ނަޝީދުގެ އެދުމަކާއި އިންޒާރެއް ރައީސަށް: "ކޯލިޝަން އޮންނާނެ ކަމަށް ބެލުމަކީ އަވާމެންދުރެއް"

ނަޝީދު މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ: ކޯލިޝަން އޮންނާނެ ކަމަށް ބެލުމަކީ އަވާމެންދުރެއް ކަމަށް ވިދާޅުވި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ނަޝީދު މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ: ކޯލިޝަން އޮންނާނެ ކަމަށް ބެލުމަކީ އަވާމެންދުރެއް ކަމަށް ވިދާޅުވި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އަންނަ ރިޔާސީ އިންތިހާބު އަންނައިރު, މިހާރު ސަރުކާރު ހިންގާ ކޯލިޝަން ޕާޓީތައް އެކުގައި އޮންނާނެ ކަމަށް ދެކުމަކީ އަވާމެންދުރެއް ފަދަ ކަމެއް ކަމަށް ވިދާޅުވެ, ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިންޒާރު ކުރައްވައިފި އެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ތައްޔާރުވާން ބާއްވާ އެ ޕާޓީގެ ކޮންގްރެސް މިރޭ ފަށާފައިވާއިރު, ޕާޓީގެ އިސް ލީޑަރު ރައީސް ސޯލިހާއި ނަޝީދާ ދެމެދު ސިޔާސީ ގޮތުން ވަނީ ހިޔާލު ތަފާތުވެފަ އެވެ. އަންނަ ރިޔާސީ އިންތިހާބަށް މިހާރު އޮތް ކޯލިޝަނާއެކު ވާދަކުރެއްވުމުގެ ޝައުގުވެރިކަން ނަޝީދު ފާޅުކުރައްވާފައިވާއިރު, އެ އިންތިހާބަށް ވާދަކުރެއްވުމަށް ޕްރައިމަރީގައި ބައިވެރިވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

އެކަމަކު, އެއަށްވުރެ ބޮޑަށް ނަޝީދު ކެމްޕެއިން ކުރައްވަމުން ގެންދަވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް, ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް, އެމްޑީޕީން އެކަނި ވެރިކަމަށް އައުމަށެވެ. ރިޔާސީ ނިޒާމެއްގެ ތެރޭން ކޯލިޝަނެއްގެ ތެރެއިން ވެރިކަން ކުރުމަކީ ނަޝީދު ރުހިވަޑައިގަންނަވާ ކަމަކަށް ނުވާއިރު, ކޯލިޝަނާ ދެކޮޅަށް ތަކުރާރުކޮށް ގެންދަވަނީ ވާހަކަ ދައްކަވަމުންނެވެ.

Advertisement

އެ ވާހަކަ ތަކުރާރު ކުރައްވަމުން މިރޭ ކޮންގްރެސް ފެށުމަށް ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ 2023 ވަނަ އަހަރަށް އަހަރަށް ދާއިރު މިހާރު އޮތް އިއްތިހާދު މިގޮތުގައި އޮންނާނެ ކަމަށް ދެކިއްޖެ ނަމަ, އެ ތިބެވެނީ އަވާމެންދުރެއްގައި ކަމަށެވެ.

"...މިއީ 2018 ވަނަ އަހަރެއް ނޫން, އެ ދުވަހު އަޅުގަނޑުމެން އިންތިހާބަށް ނުކުތްއިރު ވާދަވެރި ހުރިހާ ސިޔާސީ ލީޑަރުން ތިބީ ހައްޔަރުކޮށްފައި, ހަމައެކަނި ހުންނެވީ ރައީސް ޔާމީން ގިނިކަންޏާ, މިއަަދު ތިޔަބޭފުޅުންގެ މަސައްކަތުން ރާއްޖޭގެ ވެރިކަން އަނެއްކާވެސް އަމާން ކުރެވިއްޖެ, ސިޔާސީ މަސައްކަތް ހިންގުމުގެ ފުރުސަތު ހޯއްދަވައިފި," ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީއާއެކު ސަރުކާރު ހިންގާ ކޯލިޝަނުގައި ތިބި ކޯލިޝަންގެ ހުރިހާ ލީޑަރުން ވެސް މިހާރު އެ ތިބީ މިނިވަންކޮށް ކަމަށާއި އެ ބޭފުޅުން އެ ގެންދަވަނީ ބުރަކޮށް 2023 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި މަސައްކަތް ކުރަމުން ކަމަށެވެ.

އެކަން ނަޝީދު ފާހަަގަކުރެއްވިއިރު, ޖުމްހޫރީ ޕާޓީގެ ބައެއް މެންބަރުން ވަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ބުނަމުންނެވެ. އެ ޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ ހަރަކާތްތައް ވެސް ހިންގާއިރު, އަދާލަތު ޕާޓީން ވެސް ވަނީ ސިޔާސީ ހަރަކާތްތައް ފުޅާކޮށްފަ އެވެ. ރައީސް މައުމޫންގެ އެމްއާރްއެމް ވެސް އިންތިހާބަށް އަންނަނީ ތައްޔާރުވަމުންނެވެ.

އެއިން އެއްވެސް ޕާޓީއަކުން ރަސްމީކޮށް މިހާތަނަށް އަންނަ އިންތިހާބަށް ރައީސް ސޯލިހް އެންޑޯޒް ކުރައްވާފައެއް ނުވެ އެވެ.

"...އެއީ ވާދަވެރި ސިޔާސީ ހަރަކާތް, އަޅުގަނޑުމެން ވެސް އެދޭ ގޮތް އަދި އަޅުގަނޑުމެން ވެސް މަސައްކަތް ކުރާ ގޮތް," ނަޝީދު ވިދާޅުވި އެވެ.

ކޯލިޝަނާމެދު ޔަގީންކަން ނެތްއިރު ނަޝީދު މިރޭ ވިދާޅުވި ގޮތުގައި, އެމްޑީޕީ އެކުގައި އެކީގަ ތިބެ އިންތިހާބާ ކުރިމަތިނުލައިފިނަމަ, ޕާޓީއަށް ލިބެން އޮތް މިންވަރު ވަރަށް ބޮޑަށް ކުޑަވެގެން ދާނެ އެވެ.

"...އެހެންކަމުން އިއްޒަތްތެރި ރައީސް, ރައީސްގެ އަރިހުން އަޅުގަނޑު އެދެނީ މި ޕާޓީގެ ހުރިހާ މެންބަރުން އެކުގައި ބައިތިއްބައިގެން ކުރިއަށް ވަޑައިގެންނެވުން, އެ މަގުން ނޫން ގޮތަކަށް އަޅުގަނޑުމެންނަށް ހަގީގަތުގައި ކާމިޔާބު ހޯދޭކަށް ނެތް," ނަޝީދު ވިދާޅުވި އެވެ.

"މި ކޮންގްރެސް އިރާދަކުރެއްވިއްޔާ ވެގެން ދާނީ އަދި މާ މާ އުފާވެރި ކޮންގްރެސްއަކަށް, އަޅުގަނޑުމެންގެ މައްސަލަތައް ހައްލު ކުރެވި އަޅުގަނޑުމެން އެދޭ މިސްރާބު މި ކޮންގްރެސްއިން ހާސިލްވާނެ,"

ގާނޫނުއަސާސީ ބަދަކުރަން ހުށަހެޅުމުގެ މަސައްކަތް ކޮންގްރެސްއަށް

ރާއްޖޭގެ ވެރިކަން ކުރާ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް, ރިޔާސީ އިންތިހާބެއްގައި ދެވަނަ ބުރެއްގެ ވޯޓަކަށް ނުގޮސް އިންތިހާބު ކާމިޔާބު ކުރެވޭނެ މަގެއް ކަނޑައަޅެމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީ ކޮންގްރެސްއަށް ނަޝީދު ހުށަހަޅުއްވާފައިވަނީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްގެ ތާއީދާއެކު އެވެ.

ޕާޓީގެ ރައީސް ނަޝީދު ހުށަހެޅުއްވި ގަރާރުގައި ވަނީ ގާނޫނުއަސާސީއަށް ގެންނަން ބޭނުންވާ ބަދަލުތައް ފާހަގަކޮށްފަ އެވެ. އެގޮތުން، ސަރުކާރުގެ އެންމެ އިސްވެރިއަކީ މަޖިލީހުގެ ތެރެއިން އިންތިހާބުކުރާ ބޮޑުވަޒީރު ކަމަށާއި ދައުލަތުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނާނީ ރައްޔިތުންގެ މެދުގައި ނަގާ ރިޔާސީ ވޯޓަކުން ހޮވޭ މީހެއް ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.

އަދި، ބޮޑުވަޒީރާއި ރައީސްގެ ބާރުތައް ކަނޑައެޅުމަށާއި މަޖިލީހުގެ ދާއިރާތައް ތަމްސީލުވާނެ ގޮތްތަކާއި މަޖިލިސް އިންތިހާބުގައި ސިޔާސީ ޕާޓީތަކުން ހޯދާ ވޯޓުގެ ނިސްބަތަށް ބަލައި، ހާއްސަ ކުރެވޭ "ނެޝަނަލިސްޓު ލިސްޓު"ގެ މެންބަރުން ހިމެނޭ އުސޫލު ކަނޑައެޅުމަށް ވެސް ހުށަހަޅައިފަ އެވެ.

މީގެ އިތުރުން ވަޒީރުންގެ މަޖިލިސް ކަނޑައަޅާނީ މަޖިލިސް މެންބަރުންގެ ތެރެއިން ކަމަށާއި ސުޕްރީމް ކޯޓަށް ފަސް ފަނޑިޔާރުން އައްޔަން ކުރުމުގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލެވިފައިވާ ގޮތް ބަދަލުކުރުމުގެ އިސްލާހު ވެސް ގެނައުމަށް ގަރާރުގައި ހިމަނާފައިވެ އެވެ.

ހިޔާލު ތަފާތުވުންތަކަށް ފުރުސަތު އޮންނާނެ

ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ރައީސް ސޯލިހް ވަނީ އިންކާރު ކުރައްވައި, ނަޝީދުގެ ގަރާރު އަނބުރާ ގެންދިޔުމަށް ވެސް އެދިވަޑައިގެންފަ އެވެ. އެހެންނަމަވެސް, ރައީސް މިރޭ ވިދާޅުވީ އެމްޑީޕީގައި އަބަދުވެސް ހިޔާލު ތަފާތުވުންތަކަށް ޖާގަ އޮންނާނެ ކަމަށެވެ.

އެމްޑީޕީގެ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ހިޔާލުތަފާތުވުން އޮއްވައި، އެންމެނަށް ހުރިހާ ކަމެއްގައި އެއްބަސްނުވެވޭނެ ކަމަށެވެ. އެހެންކަމުން އޮތް "ހަމައެކަނި ގޮތަކީ، ހިޔާލު ތަފާތުވުންތަކާ، ތަފާތު ހިޔާލުތަކާއެކުގާ ކުރިޔަށް ދިޔުން" ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"އެމްޑީޕީގާ ހިޔާލު ތަފާތުވުންތަކަށް ޖާގަ އޮންނާނެ. އަދި ތަފާތު ހިޔާލުތަކަށްވެސް ޖާގަ އޮންނާނެ. ބައެއް ކަންތައް ތަކަކީ އެންމެންނަށް އެއްބަސްވެވޭ ކަންތައްތައް. ނެއްބައި ކަންތައްތަކަކީ، އެއްބަސް ނުވެވޭ ކަންތައް ތަކަށް ވެދާނެ. ނަމަވެސް އޮތް ހަމައެކަނި ގޮތަކީ، ހިޔާލު ތަފާތުވުންތަކާ، ތަފާތު ހިޔާލުތަކާއެކުގާ ކުރިޔަށް ދިޔުން. ދިވެހިރާއްޖެއާ ދިވެހީންނަށް އުފާވެރި މާދަމާއެއް ގެނެސްދިނުމަށް އަޅުގަނޑުމެން އެކުވެގެން ދިއްލި، މިދަންމަރުގެ އުޖާލާކަން އެންމެ ހިނދުކޮޅަކަށްވެސް ފަނޑުވެ، ނިވުނަ ދީގެން ނުވާނެ،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox