މޮޑްރިޗްގެ ތަފާތު ގޯލާ އެކު ސެލްޓަ އަތުން ރެއާލަށް ބޮޑު މޮޅެއް

Aug 21, 2022, 2:50 AM
މޮޑްރިޗް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

މޮޑްރިޗް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

މެޑްރިޑް (އޮގަސްޓް 21) - ލޫކަ މޮޑްރިޗްގެ ތަފާތު މޮޅު ގޯލާ އެކު، ރެއާލް މެޑްރިޑުން 4-1 އިން ސެލްޓަ ވީގޯ އަތުން ރޭ ބޮޑު މޮޅެއް ހޯދައިފި އެވެ.

ކުޅުނު ފުރަތަމަ މެޗުގައި ފަހަތުން އަަރައި އަލްމޭރިއާ އަތުން މޮޅުވި ރެއާލް، ރޭ ލީޑުނެގީ 11 ވަނަ މިނިޓްގައި ކަރިމް ބެންޒެމާ ޖެހި ޕެނަލްޓީންނެވެ. މިއީ އޭރިއާތެރެއިން ސެލްޓަގެ ރެނާޓޯ ޓަޕިއާ އަތުގައި ބޯޅަ ޖެހުމުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ދިން ޕެނަލްޓީ އެކެވެ.

މެޗުގެ 23 ވަނަ މިނިޓްގައި ސެލްޓަ އިން އެއްވަރުކުރީ އިއާގޯ އަސްޕާސް ޕެނަލްޓީ އަކުން ޖެހި ގޯލުންނެވެ. މިއީ ރެއާލްގެ އެޑާ މިލިއާޓާއޯ އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީ އެކެވެ.

ފުރަަތަމަ ހާފު ނިމުމުގެ ކުރިން ރެއާލަށް އަލުން ލީޑުނަގައިދިނީ ތަޖުރިބާކާރު މިޑްފީލްޑަރު، މޮޑްރިޗް އެެވެ. އޭރިއާބޭރުން ހަމަޖެހިލާފައި މޮޑްރިޗް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. މެޗުގެ 42 ވަނަ މިނިޓްގައި ޑޭވިޑް އަލަބާ ދިން ބޯޅައެއް ހިފައިގެން ސެލްޓަ ޑިފެންޑަރެއް ކައިރިން ނައްޓާފައި މޮޑްރިޗް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. މިއީ މޮޑްރިޗް ގޯލު ޖެހި ސްޕެނިޝް ލީގުގެ 11 ވަނަ ސީޒަނެވެ.

ރެއާލުން ދެ ވަނަ ހާފްގެ ކުޅުން ފެށިގެން، މެޗުގެ 56 ވަނަ މިނިޓްގައި ތިން ވަނަ ގޯލެއް ޖެހި އެވެ. މި ލަނޑު ޖެހީ މޮޑްރިޗް ދިން ބޯޅައަކުން ވިނީޝިއުސް ޖޫނިއާ އެވެ. އޭނާ މި ގޯލު ޖެހީ ސެލްޓަގެ ކީޕަރު އޮގަސްޓިން މާޗޭސިން ކައިރިން ނައްޓައިފަ އެވެ.

އޭގެ 10 މިނިޓް ފަހުން، ރެއާލްގެ ހަތަރު ވަނަ ގޯލު ޖެހީ ފެޑޭ ވަލްވޭޑޭ އެވެ. ވިނީޝިއުސް ދިން ބޯޅަ ވަލްވޭޑޭ ވަނީ ތިރިތިރިން ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފަ އެވެ.

މެޗުގެ 86 ވަނަ މިނިޓްގައި ރެއާލަށް ފަސް ވަނަ ގޯލެއް ޖަހަން ލިބުނު ޕެނަލްޓީން އެޑެން ހަޒާޑް ފޮނުވާލި ބޯޅަ ކީޕަރު މާޗޭސިން ވަނީ މަތަކޮށްފަ އެވެ. އަދި ރީބައުންސް ބޯޅަ ބެންޒެމާ ގޯލަށް ފޮނުވާލުމުން ވެސް މާޗޭސިން ވަނީ ހުށިޔާރުކަމާ އެކު ހުއްޓުވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox