ސަސް އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެ ވެލެންސިއާ އެފްއޭ ކަޕްގެ ފައިނަލަށް

Aug 18, 2022, 8:30 PM
ސަސްގެ އައިހަމް (ކ) ކައިރިން ވެލެންސިއާގެ ޔާނު ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ/ ނައުޝަމް ވަހީދު

ސަސްގެ އައިހަމް (ކ) ކައިރިން ވެލެންސިއާގެ ޔާނު ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ/ ނައުޝަމް ވަހީދު

އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ސެމީ ފައިނަލުގައި މިރޭ ޕެނަލްޓީ ޖަހައިގެން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން 5-4 އިން މޮޅުވެ، ކްލަބް ވެލެންސިއާ އިން އެފްއޭ ކަޕްގެ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

އަންނަ އާދިއްތަ ދުވަހުގެރޭ ވެލެންސިއާ އިން އެފްއޭ ކަޕްގެ ފައިނަލުގައި ކުޅޭނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ އެވެ. މާޒިޔާ އިން ފައިނަލަށް ދަތުރުކުރީ މިއަދު ހަވީރު ފުރަތަމަ ސެމީގައި ކްލަބް ގްރީން ސްޓްރީޓްސް 3-1 އިން ބަލިކޮށްގެންނެވެ. އާދިއްތަ ދުވަހު ހަވީރު ތިން ވަނަ ހޮވާ މެޗުގައި ސަސް އިން ގްރީން ސްޓްރީޓްސްއާ ބައްދަލުކުރާނެ އެވެ.

މި އަހަރުގެ ޖެނުއަރީ މަހުގައި ކުޅުނު ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި މާޒިޔާ އަތުން ވެލެންސިއާ ވަނީ 2-1 އިން މޮޅުވެފަ އެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު ސެމީ ފައިނަލްގެ ދެ ވަނަ މެޗުގައި ވެލެންސިއާ އިން ލީޑުނެގީ މެޗުގެ 57 ވަނަ މިނިޓްގައި އަބްދުﷲ ހަނީފް (ބެންޖޯ) ޖެހި ގޯލުންނެވެ. މި ސީޒަން ފެށިއިރު، ސަސްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ބެންޖޯ، ވެލެންސިއާ އަށް މި ގޯލު ޖަހައިދިނީ އަރިމަތިން އެ ޓީމުގެ އަބްދުﷲ ޔާމީން (ޔާނު) ނަަގައިދިން ހުރަހަކުން ބޮލުންނެވެ. އެ ބޯޅަ ޖަހަން ވެލެންސިއާގެ އިސްމާއިލް އީސަ (މެސީ) ވެސް އެރިއިރު، ބޯޅަ ގޯލަށް ވަނީ ބެންޖޯ ބޮލުގައި ޖެހިފަ އެވެ.

ވެލެންސިއާ މޮޅުވާނެ ކަމަށް ބަލަހައްޓައިގެން ތިއްބައި ސަސް އިން އެއްްވަރުކުރީ މެޗުގެ އިތުރު ވަގުތުގަ އެވެ. އިތުރު ވަގުތުގެ ދެ ވަނަ މިނިޓްގައި ސަސްގެ ގޯލު ޖެހީ، ކުރިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ކުޅުނު ފޯވާޑް، އަހުމަދު ހުސާމް އެވެ. އޭރިއާތެރެއިން ވެލެންސިއާގެ ޑިފެންޑަރުން ކައިރިން ދެމިގަތުމަށް ފަހު ހުސާމް ބޯޅަ ގޯލަށް ވައްދާލީ ގޯލުގެ ހަނި އޭންގަލުންނެވެ. ވެލެންސިއާ ގޯލުގައި ހުރި އާދަމް އިމްއާން ފައިގައި ޖެހިފައި ބޯޅަ ވަނީ ގޯލަށެވެ.

މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފް ނިމުނުއިރު، މެޗު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ.

ސަސްގެ ފުރަތަމަ ޕެނަލްޓީ ހުސާމް ފޮނުވާލިއިރު ކީޕަރު އިމްއާން ވަނީ މަތަކޮށްފަ އެވެ. ވެލެންސިއާގެ ފުރަތަމަ ޕެނަލްޓީ ވައްދާލީ ޔާނު އެވެ. ސަސްގެ ދެ ވަނަ ޕެނަލްޓީ އަހުމަދު އައިހަމް ކާމިޔާބުކުރިއިރު، ވެެލެންސިއާގެ ދެ ވަނަ ޕެނަލްޓީ ބެންޖޯ ފޮނުވާލުމުން ސަސްގެ ކީޕަރު ޔޫސުފް މައިސަމް އަބްދުﷲ ވަނީ މަތަކޮށްފަ އެވެ. ސަސްގެ ތިން ވަނަ ޕެނަލްޓީ މުހައްމަދު އަލާއު ކާމިޔާބުކުރިއިރު، ވެލެންސިއާގެ ތިން ވަނަ ޕެނަލްޓީ އައްސަދު އަލީ (އަޑޭ) ވަނީ ގޯލަށް ފޮނުވާލައިފަ އެވެ.

ސަސްގެ ހަތަރު ވަނަ ޕެނަލްޓީ އަލީ ނަސޫހު ރަޝީދު (ޕިލާ) ކާމިޔާބުކުރިއިރު، ވެލެންސިއާގެ ހަތަރު ވަނަ ޕެނަލްޓީ މިސްރުގެ މިޑްފީލްޑަރު ހަލީލް ޖަމާލް ވަނީ ގޯލަށް ވައްދާލައިފަ އެވެ. ސަސްގެ ފަސް ވަނަ ޕެނަލްޓީ އައިހަމް އަހުމަދު ވައްދާލިއިރު، ވެލެންސިއާގެ ފަސް ވަނަ ޕެނަލްޓީ އީސަ ވަނީ ގޯލަށް ފޮނުވާލައިފަ އެވެ. ސަސްގެ ހަ ވަނަ ޕެނަލްޓީ މުހައްމަދު ނިޒާމް (ޕީކޭ) ފޮނުވާލިިއިރު، ކީޕަރު އިމްއާން ވަނީ އެ ބޯޅަ ހުއްޓުވައިފަ އެވެ.

ވެލެންސިއާ މޮޅުކޮށްދޭން ހަސަން ސުފިއާން (ސޫފީ) ޖެހި ޕެނަލްޓީ ބޭރުވީ ދަނޑީގައި ޖެހިފަ އެވެ. ސަސްގެ ހަތް ވަނަ ޕެނަލްޓީ އިބްރާހިމް ފާރިޝް އަހުމަދު ފޮނުވާލުމުން ދިޔައީ ބޭރުންނެވެ. ވެލެންސިއާ އަށް މި ފަހަރު މޮޅުވާން ލިބުނު ޕެނަލްޓީ އަލީ ސަމްދޫހު (އައްޔަ) ފޮނުވާލީ ހުރަސްދަނޑިމަތިންނެވެ. ސަސް އިން އަށް ވަނަ ޕެނަލްޓީ ޖަހަން ދިޔަ މުހައްމަދު ސާމިރު ބޭރަށް ޕެނަލްޓީ ޖެހުމުން، ތިން ވަނަ ފަހަރަށް މޮޅުވާން ލިބުނު ފުރުސަތުގެ ބޭނުންހިފައި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ވަނީ ގޯލަށް ބޯޅަ ވައްދާލައި، ވެލެންސިއާ އަށް ފައިނަލުގެ ޖާގަ ހޯދައިދީފަ އެވެ.

މުބާރާތުގައި މި ފަހަރު ވާދަކުރާ ޓީމުތަކުގެ ތެރެއިން އެންމެ ފަހުން ޗެމްޕިއަންކަން ހޯދީ ވެލެންސިއާ އެވެ. ވެލެންސިއާ އިން ވަނީ 2016 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށްގެން އެ ފަހަރުގެ އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

އެންމެ ފަހުން އެފްއޭ ކަޕް ކުޅުނީ 2017 ވަނަ އަހަރު އެވެ. އެ ފަހަރު ފައިނަލުގައި ތަށި އުފުލާލީ ނިއު ރޭޑިއަންޓެވެ. އޭގެ ފަހުން މިދިޔަ އަހަރުތަކުގައި އެކި ސަބަބުތަކާ ހުރެ އެފްއޭ ކަޕް ނުބާއްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox