އޮސްޓްރޭލިއާގެ ކުރީގެ ބޮޑު ވަޒީރު ސިއްރުން މިނިސްޓްރީތަކެއް ހިންގި މައްސަލައެއް

އޮސްޓްރޭލިއާގެ ކުރީގެ ބޮޑު ވަޒީރު ސްކޮޓް މޮރިސަން.

އޮސްޓްރޭލިއާގެ ކުރީގެ ބޮޑު ވަޒީރު ސްކޮޓް މޮރިސަން.

އޮސްޓްރޭލިއާގެ ކުރީގެ ބޮޑު ވަޒީރު ސްކޮޓް މޮރިސަން ސިއްރުން ތިން މިނިސްޓްރީއެއް ހިންގުމުގައި އިސްކޮށް އުޅުއްވި މައްސަލައެއް ބަލަން ފަށާފައިވާ ކަމަށް އާ ބޮޑު ވަޒީރު އެންތަނީ އަލްބަނީޒް ވިދާޅުވެއްޖެ އެވެ.

އޮސްޓްރޭލިއާގެ ނޫސްތަކުން ބުނީ މިދިޔަ މޭ މަހު މޮރިސަންގެ ސަރުކާރު ނިމުމަކަށް އައުމުގެ ކުރިން ދެ އަހަރު ދުވަހުގެ މުއްދަތަށް ހެލްތު، ފިނޭންސް އަދި ރިސޯސަސް މިނިސްޓްރީ ހިންގެވީ މޮރިސަން ކަމަަށެވެ.

އަލްބަނީޒް ވިދާޅުވީ އެކަމުގައި ގާނޫނީ ލަފާ ހޯއްދަވާނެ ކަމަށާއި އެއީ ބަލައިގަނެވޭނެ ނިންމުމެއް ނޫން ކަމަށެވެ. މޮރިސަން ވަނީ އެކަަމާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވާން ދެކޮޅު ހައްދަވާފަ އެވެ.

Advertisement

އޮސްޓްރޭލިއާގައި ރާނީގެ ފަރާތުން ހުންނަ ގަވަރުނަރު ޖެނެރަލް ޑޭވިޑް ހާލީ ހޯމަ ދުވަހު ވިދާޅުވީ މޮރިސަން ސިއްރުން ތިން މިނިސްޓްރީ ހިންގެވުމަށް ހުއްދަ ދިނީ ގާނޫނު އަސާސީއާ ހިލާފަށް ނޫން ކަމަށެވެ.

އެހެން ނަމަަވެސް އަލްބަނީޒް އާއި ގާނޫނީ ތަޖުރިބާކާރުން އަދި ކުރީ ސަރުކާރުގެ އިސްވެރިން ވެސް އަންނަނީ އެކަަން ސިއްރުކޮށްފައި އޮތުމުން ފާޑުކިޔަމުންނެވެ.

އޮސްޓްރޭލިއާގެ ނޫސްތަކުން ބުނީ ކުރީގެ ހެލްތު މިނިސްޓަރު ގްރެގް ހަންޓްއަށް ކޮވިޑް ޖެހި، މަސައްކަތް ނުކުރެއްވޭ ނަމަ، ބޮޑު ވަޒީރަށް ޒިންމާތައް އެރުވުމަށް ނިންމީ 2020 ގައި ކަމަށެވެ.

އެހެން ނަމަވެސް ކުރީގެ ފިނޭންސް މިނިސްޓަރު މެތަޔަސް ކޯމަންއަށް އެ މިނިސްޓްރީ ހިންގެވުމުގައި އޭރުގެ ބޮޑު ވަޒީރު މޮރިސަން އުޅުއްވިކަން އެނގިވަޑައިގެންނެވީ މިދިޔަ ހަފްތާގައި ނޫސްތަކުން އެކަަން ރިޕޯޓު ކުރުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox