ޕާޓީއަށް ތާއީދުކުރާ އެތައް ބަޔަކަށް ގޮން ޖަހާފައި ގޮސް ހޯދޭނެ ކާމިޔާބީއެއް ނެތް: ނަޝީދު

އެމްޑީޕީގެ ކޮންގްރެސްގައި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވާހަކަ ދައްކަވަނީ. އެމަނިކުފާނު ވިދާޅުވީ ޕާޓީއަށް ތާއީދުކުރާ އެތައް ބަޔަކަށް ގޮންޖަހާފައި ގޮސް ހޯދޭނެ ކާމިޔާބީއެއް ނެތް ކަމަށް. - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އެމްޑީޕީގެ ކޮންގްރެސްގައި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވާހަކަ ދައްކަވަނީ. އެމަނިކުފާނު ވިދާޅުވީ ޕާޓީއަށް ތާއީދުކުރާ އެތައް ބަޔަކަށް ގޮންޖަހާފައި ގޮސް ހޯދޭނެ ކާމިޔާބީއެއް ނެތް ކަމަށް. - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އެމްޑީޕީއަށް ތާއީދުުކުރާ އެތައް ބަޔަކަށް ގޮން ޖަހާފައި ކުރިއަށް ގޮސް ހޯދޭނެ ކާމިޔާބީއެއް ނެތް ކަމަށް ވިދާޅުވެ، އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނާ ހިޔާލު ތަފާތު ބޭފުޅުންނަށް މިރޭ ރައްދު ދެއްވައިފި އެވެ.

އެމްޑީޕީގެ ކޮންގްރެސް ފެށުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ ރާއްޖޭގައި ވެރިކަން ހިންގާނެ ނިޒާމެއް ކަނޑައަޅަން މީގެ 17 އަހަރު ކުރިން ނެގި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ އޭރުގެ އިލެކްޝަންސް ކޮމިޝަނުން ބަދަލުކޮށްފައިވާ ކަމަށެވެ. އެހެންވެ، އެ ވޯޓުގައި ކުރި ސުވާލު، އަދިވެސް ސުވާލެއްގެ ގޮތުގައި އެބަ އޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަދި މި ކޮންރެސްގައި މި ސުވާލުގެ ބަހުސް [ ވެރިކަމުގެ ނިޒާމު ކަނޑައެޅުމުގެ ސުވާލުގެ ބަހުސް] އަޅުގަނޑަށް ޔަގީން، މާ ބާރަށް ކުރެވޭނެ. ޕާޓީއަށް ތާއީދުކުރާ އެތައް ބައެއްގެ ވިންދު، އިހުސާސް، އުއްމީދު ހުރަސްކޮށް ނަގާލައި، ގޮން ޖަހައި ކުރިއަށް ގޮސް އަޅުގަނޑުމެންނަށް ހޯދޭނެ ކާމިޔާބީއެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.

Advertisement

އެމްޑީޕީގެ ހުރިހާ މެމްބަރުންނަށް އެކުގައި ނުތިބެވޭ ނަމަ ކާމިޔާބެއް ނުހޯދޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު އަލުން ކަނޑައެޅުމަށްޓަކައި ފެންނަ ނުފެންނަ ވޯޓެއް ނަގައި ބަރުލަމާނީ ނިޒާމު ހޮވިއްޖެ ނަމަ ގާނޫނު އަސާސީއަށް ގެންނާނެ ބަދަލުތަކާ އެެކު ނަޝީދު ވަނީ އެމްޑީޕީގެ ކޮންގްރެސްއަށް ގަރާރެއް ހުށަހަޅުއްވައިފަ އެވެ. މިރޭގެ މުޅި ތަގުރީރު އެމަނިކުފާނު ބިނާކުރެއްވީ އެ ފަދަ ވޯޓެއް ނަގަން ޖެހޭ ސަބަބުތަކުގެ މައްޗަށެވެ.

ނަޝީދު ސިފަކުރެއްވި ގޮތުގައި ރާއްޖޭގައި މިހާރު ވެރިކަން ކުރަމުން އަންނަ ރިޔާސީ ނިޒާމަކީ "މަޖުބޫރުން" ލިބުނު ނިޒާމެކެވެ.

"އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ މައްޗަށް ރިޔާސީ ނިޒާމެއް މަޖުބޫރުވި ގޮތް،" އެމަނިކުފާނު ވިދާޅުވި އެވެ.

ނިޒާމު ކަނޑައެޅުމަށްޓަކައި ފެންނަ ނުފެންނަ ވޯޓު ނެގި އިރު އޮތް އިލެކްޝަންސް ކޮމިޝަން އެއީ ސައްހަ ކޮމިޝަނެއް ނޫން ކަމަށް ސިފަކުރައްވައި އެމަނިކުފާނު ވިދާޅުވީ އެއީ "އިލެކްޝަންސް ކޮމިޝަނެއްގެ ގޮތުގައި އަމިއްލައަށް ނަންބޯޑު ޖައްސަވައިގެން ތިއްބެވި ބޭފުޅުން" ކަމަށެވެ. އެގޮތަށް ސިފަކުރެއްވީ އެއީ މިހާރުގެ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން އޮތް ކޮމިޝަނަކަށް ވާތީ އެވެ.

ނިޒާމު ކަނޑައެޅުމުގެ ވޯޓަކަށް މަގުފަހި ކުރުމާއި އިންތިގާލީ ބަރުލަމާނީ ވެރިކަމެއް ހިމެނޭ މަގުޗާޓަކާއި އެކު އެމްޑީޕީގެ ކޮންގްރެސްއަށް ނަޝީދު ހުށަހެޅުއްވި ގަރާރު ނަންގަވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރިން ވަނީ އެދިވަޑައިގެންފަ އެވެ. އެހެން ނަަމަވެސް ނަޝީދު އެކަމަށް އިޖާބައެއް ނުދެއްވަ އެވެ.

މިރޭ ކޮންގްރެސް ފެށުމަށް ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ 2023 ވަނަ އަހަރަށް އަހަރަށް ދާއިރު މިހާރު އޮތް އިއްތިހާދު މިގޮތުގައި އޮންނާނެ ކަމަށް ދެކިއްޖެ ނަމަ, އެ ތިބެވެނީ އަވާމެންދުރެއްގައި ކަމަށެވެ.

"...މިއީ 2018 ވަނަ އަހަރެއް ނޫން, އެ ދުވަހު އަޅުގަނޑުމެން އިންތިހާބަށް ނުކުތްއިރު ވާދަވެރި ހުރިހާ ސިޔާސީ ލީޑަރުން ތިބީ ހައްޔަރުކޮށްފައި, ހަމައެކަނި ހުންނެވީ ރައީސް ޔާމީން ގިނިކަންޏާ, މިއަަދު ތިޔަބޭފުޅުންގެ މަސައްކަތުން ރާއްޖޭގެ ވެރިކަން އަނެއްކާވެސް އަމާން ކުރެވިއްޖެ, ސިޔާސީ މަސައްކަތް ހިންގުމުގެ ފުރުސަތު ހޯއްދަވައިފި," ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީއާއެކު ސަރުކާރު ހިންގާ ކޯލިޝަނުގައި ތިބި ކޯލިޝަންގެ ހުރިހާ ލީޑަރުން ވެސް މިހާރު އެ ތިބީ މިނިވަންކޮށް ކަމަށާއި އެ ބޭފުޅުން އެ ގެންދަވަނީ ބުރަކޮށް 2023 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި މަސައްކަތް ކުރަމުން ކަމަށެވެ.

ކޯލިޝަނާމެދު ޔަގީންކަން ނެތްއިރު ނަޝީދު މިރޭ ވިދާޅުވި ގޮތުގައި, އެމްޑީޕީ އެކުގައި އެކީގަ ތިބެ އިންތިހާބާ ކުރިމަތިނުލައިފިނަމަ, ޕާޓީއަށް ލިބެން އޮތް މިންވަރު ވަރަށް ބޮޑަށް ކުޑަވެގެން ދާނެ އެވެ.

"...އެހެންކަމުން އިއްޒަތްތެރި ރައީސް, ރައީސްގެ އަރިހުން އަޅުގަނޑު އެދެނީ މި ޕާޓީގެ ހުރިހާ މެންބަރުން އެކުގައި ބައިތިއްބައިގެން ކުރިއަށް ވަޑައިގެންނެވުން, އެ މަގުން ނޫން ގޮތަކަށް އަޅުގަނޑުމެންނަށް ހަގީގަތުގައި ކާމިޔާބު ހޯދޭކަށް ނެތް," ނަޝީދު ވިދާޅުވި އެވެ.

"މި ކޮންގްރެސް އިރާދަކުރެއްވިއްޔާ ވެގެން ދާނީ އަދި މާ މާ އުފާވެރި ކޮންގްރެސްއަކަށް, އަޅުގަނޑުމެންގެ މައްސަލަތައް ހައްލު ކުރެވި އަޅުގަނޑުމެން އެދޭ މިސްރާބު މި ކޮންގްރެސްއިން ހާސިލްވާނެ,"

ގާނޫނުއަސާސީ ބަދަކުރަން ހުށަހެޅުމުގެ މަސައްކަތް ކޮންގްރެސްއަށް

ރާއްޖޭގެ ވެރިކަން ކުރާ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް, ރިޔާސީ އިންތިހާބެއްގައި ދެވަނަ ބުރެއްގެ ވޯޓަކަށް ނުގޮސް އިންތިހާބު ކާމިޔާބު ކުރެވޭނެ މަގެއް ކަނޑައަޅެމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީ ކޮންގްރެސްއަށް ނަޝީދު ހުށަހަޅުއްވާފައިވަނީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްގެ ތާއީދާއެކު އެވެ.

ޕާޓީގެ ރައީސް ނަޝީދު ހުށަހެޅުއްވި ގަރާރުގައި ވަނީ ގާނޫނުއަސާސީއަށް ގެންނަން ބޭނުންވާ ބަދަލުތައް ފާހަގަކޮށްފަ އެވެ. އެގޮތުން، ސަރުކާރުގެ އެންމެ އިސްވެރިއަކީ މަޖިލީހުގެ ތެރެއިން އިންތިހާބުކުރާ ބޮޑުވަޒީރު ކަމަށާއި ދައުލަތުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނާނީ ރައްޔިތުންގެ މެދުގައި ނަގާ ރިޔާސީ ވޯޓަކުން ހޮވޭ މީހެއް ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.

އަދި، ބޮޑުވަޒީރާއި ރައީސްގެ ބާރުތައް ކަނޑައެޅުމަށާއި މަޖިލީހުގެ ދާއިރާތައް ތަމްސީލުވާނެ ގޮތްތަކާއި މަޖިލިސް އިންތިހާބުގައި ސިޔާސީ ޕާޓީތަކުން ހޯދާ ވޯޓުގެ ނިސްބަތަށް ބަލައި، ހާއްސަ ކުރެވޭ "ނެޝަނަލިސްޓު ލިސްޓު"ގެ މެންބަރުން ހިމެނޭ އުސޫލު ކަނޑައެޅުމަށް ވެސް ހުށަހަޅައިފަ އެވެ.

މީގެ އިތުރުން ވަޒީރުންގެ މަޖިލިސް ކަނޑައަޅާނީ މަޖިލިސް މެންބަރުންގެ ތެރެއިން ކަމަށާއި ސުޕްރީމް ކޯޓަށް ފަސް ފަނޑިޔާރުން އައްޔަން ކުރުމުގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލެވިފައިވާ ގޮތް ބަދަލުކުރުމުގެ އިސްލާހު ވެސް ގެނައުމަށް ގަރާރުގައި ހިމަނާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox