ދިރާސާއާ ނުލާ ތަރައްގީއަށް ކުރާ މަސައްކަތުުން ނަތީޖާ ނުނެރެވޭނެ: ނައިބު ރައީސް

ނައިބު ރައީސް ފައިސަލް ނަސީމް، ތެވެލި ކޮންފަރެންސްގައި؛ ގައުމު ބިނާކުރުމުގައި އިލްމީ ދިރާސާގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވި

ނައިބު ރައީސް ފައިސަލް ނަސީމް، ތެވެލި ކޮންފަރެންސްގައި؛ ގައުމު ބިނާކުރުމުގައި އިލްމީ ދިރާސާގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވި

އިލްމީ ދިރާސާއާ ނުލާ ގައުމުގެ ތަރައްގީއަށް ކުރާ މަސައްކަތުގެ ނަތީޖާ ނުނެރެވުން ގާތް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ގައުމީ ތަރައްގީގައި ދިރާސާތައް އަދާކުރާ ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވާ، ނައިބު ރައީސް ވަނީ މިއަދު ހެނދުނު އެމްއެންޔޫގައި ބޭއްވި ތެވެލި އިންޓަނޭޝަނަލް ކޮންފަރެންސް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވާފަ އެވެ. ތެވެލި ކޮންފަރެންސްގެ ޝިއާރަކީ ވެސް 'ގައުމު ބިނާ ކުރުމުގައި ދިރާސާ ކުރުން'، މިއެވެ.

"ދިރާސާއަކާ ނުލައި ތަރައްގީއަށް ކުރެވޭ މަސައްކަތަކުން ނަތީޖާ ނުނެރެވުން ގާތް. ގައުމެއް ބިނާކުރުމުގައި، ކުރެވޭ މަސައްކަތްތަކުގެ މައިގަނޑު އަސާސަކީ ވެސް، އިލްމީ ދިރާސާތައް. ޒަމާނީ އާ ހޯދުންތަކާއި އީޖާދުތަކަށް މުޖުތަމައު ވާސިލްކޮށްދެނީ ދިރާސާތަކުން،" ތެވެލި ކޮންފަރެންސް އިފްތިތަހުކޮށްދެއްވާ ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ދުނިޔޭގެ ހުރިހާ ގައުމެއްގެ ސަރުކާރުތަކުން ވެސް ސިޔާސަތުތައް ހަރުދަނާކޮށް ކުރިއެރުވުމަށް، ދިރާސާތަކުގެ އަޑުތައް އައްސަވާނެ ކަމުގައި އުއްމީދު ކުރައްވާ ކަމަށެވެ. އަދި ތެވެލި ކޮންފަރެންސްގައި ކުރެވޭ މަޝްވަރާތަކާއި ބަދަލުކުރެވޭ ތަޖުރިބާތަކުގެ ސަބަބުން، ރާއްޖޭގެ ތަރައްގީއަށާއި ދިވެހިންގެ ދިރިއުޅުމުގެ ފެންވަރުމަތިކުރުމަށް ބޭނުންވާ އީޖާދީ ހައްލުތައް ލިބޭނެ ކަމަށް އުއްމީދު ކުރައްވާކަމުގައި ވެސް ފައިސަލް ވިދާޅުވިއެވެ.

އެމްއެންޔޫގެ ރިސާޗް ޑިވެލޮޕްމެންޓް އޮފީހުން އިންތިޒާމްކޮށްގެން މި ކޮންފަރެންސް ބާއްވަމުން އަންނަތާ މިއީ ފަސް ވަނަ އަހަރެވެ. މި އަހަރުގެ ކޮންފަރެސްއަށް އެކި ދާއިރާތަކުން ގިނަ އަދަދެއްގެ ޝައުގުވެރި ދިރާސާ ކަރުދާސްތަކެއް ހުށަހަޅާފައިވެ އެވެ. ދާއިރާތަކުގެ ތެރޭގައި، އެޑިއުކޭޝަން، ކަލްޗާ، ހިސްޓްރީ، ކޮންސްޓްރަކްޝަން، ޖާނަލިޒަމް، ޖެންޑާ އެންޑް ހިއުމަން ރައިޓްސް ފަދަ ދާއިރާތައް ހިމެނެ އެވެ. އަދި ދީނީ އަދި އިސްލާމީ ފިގުހާ ގުޅޭ އެކި މައުލޫތައް ވެސް ހިމެނެ އެވެ.

މަހާސިންތާ ކުރިއަށްދާނީ މިއަދާއި މާދަމާ އެވެ. މި ދެ ދުވަހު، މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ، ހުށަހަޅާފައިވާ ދިރާސާ ޕޭޕަރުތަކާ ބެހޭ ގޮތުން ފުޅާކޮށް މަޝްވަރާކުރުމާއި އިލްމީ އެކި ނަޒަރިއްޔާތަކުން ހިޔާލު ހޯދުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފައިސަލްއަށް ކުރާ ތުހުމަތުތައް އާއިލާއިން ދޮގުކޮށްފި

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ އަގުވައްޓާލުމަށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް އެމަނިކުފާނުގެ އާއިލާއިން ނޫސްބަޔާނެއް މެދުވެރިކޮށް ވަނީ ދޮގުކޮށްފައި. އާއިލާގެ 10 މެންބަރަކު ސޮއިކޮށް ނެރުނު މި ބަޔާނުގައި ބުނެފައިވަނީ، ސިޔާސީ މަންފާއެއް ހާސިލުކުރުމަށް ފަތުރާ މިފަދަ ހަގީގަތާ ހިލާފު ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް.

ހިލޭ ޑިގްރީ ފުރިހަމަކުރި ދަރިވަރުންގެ އަދަދު ނުބަލަހައްޓާ

ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމްގެ ދަށުން ކިޔެވި ދަރިވަރުންގެ ތެރެއިން ކޯސް ފުރިހަމަކުރި އަދަދު އެނގޭނެހެން މައުލޫމާތު ބަލަހައްޓާފައި ނުވާކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައި. މި ނިޒާމުގެ ބަލިކަށިކަމުން، ކޯސް ފުރިހަމަނުކުރާ ދަރިވަރުންނާއި ކުރިން ޑިގްރީ ހާސިލުކޮށްފައިވާ ދަރިވަރުންނަށް ވެސް މިލިއަނުން ފައިސާ ޚަރަދުކޮށްފައިވާކަން ފާހަގަކުރެވިފައިވޭ.

ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އާއި އަބްދުއްރަހީމް ބައްދަލުކޮށްފި

މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ޕާކިސްތާނު އަދާކުރާ ރޯލު މަޖިލީހުގެ ރައީސް އަބްދުއްރަހީމް ފާހަގަ ކުރެއްވި ކަމަށް ވެސް ނޫސްތަކުގައި ލިޔެފައި އޮތެވެ.

ޗައިނާގެ ގައުމީ ދުވަސް ރާއްޖޭގައި ފާހަގަކޮށްފި

"އާބަން ސަރަހައްދުތައް ތަރައްގީ ކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ރަށްތައް ތަރައްގީ ކުރުމާއި ތައުލީާއި ޓެކްނިކަލް އަދި އިންސްޓިޓިއުޝަނަލް ސަޕޯޓުގެ ދާއިރާއިން ޗައިނާ ދަނީ ރާއްޖެއަށް އެހީވަމުން،" ރައީސް ވިދާޅުވި އެެވެ.

ތިލަފުށީ ބަނދަރުގެ މަސައްކަތް ކުރަން ކުންފުންޏެއް ހަދައިފި

މޯލްޑިވްސް ޕޯޓް ޑިވެލޮޕްމަންޓްގެ މެނޭޖިން ޑިރެކްޓަރަކީ އެމްޕީއެލްގެ ސީއީއޯ ހުސެއިން ޝަފީގެވެ. ބޯޑު މެންބަރުންގެ ގޮތުގައި ތިއްބެވީ އޭނާގެ އިތުރުން އަލީ ޒުހައިރު، ޝިމާދް އިބްރާހިމް، މުހައްމަދު ނިޒާމް، އަހުމަދު ސާލިމް އަދި މުހައްމަދު ލަމްއާން އެވެ.

އާރްޑީސީއާ ހަވާލުކުރި ލިންކް ރޯޑު ޕްރޮޖެކްޓް ޗައިނާ ބަޔަކަށް ދީފި

އެ މަސައްކަތް މިއަދު ހަވާލު ކުރީ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑްއާ އެވެ. އެއީ ހުޅުމާލޭގެ މަގުތައް ހަދަން ވެސް ހަވާލުކޮށްފައިވާ ކުންފުންޏެވެ. އަދި ހުޅުމާލޭގައި ވެއާހައުސްތަކެއް ހެދުމުގެ މަސައްކަތް ވެސް ހަވާލު ކުރީ އެކުންފުންޏަށެވެ.

"ޕްލާސްޓިކް ހޮޅި މަނާކޮށްގެން އެކަށީގެންވާ ހައްލެއް ނުލިބޭ"

ސިންގަލް ޔޫސް ޕްލާސްޓިކް ހޮޅި މަނާކުރުމުން އެކަށީގެންވާ ހައްލެއް ނުލިބޭ ކަމަށާއި، ބޭނުންވަނީ ކަރުދާސް ހޮޅިއަށްވުރެ ފެންވަރު ރަނގަޅު ބަދަލެއް ހޯދުން ކަމަށް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވި. މިކަމާ ގުޅިގެން، ކުރިން މަނާކޮށްފައިވާ ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުމުގެ މުއްދަތު 2031 އަށް ސަރުކާރުން ވަނީ އިތުރުކޮށްފައި.

Newsletter

Get the latest news delivered straight to your inbox