ގައުމީ ޓީމު ޒުވާންކޮށް، ދެން އޮތް އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ޓާގެޓެއް

ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗަށް ފަހު ބައްސާމް, ގައުމީ ޓީމުގެ ކުޅުންތެރިންނާ އެކު.-- ފޮޓޯ: އަދަދު

ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗަށް ފަހު ބައްސާމް, ގައުމީ ޓީމުގެ ކުޅުންތެރިންނާ އެކު.-- ފޮޓޯ: އަދަދު

އަންނަ މަހު ލާއޯސް އާއި ބްރުނާއީ ދާރުއްސަލާމާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ ރާއްޖޭގެ ގައުމީ ސީނިއާ ފުޓްބޯޅަ ޓީމުގެ ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތަކަކީ 2027 ވަނަ އަހަރުގެ އޭޝިއަން ކަޕަަށް ކޮލިފައިވާން ކުރާ މަސައްކަތުގެ ފެށުމެއް ކަަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރު، 2023 ގެ އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ޓާގެޓްގައި ރާއްޖޭން ކުރި މަސައްކަތް މިދިޔަ ޖޫން މަހު ވަނީ ނިމިފަ އެވެ. ކޮވިޑް-19އާ ހެދި ކޮލިފައިން ގްރޫޕް ސްޓޭޖުގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅެން ނިންމުން ވެގެންދިޔައީ، އޭޝިއަން ކަޕަށް ކޮލިފައިވާން ރާއްޖޭގެ ޓީމަށް ދިމާވި ގޮންޖެހުމަށެވެ.

އެންމެ ފަހުން ގައުމީ ޓީމާ ހަވާލުވި ތިން ކޯޗުން ކަމަށްވާ ކްރޮއޭޝިއާގެ ޕީޓަ ސެގާޓް، ނެދަލެންޑްސްގެ މާޓިން ކޫޕްމަން އަދި މިހާރު ހަވާލުވެހުރި، އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ވެސް ވަނީ އޭޝިއަން ކަޕްގެ ޓާގެޓްގައި މަސައްކަތްތަކެއް ކޮށްފަ އެވެ. އެއީ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންއާ ހަަމައިން ފެށިގެންނެވެ.

އެފްއޭ ކަޕް ފައިނަލަށް ފަހު ރޭ މީޑިއާ އަށް ދެއްވި އިންޓަވިއުގައި ބައްސާމް ވިދާޅުވީ ސީނިއާ ޓީމަށް މިހާރު އޮތީ އާ ފެށުމަކުން ޓާގެޓްތަކަކާ އެކު ކުރިއަށް ދިއުމުގެ މަސައްކަތް ކަމަށެވެ.

"ދެން ބޭނުމަކީ އަލުން ފައްޓާއިރުގައި ވަރަށް ބޮޑު ބަދަލަކާ އެކު ގެނައުން. ކުރިއަށް އޮތް އޭޝިއަން ކަޕަށް ކޮލިފައިވާން މިހާރުން ފެށިގެން ޓީމެއް ތައްޔާރު ކުރުން، ކޯޗާ ވެސް ހަވާލުކުރާނީ ހަމަ ޒުވާން ޓީމަކާ އެކު ކުރިއަށް ދިއުން، ވަަރަށް ބޮޑެތި ބަދަލުތަކެއް ފެނުމަކީ އެކަށީގެންވާ ކަމެއް ގައުމީ ޓީމުން،" ބައްސާމް ވިދާޅުވި އެވެ.

"ވަރަށް ގިނަ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ލިބިގެންދާނެ ކަމަށް މި ގަބޫލުކުރަނީ، ބޭނުމަކީ މަޑުމަޑުން ޑިވެލޮޕްކުރުން، މި މެޗުތައް (ލާއޯސް އާއި ބްރުނާއިއާ ދެކޮޅަށް) ކުޅުމުގެ ބޭނުމަކީ ވެސް ހަމަ އާ ކުުޅުންތެރިންނަށް ފުރުސަތު ދީގެން މަޑުމަޑުން ޑިވެލޮޕްކުރުން،"

ބައްސާމް ވިދާޅުވީ އޮކްޓޫބަރު ނޫނީ ނޮވެމްބަރު ތެރޭގައި ގައުމީ ޓީމުގެ އިތުރު މެޗުތަކެއް ކުޅުމުގެ ވިސްނުންތަކެއް ވެސް އެބަހުރި ކަމަށާއި އެ ގޮތަށް އެކަން ނުވެއްޖެނަމަ ގައުމީ ޓީމެއްގެ ކޭމްޕެއް ކުރިއަށް ގެންދިއުމަކީ ވެސް އޮތް ގޮތެއް ކަމަށެެވެ.

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ވަނީ މިދިޔަ މާޗް މަހު ބަންގްލަދޭޝާ ދެކޮޅަށް މާލޭގައި އެކުވެރިކަމުގެ މެޗެއް ކުޅެފަ އެވެ.

އަންހެން ގައުމީ ޓީމާއި 16 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ޓީމާ މެދު އުންމީދުތަކެއް

އެފްއޭއެމުން މި ވަގުތު އެންމެ ބޮޑަށް ފޯކަސްކޮށްގެން ކުރަން ޖެހޭ ކަންކަން ގުޅިފައި ދެން އޮތީ، އަންނަ މަހު ބާއްވާ ސާފް ވިމެންސް ޗެމްޕިއަންޝިޕާއި 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ އޭޝިއަން ކަޕް ކޮލިފައިން އާއި 16 އަހަރުން ދަށުގެ ގައުމީ ޓީމުގެ އޭޝިއަން ކަޕް ކޮލިފައިން އަދި ސާފް ޗެމްޕިއަންޝިޕެވެ.

ސާފް މުބާރާތްތައް ރާއްޖޭން ކުޅޭއިރު، މި ވަގުތު އޮތް ހިތްހަމަޖެހުމަކީ އިންޑިއާ ސަސްޕެންޝަނެއްގައި އޮތުމުން އެ ޓީމު ނެތުމެވެ.

ބައްސާމް ވިދާޅުވީ ރާއްޖޭގެ ލޯކަލް ފުޓްބޯޅައިގެ ގިނަ މުބާރާތްތައް އެއްކޮށްދާތީ ޕްރެކްޓިސް ކުރާނެ ދަނޑުތައް ގައުމީ ޓީމުތަކަށް ހަމަޖައްސައިދޭން ގޮންޖެހުންތަކެއް ދިމާވި ކަމަށެވެ. އޭގެ ސަބަބުން އަންހެން ގައުމީ ޓީމާއި ޒުވާން ގައުމީ ޓީމުތަކުގެ ތައްޔާރީތަކަށް ބުރޫ އަރާފައިވާ ކަމަށެވެ. އަދި އެފްއޭއެމަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކުގެ ސަބަބުން ވެސް ބައެއް ކަންކަން ކުރަން އުނދަގޫތަކެއް ހުރިކަން ބައްސާމް ފާހަގަކުރެއްވި އެވެ.

"އަންހެން ސާފް ޗެމްޕިއަންޝިޕްގައި އުނދަގޫ ތަކެއް ހުރެދާނެ. އަންހެން ގައުމީ ޓީމުގެ ވެސް ފަރިތަކުރުންތައް އެ ދަނީ އެންމެ އެކަށީގެންވާ ގޮތަކަށް ނޫން. ދެން، އެފްއޭގެ މާލީ ދަތިތަކާ ހުރެ ތަންކޮޅެއް އުނދަގޫ ދުވަސްތަކެއް ކުރިއަށް މި ދަނީ، އެހެން ނަމަވެސް، މިހާރު އަޅުގަނޑުމެންނަށް ލިބެން ހުރި އެންމެ ރަނގަޅު ކޯޗުންނާ އެކު، ފަރިތަކުރުންތައް ފެށިގެން އެ ކުރިއަށްދަނީ،" ބައްސާމް ވިދާޅުވި އެވެ.

"އަންހެން ސާފް ޗެމްޕިއަންޝިޕްގައި، މި ސަރަހައްދުގައި އިންޑިއާ، ބަންގްލަދޭޝް، ދެން ޕާކިސްތާން ކަހަލަ ޓީމުތަކަކީ ތަންކޮޅެއް ވަރުގަދަކޮށް މި ފެންނަނީ، ޗެލެންޖިން މުބާރާތަކަށް ވާނެ، އެހެން ނަމަވެސް ރަނގަޅު ހިސާބަކަށް ދިއުމަށް އަޒުމު ކަނޑައަޅައިގެން މި ތިބީ،"

ޒުވާން ގައުމީ ޓީމުތަކަށް (16 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ގައުމީ ޓީމަށް) ކުރިއަށް އޮތް މެޗުތަކަށް ބަލާއިރު، އޭޝިއަން ކަޕް ކޮލިފައިންގައި ދެ ޓީމު ވެސް ވާދަކުރަން ޖެހެނީ ވަރުގަދަ ގްރޫޕެއްގައި ކަމަށްވާތީ، އެ މެޗުތައް ނަގާނީ "ޑިވެލޮޕްމަންޓް" ގެ މަސައްކަތެއްގެ ގޮތުގައި ބައްސާމް ވިދާޅުވި އެވެ.

މާލީ ގޮތުންނާއި އެކި އެކި ގޮތްގޮތުން މި ނިމިދިޔައީ ރާއްޖޭގެ ފުޓްބޯޅަ ކްލަބްތަކާއި އެފްއޭއެމަށް ވެސް އުނދަގޫ ސީޒަނެކެވެ.

ބައްސާމް ވިދާޅުވީ އުނދަގޫ ހާލަތެއްގައި ގިނަ ކަންކަމާ ކުރިމަތިލާން ޖެހުނު ކަމުގައި ވިޔަސް ކަލަންޑަރު ކަނޑައެޅި ގޮތަށް ސީޒަން ތިން މުބާރާތް ބޭއްވިގެން ދިއުމަކީ ހިތްހަމަ ޖެހުމެއް ކަމަށެވެ.

"ވަރަށް ގިނަ ކަންތައްތަކެއް ދިމާވެ، ކުރިމަތިވެ، އަދި ކްލަބްތަކުގެ ދަތި އުނދަގޫތަކާ އެކީގައި ސީޒަން ނިމިގެން މިދިޔައީ. ނިމުނުއިރުގައި ވަރަށް ފޯރިގަދަކޮށް މި ދިޔައީ، އެހެން ނަމަވެސް ކުރިއަށް އޮތް ސީޒަނަށް ވަރަށް ބައިވަރު ކަންތައްތަކެއް ރަނގަޅުކުރަން އެބައޮތް. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެ ހަފްތާއެއްހާ ތެރޭގައި މީގެ އެކި ފަރާތްތަކާ އެކީގައި އިށީނދެ، ދެން އަންނަ ސީޒަނަކަށް ވަރުގަދަ އަށް ކަންކަން ރޭވުމަށް ތައްޔާރުވުމަށް ކަންކަން ރޭވިގެންދާނެ،" ބައްސާމް ވިދާޅުވި އެވެ.

"މުޅި ޖުމްލަކޮށް މުޅި ސީޒަނަށް ބަލައިފިނަމަ އަނެއްހެން ރަނގަޅު ސީޒަނެއް ކަންނޭނގެ މި ނިންމާލެވުނީ. ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލު ވެސް އަތޮޅު ތެރެއަށް ގޮސް ފޯރިގަދަ މެޗުތަކެއް ކުޅެވި، ލީގުގައި ދެން މާޒިޔާ ތަންކޮޅެއް ފެއަށް ޖެހިލި ދެން ހުރި ޓީމުތަކާ، އެހެން ނަމަވެސް ރެލިގޭޝަން ބެޓަލަށް ފައިޓްކުރި ޓީމުތައް މެދުގައި ވަރަސް ފޯރިގަދަކޮށް ދިޔައީ. އެ ހުރިހާ ގޮތަކަށް ބަލާއިރު ވާދަވެރި ލީގެއް،"

މިއީ 2017 ވަނަ އަހަރުގެ ފަހުން ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގެ ތިން މުބާރާތް ފުރިހަަމަ ކުރި ފުރަތަމަ ފަހަރެވެ. އޭގެ ފަހުން، އެކި ސަބަބުތަކާ ހުރެ ސީޒަން ކުރުކޮށްލަން ޖެހި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ދިޔައީ ނުބޭއްވި އެވެ.

ފުޓްބޯޅަ ކަލަންޑަރު ފުރިހަމަކޮށް، ހުރިހާ މުބާރާތެއް ބާއްވަން، އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވީ ރާއްޖޭގެ ފުޓްބޯޅަ ސީޒަން ޖޫން މަހު ފަށާ ގޮތަށް ބަދަލުކޮށްލިތާ ގިނަ ދުވަސްތަކެއް ނުވެ، ކޮވިޑް-19ގެ ބަލިމަޑުމަކާ ކުރިމަތިލާން ޖެހުމެވެ. އަދި ކޮވިޑް-19 އިން ރައްކާތެރިވާން އަޅާ ކޮންމެ ފިޔަވަޅަކާ އެކު ކުޅިވަރު ހަރަކާތްތައް ހުއްޓިފައި ގިނަ ފަހަރުތަކެއްގެ މަތިން އޮތުމަކީ ވެސް ފުޓްބޯޅަ ކަލަންޑަރަށް ބަދަލު ގެންނަން ޖެހުނު ސަބަބެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox