެ. ހައްސާސީ މައްސަލައަކަށް ވީމާ ކަންނޭނގެ އެވެ.

ފުރަތަމަ އަޑުއެހުމަކުން ދެއްވި ޖަވާބު ރަނގަޅަށް ފަހުމުނުވި ނަމަވެސް، ގޯތީގެ މައްސަލައިގެ ފެށުމާއި ވަށައިގެންވާ މުހިންމު ނުކުތާތަކަށް އަސްލަމް އަލިއަޅުވާލެއްވި އެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، އިހު ޒަމާނުގައި ދިވެހިންނަށް ބަންޑާރަ ބިން ދީއުޅުނީ ހިލޭ އެވެ. އޭގެ ފަހުން ހާއްސަކޮށް މާލޭގައި، އަމިއްލަ ހިއްކި ތަންކޮޅަކުން ފޮއްޗެއް އެ މީހާއަށް ލިބުނު ޒަމާނެއް ވެސް މާޒީވެއްޖެ އެވެ.

ނަމަވެސް، މުޅި އާބާދީ މާލެއަށް ޖަމާވާން ފަށައި، މާލެ ބިމަށް ޖެހުމުން، ހުޅުމާލެ ހިއްކާފައި ބިމާއި ފްލެޓާއި ވިއްކަން ފެށީ އެވެ. އެކަމަކު އަތޮޅު ތެރޭގައި އެ އުސޫލު ބަދަލު ނުވާކަން އަސްލަމް ފާހަގަކުރެއްވި އެވެ. ހިއްކާ ބިންކޮޅުން ވެސް ގޯތި ދޭން ކައުންސިލުތަކުން އުސޫލު ހަދަނީ އެ ރަށަކަށް ނިސްބަތްވާ މީހުނަށް ލިބޭ ގޮތަށެވެ. އެހެން ރަށެއްގެ މީހުން އެ ބިންކޮޅު ހޯދަން އޮޅުނުލާތީ، އެކަން މައްސަލައަކަށް ނުހަދަ އެވެ.

މާލެ ވިޔަސް އަދި އަތޮޅުތެރެ ވިޔަސް، ބިން ހިއްކުމަށް ރައްޔިތުންގެ ޓެކްސް ފައިސާ އެއް މިންވަރަކަށް ހޭދަވިޔަސް، ރަށްރަށުން ހިލޭ ގޯތި ދިނުން މައްސަލައަކަށް ނުވާ ސަބަބު ވެސް އެއާ ވިދިގެން މިނިސްޓަރު ވިދާޅުވެ ދެއްވި އެވެ.

"ދެން ގޯތިދިނުމުގައި ވެދާނަ ފަހަރެއްގައި މާލޭގެ ބިމަކީ، ހުޅުމާލޭގެ ބިމަކީ އަގު ވަރަށް ބޮޑު އެއްޗަކަށް ވީމަ އެ އަޅުގަނޑުމެންނަށް ގަބޫލުކުރެވިފައި ތިބެނީ ކަމަށް އެ ތަނުން އެންމެ ތަންކޮޅެއް ވެސް ހިލެއަކު ނުއެއް ދެވޭނޭ،" މައްސަލައިގެ ދެ ފަރާތަށް ވެސް ފަރިތަކަން ހާމަކޮށް ދެއްވަމުން އަސްލަމް ވިދާޅުވި އެވެ.

މާލޭން ބިންކޮޅެއް ހޯދަން އެންމެން ތަޅާފޮޅާ އަނެއް ސަބަބަކީ، ވަޒީރު ވިދާޅުވި ގޮތުންނަމަ، އެ ބިމުން ބޮޑު މަންފާއެއް ހޯދެން އޮންނާތީ އެވެ.

ބަންޑަރަ ބިން ދޫކުރަނީ އަމިއްލައަށް ދިރިއުޅެން ނަމަވެސް، އެތަނުން މާލީ މަންފާ ހޯދުން ހުއްޓުވޭނެ ގޮތެއް ނެތީމަ އެވެ.

"އެއްވެސް އިރެއްގައި އެހެންކަމެއް ކުރަން މަނަލެއް ނުވެސްކުރޭ. އެކަން އޮންނަނީ ހަމަ ކުރެވޭ ގޮތަށް. އެކަމައިގެން ކުރިއަށްދެވޭ މީހަކު މައްސަލައެއް ވެސް ނުވެސް ޖައްސާ. އެހެންވީމާ، ގާނޫނުތަކުގައި ހުންނަ، ނޫނީ ގަވައިދުތަކުގައި ހުންނަ އަކުރުތަކުގައި ހިފައިގެނެއް ނޫން އެކަން ކުރަމުން ގެންދަނީކީ،" އަސްލަމް ވިދާޅުވި އެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު ބަޔެއްގެ މުސްތަގުބަލާ ގުޅިފައިވާ މައްސަލައިގައި ދެން ވަޒީރު ވިދާޅުވީ އެންމެ މުހިންމު ވާހަކަ އެވެ.

މާލެ ވިޔަސް އަދި ކޮންމެ ރަށެއް ވިޔަސް، ބިން ހިއްކައިގެން ގޯތި ދޫކުރުމަކީ ދެމެހެއްޓެނިވި ކަމެއް ނޫން ކަމެވެ. އާބާދީ އިތުރުވަމުންދާ ނިސްބަތުން، އިސާހިތަކު ހިއްކޭނެ ބިންތައް ވެސް ހުސްވާނެ ކަމަށް އަސްލަމް އެއްބަސްވެވަޑައިގެންނެވި އެވެ.

"ރަށްރަށް ފުރިގެން އަބަދު ހިއްކަމުން ގޮސް ހިއްކާނެ ޖާގަ ހުސްވާ ހިސާބަށް ވެސް އަންނަނީއޭ އިނގޭތޯ. އަބަދަކު ނުވެސް ހިއްކޭނެ."

ބުރާސްފަތި ދުވަހު މަޖިލީހުގެ ތަޅުމުގައި އިވިގެންދިޔައީ ބޯހިޔާވަހިކަމާބެހޭ ވަޒީރުގެ އަމިއްލަ އިއުތިރާފެވެ. އެއީ ހަމަ މާލެ ސަރަހައްދުން ހިލޭ ބިން ދޭން ނިންމި ނިންމުން ބަދަލުނުކުރާނެ ކަމަށް ވެސް ވިދާޅުވި އަސްލަމްގެ ވިސްނުމެވެ.

ވަޒީރު ވިދާޅުވި ގޮތުންނަމަ، ސަރުކާރުގެ މައި ސިޔާސަތެއް ބަދަލުކުރުމަކީ އޭނާއަށް އެކަނި ކުރެވޭނެ ކަމެއް ނޫނެވެ. އެއީ ހަގީގަތުގައި ވެސް އެކަން އޮންނާނެ ގޮތް ވެސް މެ އެވެ.

ހުދު ބޯހިޔާވަހިކަމާބެހޭ ވަޒީރު ވެސް ގަބޫލުނުކުރާ ސިޔާސަތެއް، ސިޔާސީ ޕޮއިންޓަށް ތަންފީޒު ކުރުމަކީ ކޮށްގެންވާނެ ކަމެއްތޯ މިއީ ދެމި އޮންނާނެ ސުވާލެކެވެ. ހިލޭ ގޯތި ދޫކުރުމަކީ ގޯހެއް ކަން އެނގޭއިރު ގޮތް ދޫނުކުރާތީ އެވެ.

އެކަމަކު މި ސުވާލު ކުރަނީ ޖަވާބު އޮތީ ކޮންތާކުކަން ނޭނގޭތީ އެއް ނޫނެވެ. މި ޖަވާބު އޮތީ އެންމެ ފަސް އަހަރު ދުވަހުގެ ސިޔާސީ ކޮށި ވިސްނުމުގެ ތެރޭގައި ތާށިވެފައިކަން ވެސް ރަނގަޅަށް އެނގި ހުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީބިޓީ: ކަނޑު ކޮމިޝަނަކީ މުއިއްޒުގެ އަނިޔާވެރިކަމުގެ ފެށުމެއް

ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމަށް ރައީސް މުއިއްޒު އުފެއްދެވި "ކަނޑު ކޮމިޝަނަކީ" ސިޔާސީ ވާދަވެރިންނަށް ބިރުދެއްކުމަށާއި ރަސްމާލެ މަޝްރޫއުގެ މައްސަލަތަކުން ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށް ކުރި ކަމެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ. އަދި މިއީ ދައުލަތުގެ މުއައްސަސާތައް ބަލިކަށިކޮށް، ބަޖެޓުން ބޮޑެތި އިސްރާފުތަކެއް ހިނގާނެ، ނަތީޖާއެއް ނުނެރެވޭނެ ސިޔާސީ އުކުޅެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ރަސްމާލެ މަޝްރޫއު: ބިމުގެ އަގާ ގުޅޭ ބަހުސް

ރަސްމާލެ މަޝްރޫއަށް ހިއްކާފައިވާ ބިމުގެ އަގު ކަނޑައެޅުމުގައި، ހަމައެކަނި ހިއްކުމަށް ހިނގި ހަރަދަށް ބެލުމުގެ ބަދަލުގައި މުސްތަގުބަލުގައި އެ ބިމުން ލިބޭނެ އިގުތިސާދީ މަންފާއާއި ބާޒާރުގެ އަގަށް ރިއާޔަތްކުރަންޖެހެއެވެ. މީގެ އިތުރުން، މި މަޝްރޫއަށް ދައުލަތުގެ ކުންފުނިތަކުން ކޮށްފައިވާ އިންވެސްޓްމަންޓްތަކާއި މާލީ އިލްތިޒާމްތަކަށް ޒިންމާވާނެ ގޮތަކާމެދު ވަނީ ސުވާލު އުފެދިފައެވެ.

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox