ޖަޕާނުން އާ ނިޔުކްލިއާ ޕްލާންޓުތައް ގާއިމުކުރަން ވިސްނަން ޖެހޭ: ކިޝީޑާ

ޖަޕާނުގެ ބޮޑު ވަޒީރު ފުމިއޯ ކިޝީޑާ. -- ފޮޓޯ: ރޮއިޓާޒް

ޖަޕާނުގެ ބޮޑު ވަޒީރު ފުމިއޯ ކިޝީޑާ. -- ފޮޓޯ: ރޮއިޓާޒް

ޖަޕާނުން އާ ނިޔުކްލިއާ ޕްލާންޓުތައް ގާއިމުކުރުމާ މެދު ވިސްނަން ޖެހޭ ކަމަށް ބޮޑު ވަޒީރު ފުމިއޯ ކިޝީޑާ ވިދާޅުވެއްޖެ އެވެ.

ޖަޕާނުގެ ނިޔުކްލިއާ ޕްލާންޓުތައް ހިންގުން މެދުކަނޑާލީ 2011 ވަނަ އަހަރުގެ ފުކުޝިމާ ކާރިސާއާ ގުޅިގެންނެވެ. އެހެންކަމުން އާ ޕްލާންޓުތައް ގާއިމްކުރުން ވާނީ ސިޔާސަަތަށް ގެންނަ ބޮޑު ބަދަލަކަށެވެ.

ކިޝީޑާ ވިދާޅުވީ ޔޫކްރެއިން ހަނގުރާމަ އާއި ހަކަތައިގެ އަގުތައް އުފުލެމުން ދިޔުމާ އެކު ހަކަތަ ލިބޭނެ އިތުރު ގޮތްތައް ހޯދުމުގެ މުހިއްމުކަން ފާހަގަވަމުންދާ ކަމަށެވެ.

އޭގެ އިތުރުން 2050 ވަނަ އަހަރުގެ ކުރިން ކާބަން ނިޔުޓްރަލްވުމަށް ޖަޕާނުން ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ވާސިލްވުމަށް ވެސް ނިޔުކްލިއާ ހަކަތަ ބޭނުން ކުރަން ޖެހިދާނެ ކަމަށް ވިދާޅުވި އެވެ.

ހަކަތައިގެ ސިޔާސަތާ ބެހޭ ބައްދަލުވުމެއްގައި ކިޝީޑާ ވިދާޅުވީ އާ ނިޔުކްލިއާ ރިއެކްޓަރުތައް ގާއިމްކުރުމުގެ އިތުރުން، މިހާރު ހުރި ޕްލާންޓުތައް އަލުން ބޭނުންކުރަން ފެށުމަށް ވެސް ސަރުކާރުން ވިސްނާނެ ކަމަށެވެ.

ޖަޕާނަށް 2011 ވަނަ އަހަރު ނިޔުކްލިއާ ކާރިސާއެއް ދިމާވީ ބާރުގަދަ ބިންހެލުމަކާ އެކު އެރި ސުނާމީގައި ފުކުޝިމާ ނިޔުކްލިއާ ޕްލާންޓުގެ ރިއެކްޓަރުތަކުގައި ފެންބޮޑުވުމުންނެވެ.

އޭގެ ސަބަބުން ރޭޑިއޭޝަން ލީކުވެ، 150،000 އަށް ވުރެ ގިނަ މީހުން އެހެން ހިސާބުތަކަށް ބަދަލުވާން ޖެހުނެވެ.

ޖަޕާނުގައި އޮޕަރޭޓް ކުރެވޭ 50 ރިއެކްޓަރު ހުރި އިރު، އެ ކާރިސާއަށް ފަހު 46 ރިއެކްޓަރުގެ އޮޕަރޭޝަން މެދުކަނޑާލި ކަމަށް އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އިން ބުންޏެވެ.

އެޕްރީލް 2021 އާ ހަމައަށް، ނުވަ ރިއެކްޓަރު އަލުން އޮޕަރޭޓް ކުރަަން ފަށާފައިވާ އިރު، 14 ރިއެކްޓަރު އޮޕަރޭޝަނަށް ތައްޔާރުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox