ޖަޕާނަށް ބާރުގަދަ ބިންހެލުމަކާ އެކު ސުނާމީގެ އިންޒާރު

Apr 20, 2026, 3:15 PM
ޓީވީ ސްކްރީނަކުން ސުނާމީގެ އިންޒާރު ދެނީ.

ޓީވީ ސްކްރީނަކުން ސުނާމީގެ އިންޒާރު ދެނީ.

ޖަޕާނުގެ އިރުއުތުރު އައްސޭރިފަށަށް ހޯމަ ދުވަހު 7.5 މެގްނިޓިއުޑްގެ ބިންހެލުމެއް އައުމާ ގުޅިގެން، ތިން މީޓަރު (9.84 ފޫޓު) އުސްމިނުގެ ސުނާމީ ރާޅުތަކެއް އަރާފާނެ ކަމަށް ލަފާކޮށް، އައްސޭރިފަށުގެ ސަރަހައްދުތަކާ ދުރަށް ދިއުމަށް ކަމާބެހޭ އިދާރާތަކުން ރައްޔިތުންނަށް އަންގައިފި އެވެ.

ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި، އެންމެ އުސް ރާޅުތައް އަރާނެ ކަމަށް ބެލެވެނީ ޖަޕާނުގެ މައި ރަށް ކަމަށްވާ ހޮންޝޫގެ އުތުރުގައި އޮންނަ އިވާޓޭ އާއި އައޯމޯރީ ޕްރިފެކްޗާގެ އިތުރުން، އުތުރުގެ ރަށެއް ކަމަށްވާ ހޮކައިޑޯ އަށެވެ.

މި ބިންހެލުން އައިސްފައިވަނީ އެ ގައުމުގެ ގަޑިން ހަވީރު 4:52 ގައެވެ. ބިންހެލުން އައިތާ އެއްގަޑިއިރު ތެރޭގައި 80 ސެންޓިމީޓަރުގެ އުސްމިނުގެ ސުނާމީ ރާޅުތަކެއް ފާހަގަކުރެވިފައިވާއިރު، ތިން މީޓަރާ ހަމައަށް ރާޅު އުފުލިދާނެ ކަމުގެ އިންޒާރު ވަނީ ދަމަހައްޓާފަ އެވެ.

ޖަޕާނުގެ ދައުލަތުގެ ބްރޯޑްކާސްޓަރު އެންއެޗްކޭ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، 2011 ވަނަ އަހަރު ކުރިމަތިވި ބާރުގަދަ ބިންހެލުމާއި ސުނާމީގައި ބޮޑެތި ގެއްލުންތަކެއް ލިބުނު އޮޓްސޫޗީ އާއި ކަމައިޝީ ހިމެނޭހެން ބައެއް ބަނދަރުމަތީ ރަށްތަކުގެ އެތައް ހާސް ރައްޔިތުންނަކަށް ވަނީ އެ ސަރަހައްދު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދިއުމަށް އަމުރުކޮށްފަ އެވެ.

ބޮޑުވަޒީރު ސަނައޭ ޓަކައިޗީ ވިދާޅުވީ ސަރުކާރުން މިހާރު ކުއްލި ހާލަތުގެ ޓާސްކް ފޯހެއް އެކުލަވާލާފައިވާ ކަމަށާއި، ބިންހެލުމުގެ އަސަރުކުރި ސަރަހައްދުތަކުގެ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ހިޖުރަކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

ޓޯކިޔޯގައި ހުންނަ ބޮޑުވަޒީރުގެ އޮފީހުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓަކައިޗީ ވިދާޅުވީ، ބިންހެލުމުގެ ސަބަބުން ލިބިފައިވާ ގެއްލުންތަކާއި މީހުންނަށް ލިބުނު އަނިޔާތައް ބަލަމުންދާ ކަމަށެވެ.

ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އެޖެންސީ (ޖޭއެމްއޭ) ގެ އޮފިޝަލަކު ޓީވީ މެދުވެރިކޮށް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކާއި ހަފުތާތަކުގައި ބާރުގަދަ ލޮޅުންތަކެއް އައުން އެކަށީގެންވާ ކަމަށެވެ.

އެންއެޗްކޭ އިން ދެއްކި މަންޒަރުތަކުން ފެންނަ ގޮތުގައި، ސުނާމީ ރާޅުތަކަށް ތައްޔާރުވުމުގެ ގޮތުން ހޮކައިޑޯގެ ހަޗިނޯހޭ ބަނދަރުން އުޅަނދުފަހަރު ވަނީ ފުން ކަނޑަށް ނުކުމެފައެވެ. ޖޭއެމްއޭ އިން ބުނި ގޮތުގައި ތިން މީޓަރުގެ ސުނާމީއެއްގެ ސަބަބުން ތިރި ސަރަހައްދުތަކަށް ގެއްލުންވެ، އިމާރާތްތަކުގައި ފެންބޮޑުވެ، އެ ސަރަހައްދުގައި ތިބޭ މީހުން އޮއިގަނޑުގައި ޖެހި ނުރައްކަލަކަށް ހުށަހެޅިދާނެ އެވެ.

ކިޔޯޑޯ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބިންހެލުމުގެ ލޮޅުންތަކާ ގުޅިގެން އައޯމޯރީގައި ބްލެޓް ޓްރެއިންގެ ހިދުމަތްތައް ވަނީ މެދުކަނޑާލާފަ އެވެ.

ޕެސިފިކް ކަނޑުގެ "ރިންގް އޮފް ފަޔާ" ސަރަހައްދުގައި އޮންނަ ޖަޕާނަކީ ދުނިޔޭގައި އެންމެ ގިނައިން ބިންހެލުން އަންނަ އެއް ގައުމެވެ. އެ ގައުމަށް އެވްރެޖްކޮށް ކޮންމެ ފަސް މިނެޓަކުން ބިންހެލުމެއް އާދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

ކްރައިމިއާ ބްރިޖަށް ހަމަލާދީ ބޮޑު ބައެއް ވައްޓާލައިފި

ރަޝިއާއިން ހިފާފައިވާ ކްރައިމިއާއާ ގުޅުވައިދޭ މުހިންމު ބްރިޖަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއްދީ، ބްރިޖުގެ ބޮޑު ބައެއް ކަނޑަށް ވައްޓާލައި ރަޝިއާގެ ސިފައިންނަށް ބޭނުންވާ މައިގަނޑު ސަޕްލައި މަގަށް ބޮޑު ހުރަހެއް ކުރިމަތިކުރުވައިފިއެވެ. މި ހަމަލާއާ ގުޅިގެން ރަޝިއާއިން ބަދަލުހިފުމުގެ ގޮތުން ޔޫކްރޭނުގެ ވެރިރަށް ކީވްގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ އިތުރަށް ވަރުގަދަވެގެންދިޔަ ކަމެކެވެ.

Newsletter

Get the latest news delivered straight to your inbox