އަސްލަމްގެ ޑްރޯން ހައްލުގެ އެހީގައި ލޭންޑް ޔޫސް ޕްލޭންތައް ފާސްވާން ފަށައިފި

މިނިސްޓަރު އަސްލަމް ވިއަވަތި ކޮންފަރެންސްގައި މައުލޫމާތު ދެއްވަނީ. -ފޮޓޯ: ރައީސް އޮފީސް

މިނިސްޓަރު އަސްލަމް ވިއަވަތި ކޮންފަރެންސްގައި މައުލޫމާތު ދެއްވަނީ. -ފޮޓޯ: ރައީސް އޮފީސް

ލޯކަލް ކައުންސިލްތަކުން ތައްޔާރު ކުރާ ތަރައްގީގެ ޕްލޭނާއި ބިން ބޭނުން ކުރާނެ ގޮތުގެ ޕްލޭން ނުވަތަ ލޭންޑް ޔޫޒް ޕްލޭން ހެދުމަށް އޮތް ދަތިތައް، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި ޑްރޯންގެ އެހީގައި ފިލުވައި، އެ ޕްލޭންތައް ފާސްކޮށްދޭން ފަށައިފި އެވެ.

ގާނޫނުގައި ބަޔާންކުރާ ގޮތުން، އެ ޕްލޭންތަކަކީ ވަށާޖެހޭ ގޮތަށް ފަންނީ ގިނަ މައުލޫމާތުތަކެއް ހިމަނަންޖެހޭ ކަރުދާހެކެވެ.

ރަށުގެ މެޕް ކުރެހުމާއި, ގަހާއި ރުކުގެ އަދަދުގެ އިތުރުން ރަށެއްގައި ބިން ހިއްކެން އޮތް ސަރަހައްދު ފަދަ ފަންނީ ގިނަ މައުލޫމާތުތަކެއް ހިމަނަން ލާޒިމުކޮށްފައިވާއިރު، އެކަމުގެ ފަންނީ ގާބިލުކަމެއް ނެތި އެ ކަން އޮތީ ދިގުލައިގެން ގޮސްފަ އެވެ.

އެއާއެކު، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު މިހާރު އޮންނަ ގޮތުން ރަށު ކައުންސިލްތަކުން ހަދަން ޖެހޭ ޕްލޭންތައް ފާސްނުވެ، އެކަން ވެފައި އޮތީ މުޅި ލާމަރުކަޒީ ނިޒާމަށް ކުރި ތަސައްވުރަށް ބޮޑު ހުރަހަކަށެވެ.

އެއާއެކު ލޭންޑް ޔޫސް ޕްލޭންތަކަށް ހުރަސްނޭޅޭ ގޮތަށް ގާނޫނު އިސްލާހުކުރަން ވެސް މަސައްކަތް ކުރި އެވެ.

ނަމަވެސް، މިދިޔަ މެއި މަހުގެ ތެރޭގައި އއ. އުކުޅަހުގައި ބޭއްވި "ވިއަވަތި ރާއްޖެ" ކޮންފަރެންސްގެ ތެރެއިން ޕްލޭނިން މިނިސްޓަރު ވަނީ މަދުވާ މައުލޫމާތު ހޯދޭނެ ގޮތެއް ކިޔައިދެއްވައިފަ އެވެ.

އެއީ، މިނިސްޓަރު އެ ދުވަހު ވިދާޅުވި ގޮތުންނަމަ، ޑްރޯން އެހީގައި ރަށްރަށުގައި މަތިން ފެންވަރު ރަނގަޅު ފޮޓޯތައް ނަގައި، ފޮޓޯއަށް ބަލައިގެން ރުއްގަހާއި ހިއްކޭނެ ސަރަހައްދުގެ ހިސާބު ޖެހޭނެ އެވެ. އެހާ ގިނަ ދުވަހު މި މައްސަލަ ހައްލުނުވެގެން އުޅުނުއިރު، އެ ހިޔާލު ނުދެއްވީ ކީއްވެތޯ ސުވާލުކޮށް، އަސްލަމަށް ބައެއް ކައުންސިލަރުންގެ ފާޑުކިޔުންތައް އަމާޒުވި އެވެ.

އޭގެ ފަހުން، ޕްލޭނިން މިނިސްޓްރީން މިހާރު ވަނީ ޕްލޭންތަކަށް މަދުވި މައުލޫމާތު، ޑްރޯން ފޮޓޯގެ އެހީގައި ހިސާބުކޮށް، ހިމަނާނެ ގޮތުގެ ކަރުދާހެއް ކައުންސިލުތަކާ ހިއްސާކޮށްފަ އެވެ.

އެގޮތުން, ފޮޓޯއަށް ބަލައިގެން ރުއްތައް ގުނައި, އެކަތިގަނޑަށް ހުންނަ ގަސްތައް, އެއީ ގަސްތަކެއްގެ ގޮތުގައި ޕްލޭންގައި ލިޔެ, އެކަން ފަސޭހަކަމާއެކު ކުރެވޭނެ ގޮތް އެ ކަރުދާހުގައި ލިޔެފައިވެ އެވެ.

ޕްލޭނިން މިނިސްޓްރީގެ ކަރުދާހުގައި ހިމަނާފައިވާ ގަސްރުއް ހިސާބުކުރާނެ ގޮތް

އަދި ރަށްރަށުގެ ބިމުގެ އަގު ކަނޑައެޅުމާއި ހިއްކާ ބިންތަކުގައި ރުއްގަސް ހުންނަންޖެހޭ މިންވަރު ހިސާބުކުރާނެ ފަސޭހަ ގޮތްތައް ވެސް ވަނީ ހިމަނައިފަ އެވެ.

އެކަމާ ގުޅިގެން "އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ކައުންސިލްތަކުގެ ބެލެނިވެރި ފަރާތްކަމަށްވާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވީ، ޕްލޭނިން މިނިސްޓްރީން ހިއްސާކުރި ކަރުދާހުގެ އެހީގައި، މައުލޫމާތުތައް ފުރިހަމަކޮށް ހުށަހެޅުމުން ޕްލޭންތައް ފާސްވަމުން އެބަދާ ކަމަށެވެ.

"މިނިސްޓްރީން ޔަގީންކަން ދެއްވާ، އެކަން ވަރަށް ހަލުއިކަމާއެކު ކޮށް ނިންމާލެވޭނެ ކަމަށް،" އަފްޝަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެންމެ ފަހުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މިނިސްޓްރީން މިހާތަނަށް ވަނީ 19 ރަށެއްގެ ލޭންޑް ޔޫސް ޕްލޭން ފާސްކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox