ޒިޔަތުގެ އެއްބަސްވުން އުވާލުމުގެ ނަތީޖާ ސާފުނުވެ، ސުވާލުތަކެއް

އަދީބާއި ޒިޔަތު --

އަދީބާއި ޒިޔަތު --

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އެއްބަސްވެ، ދައުލަތާ އެކު ހެދި އިއުތިރާފް އެއްބަސްވުން ބާތިލުކޮށްފައި އޮންނަތާ އަހަރެއްހާ ދުވަސްވީ އެވެ. އެކަމަކު އެ ކަން ފެންމަތިވީ މިދިޔަ އާދިއްތަ ދުވަހު އެވެ.

ކުށަކަށް މީހަކު ޝަރީއަތުގައި އެއްބަަސްވާނަމަ, އޭނާއަށް އަދަބު ލުއި ވެގެންދެ އެވެ. ގާނޫނުލްއުގޫބާތުގައި، އެ ކުށަކަށް ކަނޑައަޅާފައި އޮންނަ އަސާސީ އަދަބު ދަރަޖައަކަށް ލުއި ވެގެން އާދެ އެވެ. ދައުލަތާ އެކު ކުށުގެ އިއުތިރާފު އެގްރިމެންޓްއެއް ނުވަތަ ޕްރީބާގެއިނިން އެގްރިމެންޓް ވެސް އެކުލަވާލުމުގައި އިތުރު ބޭނުންތަކެއް ވެސް ބައެއް ހާލަތްތަކުގައި އޮވެ އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްރަށާއި ފަޅުތަކާއި ގިރިތައް ވިއްކައިގެން ދައުލަތަށް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވި މި މައްސަލާގައި ޒިޔަތާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއާއެކު ވެސް ދައުލަތުން އިއުތިރާފު އެއްބަސްވުމެއް އެކުލަވާލީ، މި ހިޔާނާތުގެ އިތުރު ބައިވެރިން ހޯދައި ތަހުގީގު ފުރިހަމަ ވެސް ކުރުމަށެވެ.

ނަމަވެސް އަހަރެއްހާ ދުވަސް ކުރިން ޒިޔަތާއެކު އޮތް އެއްބަސްވުން ދައުލަތުން ބާތިލްކުރީ ޒިޔަތުގެ ފަރާތުން ތަހުގީގަށް އެއްބާރުލުން ނުދޭތީ ކަމަށް ބުނެ އެވެ. ތަހުގީގުން އެނގިފައި ހުރި ބައެއް ކަންކަން ވެސް، ރަނގަޅަށް ކިޔައިދޭން ބޭނުން ނުވުމުގެ އިތުރުން އޭނާ އަތުގައި ހުރި ކަމަށް ތުހުމަތު ކުރެވޭ ފައިސާ ދޭން އެއްބަސް ނުވާތީ ކަމަށް ބުނެ އެވެ.

އެހެންވެއްޖެނަމަ ޒިޔަތާ މެދު ދެން އަމަލު ކުރާނެ ގޮތެއް ސާފުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއުއަށް ގުޅުމުން، ވިދާޅުވީ އެ މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން މި ވަގުތު ދެވޭނެ ކޮމެންޓެއް ނެތް ކަމަށެވެ. އަޅަންވާ ފިޔަވަޅެއް އޮތް ނަމަ، އެ ކަމެއް އެ އޮފީހުން އިސްވެ މައުލޫމާތު ހާމަ ކުރާނެ ކަމަށެވެ.

ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު ވިދާޅުވި ގޮތުގައި، ތަހުގީގަށް އެއްބާރުލުން ދިނުމާއި އަދިވެސް އިތުރު ޝަރުތުތަކެއް ކުރުމަށް ފަހު ދައުލަތާއެކު ވެފައިވާ އެއްބަސްވުމަށް އަމަލު ނުކުރާނަމަ އޭނައަށް އޭގެ ދަށުން ލިބިފައިވާ ލުއިތައް ނަފީވެގެން ދާން ޖެހޭނެ ކަމަށެވެ.

"...ނޫނީ ދައުލަތަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް އެއީ، މި ހިޔާނާތުގެ މައްސަލައަކީ އާންމު މަސްލަހަތު ބޮޑު މައްސަލައެއް، އެއްބާރުލުން ނުދޭނަމަ އޭނަގެ މައްޗަށް ދައުވާތައްކޮށް އަދަބުން ހޯދި ލުއި ނަފީ ވެގެން ދާން ޖެހޭނެ، ނޫނީ ވަރަށް ގޯސް މެސެޖެއް މި ދެވެނީ،" ނިހާޔަތު ވިދާޅުވި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި މަސައްކަތް ކުރައްވާފައިވާ ގާނޫނީ ވަކީލަކު ވެސް ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ އަދަބު ލުއިކުރުމަށް ވުރެ މި އެއްބަސްވުންތަކުގެ ބޭނުމެއްގެ ގޮތުގައި ފެންނަނީ ތަހުގީގުތައް އަވަސް ކުރުން ކަމަށެވެ. ނަމަވެސް, އެ ވިސްނުމުގައި މަސައްކަތް ކޮށްފައި އޮތް ނަމަ، އެއްބަސްވުންތަކުގެ ބޭނުން ކެނޑިގެންދާ ކޮންމެ ދަނޑިވަޅެއްގައި މުޅި ތަހުގީގު ހުއްޓުމަކަށް އަންނާނެ ކަމަށެވެ.

"ޕަބްލިކް އިންޓެރެސްޓް ތިވަރު ބޮޑު ކޭސްއެއްގައި ތިވަރު ކަމެއް ހިނގައިދިޔައިމަ ރަސްމީކޮށް ކަންކަން ހާމަވެސް ކުރަން ވާނެ، އިންސްޓިޓިއުޝަންތައް ހަނު ހުންނަނީ، މިއީ ފެއިލާއެއް، ތުހުމަތުވާ އިސް މީހަކަށް ބަރޯސާނުވެ، އޭގެ ބޭރުން މަސައްކަތްތަކެއް ކުރެވެން އެބަ ޖެހޭ،" ޕީޖީ އޮފީހުގައި އިސް މަގާމުތަކެއް ވެސް ފުރުއްވާފައިވާ އެ ވަކީލު ވިދާޅުވި އެވެ.

ޒިޔަތުގެ އެއްބަސްވުން ބާތިލްކުރުމާ ގުޅޭ ގޮތުން ދެން އަންނާނެ ނަތީޖާއެއް ސާފުކޮށްދޭން އެބަ ޖެެހެ އެވެ. ދިވެހި ރައްޔިތުންގެ ފައިސާއިން ކޮށްފައިވާ ބޮޑު ވައްކަމުގެ މައްސަލައެއްގައި ދައުލަތުން އެކުލަވާލި އެއްބަސްވުމަށް ވެގެން ދިޔަ ގޮތާއި، ދެން އަމަލުކުރާނެ ގޮތެއް ސާފުނުވެ ސުވާލުތައް ދަނީ އުފެދެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox