އެފްއޭ ކަޕް: ޕެނަލްޓީގައި އީގަލްސް ބަލިކޮށް ސަސް ސެމީ އަށް

Aug 15, 2022, 3:51 PM
ސަސްގެ ޕީކޭ (ކ) އީގަލްސްގެ ބްރޫނޯ ކައިރިން ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ސަސްގެ ޕީކޭ (ކ) އީގަލްސްގެ ބްރޫނޯ ކައިރިން ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި މިއަދު ހަވީރު ޕެނަލްޓީ ޖަހައިގެން ކްލަބް އީގަލްސް އަތުން 7-6 އިން މޮޅުވެ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ފުރަތަމަ ފަހަރަށް މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ސަސް އިން ވަނީ މި ފަހަރުގެ އެފްއޭ ކަޕްގައި ކުޅުނު ފުރަތަމަ މެޗުން ބިސް ބުރު ސްޕޯޓްސް ކްލަބް އަތުން 10-0 އިން މޮޅުވެފަ އެވެ. އަންނަ ބުރާސްފަތި ދުވަހުގެރޭ ކުޅޭ ސެމީ ފައިނަލުގައި ސަސް ކުޅޭނީ 2016 ވަނަ އަހަރުގެ ޗެމްޕިއަން ކްލަބް ވެލެންސިއާއާ އެވެ. އެ ދުވަހު ހަވީރު ފުރަތަމަ ސެމީގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ނުކުންނާނީ ކްލަބް ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ލީޑުނެގީ ސަސް އިންނެވެ. މެޗުގެ 18 ވަނަ މިނިޓްގައި ސަސްގެ ގޯލު ޖެހީ އިބްރާހިމް އަތީގް ހަސަން (އިއްބެ) އެވެ. މެޗުގެ 31 ވަނަ މިނިޓްގައި އީގަލްސްގެ ބްރެޒިލް ފޯވާޑް، ބްރޫނޯ ވިނީޝިއުސް ވަނީ އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ.

ދެ ވަނަ ހާފްގައި ކުޅުން ފަށައިގެން މެޗުގެ 68 ވަަނަ މިނިޓްގައި ސަސްގެ މުހައްމަދު ސާމިރު އެ ޓީމަށް ލީޑުނަގައިދިނެވެ. އީގަލްސް އަށް ދެ ވަނަ ފަހަރަށް އެއްވަރުކޮށްދިނީ މެޗުގެ 82 ވަނަ މިނިޓްގައި އަބްދުﷲ ޒިޔާން (ޖަންކީ) އެވެ. އަހުމަދު ރިޒުވާން (ރިޒޭ)ގެ ބަދަލުގައި ކުޅެން އެރިތާ ހަތް މިނިޓް ތެރޭ ޒިޔާން ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، ކޮންމެ ޓީމެއް ވަނީ 10 ޕެނަލްޓީ ފޮނުވާލައިފަ އެެވެ. އީގަލްސް އިން ހަ ޕެނަލްޓީ ކާމިޔާބުކުރިއިރު، ސަސް އިން ވަނީ ހަތް ޕެނަލްޓީ ވައްދާލައިފަ އެވެ. ޕެނަލްޓީގައި ސަސްގެ ތަފާތަކީ ޒުވާން ކީޕަރު، ޔޫސުފް މީސަމް އަބްދުﷲ އެވެ. އޭނާ ވަނީ އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ)، މުހައްމަދު ނާއިމް، ހިސާމް ސަލީމް (ކޮކީ) އަދި ސޮލާހު އަލީ (ސޮލާ) ޖެހި ޕެނަލްޓީތައް ހުއްޓުވައިފަ އެވެ.

ސަސް އިން ޕެނަލްޓީތައް ނާކާމިޔާބުވީ އައިހަމް އަހުމަދު، މުހައްމަދު ސަހާއު (ބޭލް) އަދި ސާމިރުގެ އެވެ.

އީގަލްސް އިން ޕެނަލްޓީ ކާމިޔާބުކުރީ ބްރޫނޯ، ހުސެއިން ސިފާއު ޔޫސުފް (ކުރޯ)، އަބްދުﷲ ސަމީހު މޫސާ (ސަމިއްޓެ)، ޝައިފުﷲ އިބްރާހިމް، ޒިޔާން އަދި ހުމެއިދު ހުސެއިން އެވެ. ސަސް އިން ޕެނަލްޓީތައް ކާމިޔާބުކުރީ އަހުމަދު ހުސާމް، އައިހަމް އަހުމަދު، އަލީ ނަސޫހު ރަޝީދު (ޕިލާ)، އަހުނަފް ރަޝީދު (އަހުއްކޮ)، މުހައްމަދު އަލާއު، މުހައްމަދު ނިޒާމް (ޕީކޭ) އަދި އަހުމަދު ހަމީދު (އައްމަޑޭ) އެވެ.

މިއީ ސަސް އިން މި ފަހަރު އީގަލްސް ބަލިކުރި ދެ ވަނަ ފަހަރެވެ. ޕްރެޒިޑެންޓްސް ކަޕްގައި ސަސް އިން ވަނީ 2-0 އިން އީގަލްސް ބަލިކޮށްފަ އެވެ. އެކަމަކު، ލީގުގެ ތިން މެޗުގައި ވެސް އީގަލްސް އިން ވަނީ ސަސްގެ މައްޗަށް 2-1 އިން ކުރިހޯދައިފަ އެވެ.

ސަސް އަތުން އެފްއޭ ކަޕްގައި ބަލިވުމާ އެކު އީގަލްސް އަށް ވަނީ މި ފަހަރުގެ ސީޒަން ނިމިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox