އެފްއޭ ކަޕް ފައިނަލަށް ނުކުންނައިރު މާޒިޔާގެ އޮތީ ޕްރެޒިޑެންޓްސް ކަޕްގެ ބަދަލު ހިފުމުގެ ރޫހު

އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި ގްރީން ސްޓްރީޓްސް ކޮޅަށް މާޒިޔާގެ އަކުރަމް ޖެހި ގޯލަށް ފަހު ސުޒޭރު އެ ޓީމުގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ

އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި ގްރީން ސްޓްރީޓްސް ކޮޅަށް މާޒިޔާގެ އަކުރަމް ޖެހި ގޯލަށް ފަހު ސުޒޭރު އެ ޓީމުގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ

އެފްއޭ ކަޕްގެ ފައިނަލުގައި މިރޭ ކްލަބް ވެލެންސިއާއާ ދެކޮޅަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ނުކުންނައިރު، އެ ޓީމުގެ އޮތީ މި ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުން ބަލިވުމުގެ ބަދަލުހިފުމުގެ ރޫހު ކަމަށް މާޒިޔާގެ ހެޑް ކޯޗުގެ ޒިންމާއާ ހަވާލުވެހުރި އެސިސްޓަންޓް ކޯޗު އަހުމަދު ސުޒެއިރު (ކޮއްކޮ) ބުނެފި އެވެ.

މުހައްމަދު ޝިޔާޒް (މޯހަން)ގެ ކޯޗުކަމުގައި ސީޒަން ފަށައިގެން ކުޅުނު މާޒިޔާ އިން ރ. އަލިފުށީ ޓާފް ދަނޑުގައި، ޖެނުއަރީ 23 ވަނަ ދުވަހު ކުޅުނު ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުން ވެލެންސިއާ އަތުން ބަލިވީ 2-1 އިންނެވެ.

އެ މެޗަށް ފަހު މޯހަން އަށް މާޒިޔާ ކޯޗުކަން ގެއްލި، އެ ޓީމާ ހަވާލުވީ ސާބިއާގެ ކޯޗު މިއޮޑްރަގް ޖެސިކް އެވެ. މާޒިޔާ އަށް ލީގު ކާމިޔާބުކޮށްދިނުމަށް ފަހު ޖެސިކް ވަނީ ސައުދީ އަރަބިއްޔާގެ ކްލަބަކަށް ބަދަލުވެފަ އެވެ.

މާޒިޔާ އިން އެންމެ ފަހުން ކުޅުނު ހަަތަރު މެޗުގައި އެ ޓީމަށް އިރުޝާދުދިނީ ސުޒެއިރު އެވެ. މާޒިޔާގެ އެސިސްޓަންޓް ކޯޗެއްގެ މަގާމުގައި ހުރި ސުޒެއިރު އެކި ފަހަރުތަކެއްގެ މަތިން ވަނީ ކްލަބްގެ ހެޑް ކޯޗުގެ ޒިންމާ އުފުލައިފަ އެވެ. މާޒިޔާ އިން މި ވަގުތު ކުޅެމުން އަންނަނީ ބިދޭސީ ކުޅުންތެރިން ނެތި، މުޅިން ދިވެހި ކުޅުންތެރިން ލައިގެންނެވެ.

ވެލެންސިއާއާ ދެކޮޅަށް މިރޭ ކުޅޭ އެފްއޭ ކަޕް ފައިނަލުގެ ކުރިން ސުޒެއިރު، "އަދަދު" އަށް ބުނީ މިއީ މާޒިޔާގައި ތިބި ދިވެހި ކުޅުންތެރިންނަށް ފެންވަރު ސާބިތުކޮށްދޭން ލިބިފައިވާ ފުރުސަތެއް ކަމަށެވެ.

"އަބަދުވެސް އެންމެން ކިޔަނީ ހުރިހާ ގައުމީ ޓީމުގެ ޕްލޭޔަރުން ލައިގެން ނުވެގެން ބޭރު ހަތަރު މީހުން ގެނެސްގެންނޭ މި ވަނީ، ނެޝަނަލް ޓީމުގެ 15 ނޫނީ 16 ކުޅުންތެރިން ތިބޭއިރު ވެސް،" ސުޒެއިރު ބުންޏެވެ.

"އެ މީހުންނަށް (ދިވެހި ކުޅުންތެރިންނަށް) އެފްއޭ ކަޕް ފެށުނުއިރުއްސުރެން ވެސް މި ދަނީ ކިޔައިދެމުން، މިހާރު މިއީ ވަގުތޭ ތަށި ނަގާފައި ސާބިތުކޮށްދޭން ބޭރު މީހުން ނުލައި ވެސް ވާނެކަން. އެންމެ ރަނގަޅު ޗާންސޭ މިއީ މި ގޮތަށް ލިބިފައި އިން، އެ ކިކްގައި އެންމެން ވެސް އެ ތިބީ،"

ސުޒެއިރު ބުނީ ވެލެންސިއާ އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ކުޅުނު އެފްއޭ ކަޕްގެ ދެ ވަނަ ސެމީ ފައިނަލް މެޗު ބަލަން އިނދެފައި ވެސް މާޒިޔާގެ އެހެން މީހެއް ގާތުގައި ވާހަކަ ދެއްކިއިރު ވެސް ބުނީ ބޭނުންވަނީ ފައިނަލުގައި ވެލެންސިއާއާ ދެކޮޅަށް ކުޅެން ކަމަށެވެ.

"ކުޅުންތެރިންނަށް ހަނދާން ކޮށްދިނިން ޕްރެޒިޑެންޓްސް ކަޕްގެ މެޗު ކުޅެން ރ. އަލިފުށްޓަށް ދިޔައިރު ކަންތައްތައް ހުރި ގޮތުގެ ވާހަކަ ވެސް. އެ މީހުންގެ ތެރޭގައި (ވެލެންސިއާގައި) އޭރު ސަރުކާރުގެ އިސް މީހެއް ޕްލޭޔަރެއްގެ ގޮތުގައި ހުރި ވާހަކަ އާއި އަހަރެމެންނާ މެދު ކަންތައްތައް ކުރި ގޮތްގޮތާ، މި ހުރިހާ ކަމެއް ކުުޅުންތެރިންނަށް ވިސްނައިދިނިން،" ސުޒެއިރު ބުންޏެވެ.

"ރިވެންޖެއް ބޭނުންވާ ވާހަކަ ދެކެވިފައި މި އޮތީ، އެނގޭނެ އަހަންނަކީ 100 ޕަސެންޓް މާޒިޔާ މީހެއްކަން. އަހަރެމެންގެ ހިތު ތެރޭގައި އެ ކަހަލަ (ފައިނަލުން ބަލިވުމުގެ) ލައްގަނޑުތައް ހުންނާނެ. އެ ލައްގަނޑު ފިލުވާލަން މި ފައިނަލަކީ ރަނގަޅު ފުރުސަތެއް، ކުޅުންތެރިން ވެސް ތިބީ ޕްރެޒިޑެންޓްސް ކަޕްގެ ރިވެންޖް ހިފަން ބޭނުންވެފައިކަން އެ ކުޅުންތެރިންގެ މޫނުމަތިންނާއި ޕްރެކްޓިހުގެ ކަންކަމުން ވެސް އެނގޭ،"

ސުޒެއިރު ލީގުގެ އައްޑަނަ ހިފައިގެން: މާޒިޔާގެ ކާމިޔާބީގައި ސުޒޭރު ވަނީ އެކި ކޯޗުންނާ އެކީ މީގެ ކުރިން މުހިންމު މަސައްކަތްތަކެއް ކޮށްފައި.

މާޒިޔާ އިން އަންނަނީ އެ ޓީމުން މި އަހަރު ކުޅުނު ގިނަ މެޗުތަކުގައި ބޭނުންނުކުރެވި ތިބި ކުޅުންތެރިންނަށް މިހާރު މެޗުތަކުގައި ޖާގަ ދެމުންނެވެ. އެ ގޮތުން އެފްއޭ ކަޕްގެ ކުއާޓާ ފައިނަލާއި ސެމީ ފައިނަލުގައި މާޒިޔާ އަށް ގޯލު ޖަހައިދިން ގައުމީ ކެޕްޓަން، އަކުރަމް އަބްދުލް ގަނީ (އަކޫ)ގެ އިތުރުން އިބްރާހިމް ވަހީދު ހަސަން (އިއްބެ)، ހުސެއިން ނިހާޓް (ނިހާން) އަދި މޫސާ ޔާމީން (ޔާމްބެ) ފަދަ ކުޅުންތެރިން ލިބޭ ފުރުސަތުތަކުގައި ދައްކާ ކުޅުން ސުޒެއިރު ފާހަގަކުރި އެވެ.

ސުޒެއިރު ބުނީ ކުޅުންތެރިން ތިބީ ކޮންމެ ހާލަތެއްގައި ވެސް ލިބޭ ފުރުސަތަކަށް ބަލަން ކަމަށާއި އެކަން ކުޅުމަށް ބަލާލުމުން ވެސް ޔަގީންކުރެވޭނެ ކަމަށެވެ.

"ޗާންސް (ފުރުސަތު) ލިބުނުއިރު، އެ މީހުންގެ ފިޓްނަސް އާއި ހުރިހާ އެއްޗެއް، މުޅި ސީޒަން ކުޅުނު މީހުންނެކޭ އެއްވެސް ތަފާތެއް ނެތްކަން އެބަ އެނގޭ މެޗުތައް ބަލާލީމަ. އޭގެއިން ވެސް މި އެނގެނީ މާޒިޔާ އަކީ ތައްޔާރުވުންތަކާ ހުރިހާ ކަމެއް ފެށުނުއިރުއްސުރެން އެންމެ ރަނގަޅަށް އިން ޓީމުކަން. އަހަރެމެންގެ ފިޓްނަސް ކޯޗުގެ ބުރަ މަސައްކަތް އެއީ،" ސުޒެއިރު ބުންޏެވެ.

ފުރަތަމަ ޑިވިޝަނުގައި މާޒިޔާ ވާދަކުރަން ފެށި ފަހުން މާޒިޔާ އިން ހޯދަމުން އަންނަ ކާމިޔާބީއެއްގައި ވެސް ސުޒެއިރު އަށް އޮތީ އެސިސްޓަންޓެއްގެ ރޯލެވެ. އެކަަމަކު، މި ފަަހަރު ހާލަތު ތަފާތެވެ. އެފްއޭ ކަޕް ފައިނަލުގައި މިރޭ ވެލެންސިއާއާ ދެކޮޅަށް ނުކުންނައިރު، ސުޒެއިރު، މާޒިޔާގެ ބެންޗުގައި އިންނާނީ ހެޑް ކޯޗެއްގެ މަގާމުގަ އެވެ.

ދެ ވަނަ ޑިވިޝަނުގެ ޓީމުތަކުގެ ހެޑް ކޯޗު ކަމާއި އުމުރުފުރާ ގައުމީ ޓީމުތަކުގެ އެސިސްޓަންޓް ކޯޗުކަން ކޮށްފައިވާ ސުޒެއިރު ބުނީ މާޒިޔާ ގޮވައިގެން ހެޑް ކޯޗެއްގެ ރޯލުގައި ހުރެ ފައިނަލަކަށް ނުކުމެލަން ލިބުމަކީ "ވަރަށް ބޮޑު ފުރުސަތެއް" ކަމަށެވެ.

"ވަރަށް ސަޅި ޗާންސެއް މިއީ. އަސްލުގައި މިއީ މާޒިޔާ މެނޭޖްމަންޓުން ދިން އިތުބާރު. ހުސް ދިވެހިން ޕްލޭޔަރުންނަށް ޓީމު ހަދާލިއިރުގައި މަށަށް މި ޗާންސް ދީފައި، ހުރިހާ ކަމެއް ހަމަޖައްސައިދިނުމުގައި ހަމަ ބިދޭސީ ކޯޗެއް ހުންނައިރު އެ ކޮށްދޭ ގޮތަށް ހުރިހާ ކަމެއް ބަރާބަރަށް އެއްވެސް ތަފާތެއް ނެތި ކޮށްދޭ،" މެނޭޖްމަންޓަށް ޝުކުރު އަދާކުރަމުން ސުޒެއިރު ބުންޏެވެ.

ސުޒެއިރު ބުނީ މާޒިޔާގައި 15 ނޫނީ 16 ކުޅުންތެރިންނަކީ ގައުމީ ލެވަލްގެ، ގައުމީ ސްކޮޑުގެ ކުޅުންތެރިންނަށް ވާއިރު، އުސޫލެއްގެ މަތިން ބަލާއިރު މިއީ ގައުމީ ޓީމަކަށް ކޯޗުކޮށްލައިދޭން ލިބޭ ފުރުސަތެއްގެ ގޮތުގައި ވެސް ބެލެވިދާނެ ކަމަށެވެ.

"އަނެއްހެން ބުނަންޏާ މިއީ ހަމަ ނެޝަނަލް ޓީމު ކަންނޭނގެ ސީނިއާ، ހުސް ގައުމީ ޓީމުގެ ކުޅުންތެރިންގެ ތެރޭގައި ކޯޗަކަށް ހުރެވޭ ކަހަލަ އިހުސާސެއް މި ކުރެވެނީ. އެ ކުޅުންތެރިންގެ ފަރާތުން ލިބޭ ފުރިހަމަ ރެސްޕެކްޓް ލިބޭ، އަހަރެން ހުއްޓޭ ކިޔާފައި ކުޅުންތެރިންގެ ފަރާތުން އެ ލިބެންޖެހޭ އެއްވެސް ކަމެއް ނުއެއް ހުއްޓޭ. ހުރިހާ ކަމެއް ބަރާބަރަށް ދަނީ،" ސުޒެއިރު ބުންޏެވެ.

ސުޒެއިރު ބުނީ ކުޅުންތެރިންގެ ގާތް މީހެއްގެ ގޮތުގައި އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި، އަބަދު ހުރެ އެ ކުރާ މަސައްކަތް ހެޑް ކޯޗެއްގެ ގޮތުގައި ހުރެ ކޮށްލައި، ފައިނަލެއްގައި ކާމިޔާބު ހޯދަން ފުރުސަތު އޮތުމުން ބޭނުންހިފަން ކުރެވުނު ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.

ދެ ފަހަރު އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ މާޒިޔާ އިން ފަސް ވަނަ ފަހަރަށް މުބާރާތުގެ ފައިނަލުގައި ނުކުންނައިރު، މިރޭ ގަލޮޅު ދަނޑުގައި ކުޅޭ ފައިނަލް މެޗު ފަށާނީ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

ރާއްޖޭގެ އީޝާ އާއި މާއިދު ގައުމީ ރެކޯޑު އާކޮށްފި

ޖަޕާނުގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ 10 މީޓަރު އެއާ ރައިފަލް އިވެންޓުން ރާއްޖޭގެ އައިޝަތު އީޝާ ޝަހީދު އާއި އަޙްމަދު މާއިދު މުޙައްމަދު އާ ގައުމީ ރެކޯޑުތަކެއް ގާއިމުކޮށްފި. އީޝާ ރެކޯޑު އާކުރީ 624.1 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މާއިދު ވަނީ 614.5 ޕޮއިންޓް ހޯދައިގެން ފިރިހެނުންގެ ގައުމީ ރެކޯޑު އާކޮށްފައި.

ކުރިމަތިވީ ރެފްރީން ޔުނައިޓެޑް ބަލިވިޔަނުދޭނެ ހާލަތެއް: އާބެލޯއާ

މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު އެއްވަރުވުމުން، ރެފްރީން ޔުނައިޓެޑް ބަލިވިޔަ ނުދޭން މަސައްކަތްކުރި ކަމަށް ބުނެ ފުލަމްގެ ކޯޗު އާބެލޯއާ ވަރަށް ބޮޑަށް ފާޑުކިޔައިފި. އޭނާ ހިތްހަމަނުޖެހުން ފާޅުކުރީ ޔުނައިޓެޑުން ލަނޑު ޖެހުމުގެ ކުރިން ހެރީ މެގުއާ އަށް ކުރި ފައުލެއް ރެފްރީ ދިނުމާ ގުޅިގެން.

ގައުމީ މުބާރާތުގެ ޓީމު އިވެންޓުގެ ދެ ތަށި ވެސް ރިވައިވަލް އަށް

50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ހުރިހާ އިވެންޓެއް ކާމިޔާބުކޮށް، ރިވައިވަލް ސްޕޯޓްސް ކްލަބުން ތާރީޚީ ކާމިޔާބީއެއް ހޯދައިފި. އެ ކްލަބުން ވަނީ ޓީމު އިވެންޓުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ތަށި ހޯދުމުގެ އިތުރުން، އޯޕަން އިވެންޓްތަކުގެ ހުރިހާ ވަނަތަކެއްވެސް ކާމިޔާބުކޮށްފައި

މާސޭ ބަލިކޮށް ޕީއެސްޖީ އަށް ލީގުގައި ދެ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ މާސޭ އަތުން 2-1 އިން މޮޅުވެ، ޕީއެސްޖީން މި ސީޒަނުގެ ލީގުގައި ދެވަނަ މޮޅު ހޯދައިފި. ފެރާން ޓޮރޭސް އާއި މާކީނިއޯސްގެ ލަނޑުތަކުން ޕީއެސްޖީ މޮޅުވިއިރު، މި ނަތީޖާއާއެކު އެ ޓީމު މިހާރު އޮތީ ތާވަލުގެ ހަވަނައިގައި

ރަތް ކާޑު ދައްކަންޖެހޭ ކަމަށް ބުނެ މޮރީނިއޯ ފޮޓޯ ދައްކައިފި

އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކަންޖެހޭކަން ސާބިތުކޮށްދިނުމަށް، ރެއާލް މެޑްރިޑްގެ ކޯޗު މޮރީނިއޯ ފައުލްތަކުގެ ފޮޓޯ ޕްރިންޓްކޮށްގެން ނޫސްވެރިންނަށް ދައްކާލައިފި. ރެފްރީގެ ނިންމުންތަކަށް ފާޑުކިޔަމުން މޮރީނިއޯ ބުނީ މިއީ ރެފްރީންގެ ގޯސް ނިންމުމެއް ކަމަށް.

ކީޕަރު އަޝްވާން އާއި އަރީން ގައުމީ ޓީމުގެ ފައިނަލް ސްކޮޑަށް

ފީފާ ބްރޭކުގައި ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ކީޕަރު އަޝްވާން އާއި އަރީން ހިމަނައިގެން ގައުމީ ފުޓްބޯޅަ ޓީމު ޗައިނާ އަށް ވަނީ ގޮސްފައި. މުހިންމު ބައެއް ކުޅުންތެރިންނަށް އެކި ސަބަބުތަކާ ހުރެ ނުދެވުނު ނަމަވެސް، ކޯޗު އުރްބާނީ ބޭނުންވަނީ މި ފުރުސަތުގައި އާ ކުޅުންތެރިންގެ ފެންވަރު ބަލާލުމަށް

Newsletter

Get the latest news delivered straight to your inbox