ރައްޔިތުން އެދުނަސް، ނަޝީދު ތަފްސީލުކުރެއްވީ އެއްތިނގިލި ނުހިއްކަންވީ ސަބަބު

އަލިފުށްޓާއި އެރަށު ފަޅުގައިވާ އެއްތިނގިލި. އެއްތިނގިލި ހިމާޔަތްނުކުރަން އަލިފުށީ މީހުން ބޭނުންވަނީ މަދިރި އާލާވާތީ. ނަޝީދު ވިދާޅުވީ މަދިރިމަދުވާނީ އެއްތިނގިލި ހިމާޔަތްކޮށްގެން ކަމަށް.

އަލިފުށްޓާއި އެރަށު ފަޅުގައިވާ އެއްތިނގިލި. އެއްތިނގިލި ހިމާޔަތްނުކުރަން އަލިފުށީ މީހުން ބޭނުންވަނީ މަދިރި އާލާވާތީ. ނަޝީދު ވިދާޅުވީ މަދިރިމަދުވާނީ އެއްތިނގިލި ހިމާޔަތްކޮށްގެން ކަމަށް.

އެއްފަޅެއްގައި ޖެހިގެން އޮތް ފަޅުރަށް ހިމާޔަތް ނުކުރަން ރަށެއްގެ ރައްޔިތުން އެދުމަކީ އާދައިގެ ކަމެއް ނޫނެނެވެ. އާއްމު އުސޫލަކީ އެހެން ހުރި ރަށްތައް ހިމާޔަތްކުރަން މީހުން އެދުމެވެ. އެކަމަކު އަލިފުށީ ރައްޔިތުން އެދެނީ އެ ރަށުގެ ފަޅު ތެރޭގައި އޮތް ހަމައެކަނި ފަޅުރަށް ކަމަށްވާ އެއްތިނގިލި ހިމާޔަތް ނުކުރާށެވެ.

ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށްދާ ކޮންގްރެސްގައި އަލިފުށީ ކައުންސިލްގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޒަހީން ވިދާޅުވި ގޮތުގައި އެއްތިނގިލި ހިމާޔަތް ނުކުރަން އަލިފުށީ ރައްޔިތުން އެދެނީ އެ ރަށުގައި އުފެދޭ މަދިރީގެ އުނދަގޫ ބޮޑުކަމުންނެވެ.

"އަޅުގަނޑުމެން، އަލިފުށީ ރައްޔިތުން މި ދިރިއުޅެނީ ވަރަށް ހާލެއްގައި އިނގޭތޯ. އެއީ މަދިރީގެ އުނދަގުލުގެ ސަބަބުން. އެއްތިނގިލީގައި އުފެދޭ މަދިރީގެ އުނދަގުލުގެ ސަބަބުން އަޅުގަނޑުމެންގެ ރައްޔިތުން ދަނީ ވަރަށް ދަތިއުނދަގޫތަކެއް ތަހައްމަލުކުރަމުން،" އޭނާ ވިދާޅުވި އެވެ.

Advertisement

ޒަހީނު ވިދާޅުވި ގޮތުގައި އަލިފުށީ ރައްޔިތުން ވަނީ ކަމާ ބެހޭ އިދާރާތަކަށް އެ މައްސަލަ ތަކުރާރުކޮށް އެކި ފަހަރު މަތިން އެ މައްސަލަ ހުށަހަޅައިފަ އެވެެ.

އަލިފުށީ ފަޅުން ބައެއް ހިއްކައިގެން އެއާޕޯޓް އަޅަން އީއައިއޭ ހެދި އިރު ވެސް އަލިފުށިން އެދުނީ އެއްތިނގިއްޔާ އެކު ބިން ހިއްކާށެވެ. އެއީ އެއްތިނގިލީގެ ކަނޑޫފަލަށް ވެސް އޭރުން ވެލި އަޅައި ބައްދަލައިލެވޭނެތީ އެވެ.

އަލިފުށީގެ އިލްތިމާސަށް، އެމްޑީޕީގެ ކޮންގްރެސްގައި މިއަދު ޖަވާބެއް ދެއްވީ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ރަށްރަށާއި ފަޅުތަކުގެ ތަބީއަތަށް ބަދަލު އަންނަ ފަދަ މަޝްރޫއުތައް ހިންގުމާ ދެކޮޅަށް ވަކާލާތު ކުރައްވާ ނަޝީދުގެ ޖަވާބުގައި އެއްތިނގިއްޔާ ބެހޭ ގޮތުން ވެސް ވާހަކަފުޅު ދެއްކެވީ ހަމަ އެ މޭރުމުންނެވެ.

"ހަގީގަތުގައި ހިމާޔަތްކުރީމާ މަދިރި މަދު ވާނީ. އެކަން ވަރަށް ބޮޑަށް ވިސްނަވަން ޖެހޭނެ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގައި "ގިލި" ކިޔާ ތަންތަނަކީ ވެސް ގުުދުރަތީ ގޮތުން މުޅިން ތަފާތު މާހައުލުތަކަކަށް ވެދާނެ އެވެ. އެކަމަކު އެމަނިކުފާނު ވިދާޅުވި ގޮތުގައި "ގިލި" ކިޔާ ތަންތަނުގެ ހަގީގަތް އަދި އޮތީ ނުވެސް ބެލި އެވެ.

"އަދި އަޅުގަނޑުމެންނަށް މިއުޅެނީ ގިއްޔަކީ ކޮބާކަން ވެސް ނޭނގިގެން،" ނަޝީދު ވިދާޅުވި އެވެ.

ކޮންމެ ރަށަކުން ތަނެއް ހިމާޔަތްކުރަން އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނާފައި ވަނީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ސައިންޓިފިކް ދިރާސާތަކަށް ބިނާކޮށްގެންނެވެ. ރަށްރަށާއި ފަޅުފަޅުގެ ހަގީގަތް އެނގޭ ކަމަށް ހީވާ ކަމަށާއި އެހެންވެ އެތަންތަނަށް ގޮތްގޮތް ހަދަން ބޭނުންވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެހެން ނަމަވެސް އެގޮތަށް ގެންނަ ބަދަލުތަކުގެ ސަބަބުން ބޮޑެތި ގެއްލުންވެ، މާހައުލަށް ބަދަލު އަންނަ ކަމުގެ މިސާލެއްގެ ގޮތުގައި އެމަނިކުފާނު ދެއްކެވީ ހއ. ކެލާގެ ގޮނޑުދޮށެވެ.

"ބޮޑުތަކުރުފާނު ވާހަކައިގައި އޮންނާނެ ކެލާގެ ވާހަކަ، އެތަނުގެ ފަޅުގެ ވާހަކަ އެތަނުގެ ގޮނޑޮދޮށުގެ [ރީތިކަމުގެ] ވާހަކަ. މިއަދު އަކިރި އަރައިފި. ކުޅެކުޅެކުޅެ،" ނަޝީދު ވިދާޅުވި އެވެ.

ރަށްރަށުގެ ތަރައްގީއަށް ވިސްނަން ޖެހޭނީ ގުދުރަތީ ނިޒާމުގެ ތެރެއިން ކަމަށާއި އެނޫން ގޮތެއް ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox