ތަފާތު ހިޔާލުތަކަށް، ހިޔާލު ތަފާތުވުމަށް އެމްޑީޕީގައި ޖާގަ އޮންނާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ކޮންގްރެސް ފެށުމަށް ބޭއްވި ޖަލްސާގައި ރައީސް, އެމްޑީޕީގެ ރައީސްއާއެކު: ރައީސް ވިދާޅުވީ ހިޔާލު ތަފާތުވުމަށް ޖާގަ އޮންނާނެ ކަމަށް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ކޮންގްރެސް ފެށުމަށް ބޭއްވި ޖަލްސާގައި ރައީސް, އެމްޑީޕީގެ ރައީސްއާއެކު: ރައީސް ވިދާޅުވީ ހިޔާލު ތަފާތުވުމަށް ޖާގަ އޮންނާނެ ކަމަށް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގައި ތަފާތު ހިޔާލަށް އަދި ހިޔާލު ތަފާތުވުމަށް ފުރުސަތު އޮންނާނެ ކަމަށް މިހާރު ކުރިއަށްދާ އެ ޕާޓީގެ ހަތަރު ވަނަ ކޮންގްރެސް ފެށުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ހިޔާލުތަފާތުވުން އޮއްވައި، އެންމެނަށް ހުރިހާ ކަމެއްގައި އެއްބަސްނުވެވޭނެ ކަމަށެވެ. އެހެންކަމުން އޮތް "ހަމައެކަނި ގޮތަކީ، ހިޔާލު ތަފާތުވުންތަކާ، ތަފާތު ހިޔާލުތަކާއެކުގާ ކުރިޔަށް ދިޔުން" ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"އެމްޑީޕީގާ ހިޔާލު ތަފާތުވުންތަކަށް ޖާގަ އޮންނާނެ. އަދި ތަފާތު ހިޔާލުތަކަށްވެސް ޖާގަ އޮންނާނެ. ބައެއް ކަންތައް ތަކަކީ އެންމެންނަށް އެއްބަސްވެވޭ ކަންތައްތައް. ނެއްބައި ކަންތައްތަކަކީ، އެއްބަސް ނުވެވޭ ކަންތައް ތަކަށް ވެދާނެ. ނަމަވެސް އޮތް ހަމައެކަނި ގޮތަކީ، ހިޔާލު ތަފާތުވުންތަކާ، ތަފާތު ހިޔާލުތަކާއެކުގާ ކުރިޔަށް ދިޔުން. ދިވެހިރާއްޖެއާ ދިވެހީންނަށް އުފާވެރި މާދަމާއެއް ގެނެސްދިނުމަށް އަޅުގަނޑުމެން އެކުވެގެން ދިއްލި، މިދަންމަރުގެ އުޖާލާކަން އެންމެ ހިނދުކޮޅަކަށްވެސް ފަނޑުވެ، ނިވުނަ ދީގެން ނުވާނެ،" ރައީސް ވިދާޅުވި އެވެ.

Advertisement

އެމްޑީޕީގެ ކޮންގްރެސް މިރޭ މި ފެށީ ރާއްޖޭގެ ވެރިކަން ހިންގާ ނިޒާމު އެ ޕާޓީގެ ތެރެއިން ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކޮންގްރެސްއަށް ގަރާރެއް ހުށަހަޅުއްވާފައި އޮއްވަ އެވެ. ރައީސް ސޯލިހާއި އެމަނިކުފާނުގެ ކެބިނެޓު މެމްބަރުން އެ ގަރާރެއް ތާއީދު ނުކުރައްވާކަން ވަނީ ކުރިން ހާމަ ކުރައްވައިފަ އެވެ.

އޭގެ އިތުރުން މިރޭ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީއަކީ އެކި ދާއިރާއަށް ނިސްބަތްވާ އާންމު ރައްޔިތުން އުފެއްދި ޕާޓީއެއް ކަމަށާއި އެއީ ޕާޓީގެ ފަހުރެއް ކަމަށެވެ.

"ރެސޯޓެއްގެ ރެސްޓޯރެންޓްގާ ހުންނަ، ވޭޓަރު ދެކެނީ މި ޕާޓީ އުފެއްދުމުގާ އޭނާގެ ދައުރު ނުހަނު ބޮޑުކަމުގަ. ކަސްޓަމްސް ކައިރިން އެތާތިބޭ މަޖޫރީން ދައްކަނީ އެމްޑީޕީ އުފެއްދުމުގާ އެމީހުން ވީ ގުރުބާނީގެ ވާހަކަ. ބާޒާރުމަތިން ވިޔަފާރިވެރިން ވެސް އެމީހުންގެ ވިޔަފާރި ނުރައްކަލަށް ހުށަހަޅާ އަދާކުރި ދައުރުގެ ވާހަކަ ފަހުރުވެރިކަމާއެކު ދައްކާ. މަސްވެރިންނާ ދަނޑުވެރިން. މިއުޒިޝަނުންނާ އާރޓިސްޓުންނާ ނޫސްވެރިން. ޓެކްސީ ޑްރައިވަރުންނާ އޮޑިދޯނި ފަހަރުގެ ފަޅުވެރިންނާ ނެވިން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެއްވެސް ހިފެހެއްޓުމެއް ހުރަހެއް ސުމާރެއް ނެތި އެމީހަކަށް ފެންނަ ގޮތަކަށް، ހިތަށް އެރި ވާހަކައެއް ލިޔެ ބުނެ ފާޅު ކުރުމުގެ މިނިވަންކަން ރާއްޖޭގާ މިހާރު އެބަ އޮތެވެ.

"މިކަމާ އެއްކޮޅު ބޭފުޅުން އަދި ކީއްކުރަންތޯ؟ ދެކޮޅު ހެއްދެވި ބޭފުޅުންވެސް މިހައްގުގެ ބޭނުން ކުރައްވާ މިންވަރުގާ އަމުދުން މިހާރު ހައްދެއް ނެތް," ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ ކޮންގްރެސްގައި 1100 އަށް ވުރެ ގިނަ މެމްބަރުން ބައިވެރިވެ އެވެ. މިރޭ ހަމަ އޮންނަނީި ކޮންގްރެސް ފެށުމުގެ ޖަލްސާ އެވެ. މާދަމާ އޮންނާނީ މަޝްވަރާތަކާއި ބައްދަަލުވުންތަކާއި ބައެއް ޕްރެޒެންޓޭޝަންތަކެވެ. މުހިންމު ކަންކަމަށް ވޯޓަށް އެހުން އޮންނާނީ އަންނަ އާދީއްތަ ދުވަހެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox