ގްރީން ސްޓްރީޓްސް ކަޓުވާލައި މާޒިޔާ އެފްއޭ ކަޕް ފައިނަލަށް

Aug 18, 2022, 2:04 PM
ގްރީން ސްޓްރީޓްސް ކޮޅަށް ގޯލު ޖެހުމަށް ފަހު މާޒިޔާ އިން އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ/ ނައުޝަމް ވަހީދު

ގްރީން ސްޓްރީޓްސް ކޮޅަށް ގޯލު ޖެހުމަށް ފަހު މާޒިޔާ އިން އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ/ ނައުޝަމް ވަހީދު

އެފްއޭ ކަޕްގެ ފުރަތަމަ ސެމީ ފައިނަލުގައި އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން 3-1 އިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މި ފަހަރުގެ އެފްއޭ ކަޕް ފައިނަލުގެ ފުރަތަމަ ޖާގަ މިއަދު ހޯދައިފި އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، މާޒިޔާ އާއި ގްރީން ސްޓްރީޓްސް އޮތީ 1-1 އިން އެއްވަރުވެފަ އެވެ. އިތުރު ވަގުތުގެ ދެ ހާފް ގްރީން ސްޓްރީޓްސް އިން ކުޅެން ޖެހުނީ އެ ޓީމުގެ ކެޕްޓަން، ރިލްވާން ވަހީދު (ރިލޭ) ނުލަ އެވެ. ރިލޭ އަށް ވަނީ މެޗުގެ 87 ވަނަ މިނިޓްގައި ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗުގައި މާޒިޔާ އިން ލީޑުނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އަކުރަމް އަބްދުލް ގަނީ (އަކޫ) ޖެހި ގޯލުންނެވެ. ކުއާޓާ ފައިނަލުގައި އަކޫ ވަނީ ޔުނައިޓެޑް ވިކްޓަރީ ކޮޅަށް ވެސް ގޯލު ޖަހައިފަ އެވެ.

އަކޫ މިއަދު ގްރީން ސްޓްރީޓްސް ކޮޅަށް ގޯލު ޖެހީ މާޒިޔާގެ ކެޕްޓަން، އަސަދުުﷲ އަބްދުﷲ (އަސަކޮ) އޭރިއާތެރެއިން ދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު އަކޫ ޖެހި ބޯޅަ ގޯލަށް ވަނީ ގްރީން ސްޓްރީޓްސްގެ ކީޕަރު ޕާކިސްތާންގެ ހަނީފް ސާގިބް އަތުގައި ޖެހިފަ އެވެ.

ގްރީން ސްޓްރީޓްސް ކޮޅަށް މާޒިޔާގެ އަކުރަމް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ/ ނައުޝަމް ވަހީދު

ބިދޭސީ ކުޅުންތެރިން ދޫކޮށްލުމަށް ފަހު މާޒިޔާ އިން މުޅިން އެއްކޮށް ދިވެހި ކުޅުންތެރިންނާ އެކު އެފްއޭ ކަޕްގައި ކުޅެމުން އަންނައިރު، އެ ޓީމުގެ ކޯޗެއްގެ ޒިންމާ އަދާކުރަނީ ވެސް އެސިސްޓަންޓް ކޯޗު އަހުމަދު ސުޒޭރު (ކޮއްކޮ) އެެވެ.

ގްރީން ސްޓްރީޓްސް އިން ނަތީޖާ ހަމަހަމަކުރީ މެޗުގެ 66 ވަނަ މިނިޓްގަ އެވެ. މި ގޯލު ޖެހީ ހިލޭ ޖެހުމަކުން ރިލޭ އެވެ. އޭރިއާބޭރުން ލިބުނު ހިލޭ ޖެހުމަކުން ރިލޭ ޖެހި ބޯޅަ ގޯލަށް ވަނީ މާޒިޔާ ގޯލު ބެލެހެއްޓި އިޔާން އަބްދުލް އަލީމް (ޗިކީ) އަތުގައި ޖެހިފަ އެވެ.

މެޗުގައި ގްރީން ސްޓްރީޓްސް އަށް މައްސަލަ ދިމާވީ މެޗުގެ 87 ވަަނަ މިނިޓްގައި މާޒިޔާގެ ހުސެއިން ނިހާން (ނިހާޓް) އަށް ކުރި ފައުލަކަށް ދެ ވަނަ ރީނދޫ ކާޑާ އެކު ގްރީން ސްޓްރީޓްސްގެ ރިލޭ އަށް ރަތް ކާޑެއް ދެއްކުމުންނެވެ. ގްރީން ސްޓްރީޓްސް އިން ކުޅުންތެރިއަކު މަދުކޮށް ވެސް ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ނަތީޖާ އަށް އިތުރު ބަދަލެއް އަޔަ ނުދީ އިތުރު ވަގުތާ ހަމައަށް ގެންގޮސްފަ އެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފު ފެށިގެން އަށް ވަަނަ މިނިޓްގައި ހަމްޒާ މުހައްމަދު (ހަމްޕު) ވަނީ މާޒިޔާގެ ދެ ވަނަ ގޯލު ޖަހައިދީފަ އެވެ. މިއީ ގްރީން ސްޓްރީޓްސްގެ ޑިފެންޑަރަކު ފައިގައި ޖެހިފައި އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ގޯލުގެ ކައިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ހަމްޕު ޖެހި ގޯލެކެވެ.

އޭގެ އިރުކޮޅެއް ފަހުން ހަމްޒާ ދިން ބޯޅައަކުން އޭރިއާތެރެއިން މުޅިން ހުސްކޮށް އަރައި، މާޒިޔާގެ ހައިޝަމް ހަސަން (ބިޑި) ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

ގްރީން ސްޓްރީޓްސްގެ ފަރުހާން (ވ) އާއި ސާއިފް ކައިރިން މާޒިޔާގެ ހަމްޕު ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ/ ނައުޝަމް ވަހީދު

މާޒިޔާ އިން ތިން ވަނަ ގޯލު ޖެހީ އިތުރު ވަގުތުގެ ދެ ވަނަ ހާފުގަ އެވެ. މިއީ ބަދަލަަކަށް ކުޅެން އެރި މޫސާ ޔާމީން (ޔާމްބެ) ޖެހި ގޯލެކެވެ. ނިހާޓްގެ ބަދަލުގައި ކުޅެން އެރި ޔާމްބެ މި ގޯލު ޖެހީ އަސަދުﷲ ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. އެ ބޯޅަ ގޯލަށް ވަނީ ކީޕަރު ހަނީފް އަތުގައި ޖެހިފަ އެވެ.

މާޒިޔާ އިން ވަނީ 2012 އާއި 2014 ވަނަ އަހަރު އެފްއޭ ކަޕް ޗެމްޕިއަންކަން ހޯދައިފަ އެވެ. މިއީ 2014 ގެ ފަހުން މާޒިޔާ ކުޅޭ ފުރަތަމަ އެފްއޭ ކަޕް ފައިނަލެވެ. އެންމެ ފަހުން އެފްއޭ ކަޕް ފައިނަލެއް ކުޅުނީ 2017 ވަނަ އަހަރު އެވެ. މި ފަހަރުގެ ފައިނަލުގައި އަންނަ އާދިއްތަ ދުވަހު މާޒިޔާއާ ކުޅޭ ޓީމެއް އެނގޭނީ މިރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ކްލަބް ވެލެންސިއާ ކުޅޭ ދެ ވަނަ ސެމީ ފައިނަލަށް ފަހު އެވެ. ވެލެންސިއާ ވަނީ މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި މާޒިޔާ ބަލިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox