"އަދި ވިސްނަވާނެ"؛ ނަޝީދު ދުރަށް ނުދާނެ ކަމުގެ ޔަގީންކަން ރައީސަށް އެބަ އޮތް

ކޮންގްރެސްގެ ހަވާސާގައި ކުރިއަށް ދިޔަ ފޮޓޯ މައުރަޒު ރައީސް އާއި ނަޝީދު ބައްލަވާލައްވަނީ: އެކުގައި ތިބެވޭނެ ކަމުގެ ޔަގީންކަން ރައީސަށް އެބަ އޮތް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ކޮންގްރެސްގެ ހަވާސާގައި ކުރިއަށް ދިޔަ ފޮޓޯ މައުރަޒު ރައީސް އާއި ނަޝީދު ބައްލަވާލައްވަނީ: އެކުގައި ތިބެވޭނެ ކަމުގެ ޔަގީންކަން ރައީސަށް އެބަ އޮތް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެންނަން ހުރަހަކަށް ވެއްޖެނަމަ, އެކުގައި ނުހުންނަވާނެ ކަމުގެ އިންޒާރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ދެއްވާފައިވީ ނަމަވެސް, އެކަން އެގޮތަށް ނުވާނެ ކަމުގެ ޔަގީންކަން އެބަ އޮތްކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހާމަކުރައްވައިފި އެވެ.

އެމްޑީޕީގެ އެތެރޭގައި، އަންނަ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ގިނަ ހިޔާލު ތަފާތުވުންތައް އެބަ އޮތެވެ. މިހާރު އޮތް ކޯލިޝަންގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައި ވާއިރު, ނަޝީދު ބޭނުން ވަނީ ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުކޮށް ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވާށެވެ.

އެކަމާ ގުޅޭ ގޮތުން އެމްޑީޕީ ހުރަކަށް ނުވުމަށް އެދި, ނަޝީދު ވަނީ ކޮންގްރެސްއަށް ގަރާރެއް ވެސް ހުށަހަޅުއްވާފަ އެވެ. ނަމަވެސް, އެމްޑީޕީގެ އިސް ލިޑަރު, ރައީސް ސޯލިހު ވަނީ ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމް ބޭއްވުމަށް ކަމަށް ވިދާޅުވެ, ގަރާރު އަނބުރާ ގެންދެވުމަށް އެދިވަޑައިގެންފަ އެވެ.

Advertisement

ރައީސް ސޯލިހު ވެސް އިންނެވި ކޮންގްރެސްގެ މާލަމުގައި ނަޝީދު މިއަދު ވިދާޅުވީ މިހާރު އެމްޑީޕީ އޮތް ގޮތުން، އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އެމްޑީޕީން އެތައް ބަޔަކަށް ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ފެނުނު ކަމުގައިވީ ނަމަވެސް, އެއީ ހަމައެކަނި އެމްޑީޕީގެ އުއްމީދު ކަމަށެވެ.

"...ތަކުރާރުކޮށް ދަންނަވާނަން މުޅި ޕާޓީއާއެކު ނުކުމެގެން ނޫން ގޮތަކަށް އަޅުގަނޑަކަށް 2023 ވަނަ އަހަރު ރިޔާސީ އިންތިހާބަށް ތިޔަ ބޭފުޅުންނާ އެއްކަކު ނުނިކުމެވޭނެ, އަޅުގަނޑު ވަރަށް ބޮޑަށް އެދޭ އެދުމަކީ, އާދޭހަކީ އަޅުގަނޑުގެ ހިތުގެ ހާލިސްކަމާއެކު މި ދަންނަވަނީ އަޅުގަނޑުމެންނަށް އެކީގަ އެންމެންނަށް ތިބެވެން އެބަ އޮތް," ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެހެން ވިދާޅުވެފައިވަނިކޮށް, މިއަދު ހެނދުނު ކޮންގްރެސް މާލަމުގެ ހަވާސާއިން "އަދަދު"އިން ރައީސް ސޯލިހާ ސުވާލު ކުރުމުން ވިދާޅުވީ ނަޝީދު އަދި ވިސްނަވާނެ ކަމަށެވެ.

"...އެކީގައި ކުރިއަށްދެވޭ ގޮތަކަށް އަޅުގަނޑުމެން ވިސްނަން ވާނީ, އަޅުގަނޑު ހިތުން ޕާޓީން ހޮވޭ ކޮންމެ ކެންޑިޑޭޓަކާ އެކީގައި މުޅި ޕާޓީ އޮންނާނެ،" ރައީސް ސޯލިހު, "އަދަދު"އަށް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ނަޝީދު ހުށަހެޅުއްވި ގަރާރާ ގުޅޭ ގޮތުން މަޝްވަރާ ކުރުން މާދަމާ އޮންނާނެ ކަމަށާއި އެމަނިކުފާނު ދެކޭ ގޮތުގައި ކޮންގްރެސްމަނުން އެކަމާ ދޭތެރޭ ވަރަށް ފުންކޮށް ވިސްނާނެ ކަމަށެވެ.

"އަޅުގަނޑު ހިތުން، ނިންމާ ކޮންމެ ނިންމުމަކީ އެއާ އެކީގައި ކުރިއަށްދާން ޖެހޭނެ ނިންމުމެއް ކަމަށް އަޅުގަނޑު ދެކެނީ. އަޅުގަނޑު ދެކެނީ ކޮންގްރެސްމަނުން ނިންމާނީ ޕާޓީ އާއި ގައުމަށް އެންމެ ފައިދާހުރި ނިންމުން ކަމަށް،" ރައީސް ވިދާޅުވި އެވެ.

"އަދަދު"އިން ރައީސަށް ސުވާލު ކުރަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
"އަދަދު"އިން ރައީސަށް ސުވާލު ކުރަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

"އަދަދު"އިން ރައީސަށް ސުވާލު ކުރަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ނަޝީދު ދައްކަވަނީ 2023 ކާމިޔާބު ނުވާނެ ކަމުގެ ހިސާބު

ނަޝީދު, މިއަދު ހެނދުނު ދެއްކެވީ އެންމެ ފަހުން 2018 ވަނަ ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާއިން ފެންނަ މަންޒަރުގެ ހިސާބެވެ;

އެ އިންތިހާބުގައި 233,000 މީހުން ވޯޓު ދިނެވެ. އޭގެ ތެރޭން 42 ޕަސެންޓް މީހުން ވޯޓުލީ, ޕީޕީއެމްގެ ކެންޑިޑޭޓް, ރައީސް އަބްދުالله ޔާމީނަށެވެ. އެމްޑީޕީގެ ކެންޑިޑޭޓް, ރައީސް ސޯލިހަށް ލިބުނީ 135,000 ވޯޓެވެ. އޭގައި ޖުމްހޫރީ ޕާޓީ އާއި އެމްއާރްއެމް އަދި އަދާލަތުގެ ބައިވެރިވުން އޮތެވެ.

ނަޝީދު ޖެއްސެވި ހިސާބުން ރައީސް ސޯލިހަށް ލިބުނު ވޯޓުގެ 12 ޕަސެންޓަކީ, ޖުމްހޫރީ ޕާޓީން ހޯދި ވޯޓެވެ. އެމްއާރްއެމް އަދި އަދާލަތު ޕާޓީ އެކުވެ ނަގާފައިވަނީ ހަ ޕަސެންޓް ވޯޓެވެ. އެހެންވެ, މި ދެ ބައި އުނިކުރުމުން, އެމްޑީޕީއަށް ލިބުނު ކަމަށް ނަޝީދު ދެކެނީ 112,000 ވޯޓެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވި ގޮތުގައި, އެމްޑީޕީ ބައިބައި ވެއްޖެނަމަ, އެ ވޯޓެއް ރައީސް ސޯލިހަކަށް ނުހޯދޭނެ އެވެ. މިއަދު މިއޮތް ގޮތަށް ކަންކަން އޮވެއްޖެނަމަ 112,000 ވޯޓުން 40 ޕަސެންޓް ވޯޓު އެމްޑީޕީއަށް ގެއްލި, 2023 އުނދަގޫވާނެ އެވެ.

"...އަޅުގަނޑުމެން ގޮތެއް ހޯދަން އެބަ ޖެހޭ މި ހާލަތުން މި ޕާޓީ އަރައިގަތުމަށް, މި ޕާޓީއަކަށް އަޅުގަނޑު މުހިންމެއް ނޫން އަދި ރައިސުލްޖުމްހޫރިއްޔާ ވެސް މުހިންމެއް ނޫން, އަޅުގަނޑުމެންނަށް މުހިންމީ ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ގޮތުގައި ޑިމޮކްރަޓިކް ނިޒާމެއްގައި ވެރިކަން ކޮށްދެވި ރަނގަޅު ގޮތްތައް ހޯދުން," ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ ގަރާރު

ރާއްޖޭގެ ވެރިކަން ކުރާ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް, ރިޔާސީ އިންތިހާބެއްގައި ދެވަނަ ބުރެއްގެ ވޯޓަކަށް ނުގޮސް އިންތިހާބު ކާމިޔާބު ކުރެވޭނެ މަގެއް ކަނޑައަޅެމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީ ކޮންގްރެސްއަށް ނަޝީދު ހުށަހަޅުއްވާފައިވަނީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްގެ ތާއީދާއެކު އެވެ.

ޕާޓީގެ ރައީސް ނަޝީދު ހުށަހެޅުއްވި ގަރާރުގައި ވަނީ ގާނޫނުއަސާސީއަށް ގެންނަން ބޭނުންވާ ބަދަލުތައް ފާހަގަކޮށްފަ އެވެ. އެގޮތުން، ސަރުކާރުގެ އެންމެ އިސްވެރިއަކީ މަޖިލީހުގެ ތެރެއިން އިންތިހާބުކުރާ ބޮޑުވަޒީރު ކަމަށާއި ދައުލަތުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނާނީ ރައްޔިތުންގެ މެދުގައި ނަގާ ރިޔާސީ ވޯޓަކުން ހޮވޭ މީހެއް ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.

އަދި، ބޮޑުވަޒީރާއި ރައީސްގެ ބާރުތައް ކަނޑައެޅުމަށާއި މަޖިލީހުގެ ދާއިރާތައް ތަމްސީލުވާނެ ގޮތްތަކާއި މަޖިލިސް އިންތިހާބުގައި ސިޔާސީ ޕާޓީތަކުން ހޯދާ ވޯޓުގެ ނިސްބަތަށް ބަލައި، ހާއްސަ ކުރެވޭ "ނެޝަނަލިސްޓު ލިސްޓު"ގެ މެންބަރުން ހިމެނޭ އުސޫލު ކަނޑައެޅުމަށް ވެސް ހުށަހަޅައިފަ އެވެ.

މީގެ އިތުރުން ވަޒީރުންގެ މަޖިލިސް ކަނޑައަޅާނީ މަޖިލިސް މެންބަރުންގެ ތެރެއިން ކަމަށާއި ސުޕްރީމް ކޯޓަށް ފަސް ފަނޑިޔާރުން އައްޔަން ކުރުމުގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލެވިފައިވާ ގޮތް ބަދަލުކުރުމުގެ އިސްލާހު ވެސް ގެނައުމަށް ގަރާރުގައި ހިމަނާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox