ދެ ވަަނަ ޑިވިޝަން: ނިއު ރޭޑިއަންޓް ކަޓުވާލައި ބުރު ފައިނަލަށް

Aug 14, 2022, 1:44 PM
މެޗުން މޮޅުވުމުން ބުރު ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

މެޗުން މޮޅުވުމުން ބުރު ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

އެފްއޭއެމް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ޕެނަލްޓީ ޖަހައިގެން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ކަޓުވާލައި، ބުރު ސްޕޯޓްސް ކްލަބް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މިއަދުގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު 1-1 އިން އެއްވަރުވުމުން ނަތީޖާ ނެރެން ޕެނަލްޓީ ޖަހައިގެން ބުރު މޮޅުވީ 4-3 އިންނެވެ.

މެޗަކުން ބަލިނުވެ، ފައިނަލުން ޖާގަ ހޯދި ބުރަށް ވަނީ އަންނަ އަހަރު ދިވެހި ޕްރިމިއާ ލީގުން ޖާގަ ހޯދަން ކުޅެން ޖެހޭ ކޮލިފިކޭޝަން ބުރުން ވެސް ފުރުސަތު ލިބިފަ އެވެ. ކޮލިފިކޭޝަން ބުރުން ފުރުސަތު ލިބޭނީ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަނާއި ރަނަރަޕް އަދި ޕްރިމިއާ ލީގުގެ މި ސީޒަނުގެ ފުލަށް ދިޔަ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.

ގަލޮޅު ދަނޑުގައި މިއަދު ދެ ޓީމުގެ ވެސް ގިނަ ސަޕޯޓަރުންތަކެއްގެ ކުރިމަތީގައި ކުޅުނު މެޗުގައި ލީޑުނެގީ ބުރުންނެވެ. މެޗުގެ ހަތް ވަނަ މިނިޓްގައި ބުރަށް ލީޑުނަގައިދިނީ އެ ޓީމުގެ ސާބިއާ ފޯވާޑް ސްޓެފަން ޑުރިޗް އެވެ. އޭރިއާބޭރުން ބުރުގެ ކެޕްޓަން އަހުމަދު ރަޝީދު (އައްމަޑޭ) ހުސްކޮށްލާފައި އޭރިއާތެރެއަށް ދިން ބޯޅަ ސްޓެފަން ވަނީ ހަމަޖެހިލާފައި ގޯލުގެ ދުުރު ކަނަށް އަމާޒުކޮށްލައިފަ އެވެ.

ބުރުގެ ސްޓެފަން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ނިއު އިން މަޑުމަޑުން މެޗުގެ ތެރެއަށް އައިސް ގޯލެއް ޖެހޭތޯ މަސައްކަތް ކުރިއިރު، އެ ޓީމުގެ ކެޕްޓަން މުހައްމަދު ރިފާއު (އަސްކާ) ވަނީ ރަނގަޅު ހަމަލާއެއް ފޮނުވާލައިފަ އެވެ. ހިލޭޖެހުމަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅަ އަސްކާ ބޮލުން ފޮނުވާލިއިރު، ގޯލު ރޮނގުމަތިން ކަހަލަ ގޮތަކަށް ބުރުގެ ކީޕަރު މުހައްމަދު ޖަޒްލާން (ބަބޭ) ވަނީ މަތަކޮށްފަ އެވެ.

ނަތީޖާ ހަމަހަަމަކުރަން ނިއު އިން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 33 ވަނަ މިނިޓްގަ އެވެ. އެ ޓީމުގެ ގޯލު ޖެހީ ގާނާގެ ފޯވާޑް ކޯފީ އޮވޫސޫ އެވެ. ބުރުގެ ޑިފެންސް ފަހަތަށް އައި ބޯޅައެއް ހޯދައި، އޭރިއާތެރެއިން ކޯފީ ޖެހި ޝޮޓް ގޯލުގެ މަތީ ދާގަނޑަށް އަމާޒުވީ ހަނި އޭންގަލުންނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ބުރަށް އަލުން ލީޑުނަގަން ރަނގަޅު ފުރުސަތެއް ލިބުނެވެ. އެ ގޮތުން ބުރުގެ ބްރެޒިލް ޑިފެންޑަރު، ބްރޫނޯ ޖެހި ޝޮޓް ދިޔައީ ނިއުގެ ގޯލު ކުރިމަތިން ހުރަސްވެގެންނެވެ.

ދެ ވަނަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ފައުލު ގިނަ ކުޅުމެއް ފެނިގެންދިޔައިރު، ދެ ޓީމަށް ވެސް ގޯލާ އަމާޒުކޮށް މާ ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައިނުވެ އެވެ.

މެޗުގެ ރެފްރީ މުހައްމަދު ޖާވިޒް ވަނީ މެޗު ކޮމިޝަނަރު އިބްރާހިމް ހަލީމް (ޖަޑާ)ގެ ހާޒިރުގައި ދެ ޓީމުގެ ބެންޗަށް ނަސޭހަތްތެރިވެފަ އެވެ. މެޗުގެ ސެކިއުރިޓީ ވަރުގަދަކޮށް، ފެނުނުއިރު، ދަނޑުގެ ދެ ފަރާތުގައި ވެސް ސަޕޯޓަރުން ކައިރީގައި ފުލުހުން ތިބި އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުން ކުރެ އެއް ޓީމަކަށް ވެސް އިތުރު ލަނޑެއް ޖެހޭގޮތް ނުވުމުން ނަތީޖާ ނެރެން ވަނީ ޕެނަލްޓީ ޖަހައިފަ އެވެ.

ގޯލު ޖެހުމުން ނިއު ސަޕޯޓަރުން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ނިއުގެ ފުރަތަމަ ޕެނަލްޓީ، އެ ޓީމުގެ ގާނާ މިޑްފީލްޑަރު ތޯރިގު ޖެބްރިން ފޮނުވާލިއިރު ދިޔައީ އަރިމަތިން ބޭރުންނެވެ. ބުރުގެ ފުރަތަމަ ޕެނަލްޓީ ބްރޫނޯ ވަނީ ކާމިޔާބުކޮށްފަ އެވެ. ނިއުގެ ދެ ވަނަ އަށް ޕެނަލްޓީ ޖަހަން ދިޔަ އާދަމް ޝަހީމް (އާނާ) ވަނީ ކާމިޔާބު ކޮށްފަ އެވެ. ބުރުގެ ދެ ވަނަ ޕެނަލްޓީ، ސްޓެފަން ފޮނުވާލިއިރު، ހުރަސްދަނޑީގައި ޖެހިފައި ބޯޅަ ވީ ބޭރެވެ. ނިއުގެ ތިން ވަނަ ޕެނަލްޓީ ޖަހަން ދިޔަ ކޯފީ ވަނީ ކާމިޔާބުކޮށްފަ އެވެ. އަދި ބުރުގެ މިރްޖަލާލް ކަސިމޯވް ވަނީ އެ ޓީމުގެ ތިން ވަނަ ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ.

ބުރަށް ދެ ވަނަ ފަހަރަށް ފުރުސަތު ލިބުނީ ނިއުގެ ހަތަރު ވަނަ ޕެނަލްޓީގައި އެ ޓީމުގެ އުޒްބެކިސްތާން މިޑްފީލްޑަރު ހައިދަރޯފް ފޮނުވާލި ބޯޅަ ބުރު ކީޕަރު ޖަޒްލާން އަތުގައި ޖެހިފައި ބޯޅަ ބޭރުވީ ދަނޑީގައި ވެސް ޖެހިފަ އެވެ. ލީޑުނަގަން ދެ ވަނަ ފަހަރަށް ލިބުނު ފުރުސަތުގައި ބުރުގެ މުހައްމަދު ގަބާލާ ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. ނިއުގެ ފަސް ވަަނަ ޕެނަލްޓީ އެ ޓީމުގެ ސައްދާމް ހުސެއިން ކާމިޔާބުކުރިއިރު، ބުރު މޮޅުވި ޕެނަލްޓީ ވައްދާލީ އަހުމަދު ނިޒާމް (ނިޒާމްބެ) އެވެ.

ސަސްޕެންޝަނުން ސަލާމަތްވެ، މި ފަހަރުގެ ދެ ވަނަ ޑިވިޝަންގައި ކުޅުނު ރާއްޖޭގެ ފުޓްބޯޅައިގެ ގަދަ ދެ ބާރު ކަމަށްވާ ނިއު އާއި ވިކްޓަރީ ސްޕޯޓްސް ކްލަބް އަންނަ އަހަރު ވެސް ކުޅެން ޖެހޭނީ ދެ ވަނަ ޑިވިޝަނުގަ އެވެ.

ބުރާ ދެކޮޅަށް ފައިނަލުގައި ކުޅޭ ޓީމެއް އެނގޭނީ ދެ ވަނަ ސެމީ ފައިނަލަށް ފަހު އެވެ. ދެ ވަނަ ސެމީގައި މިރޭ ބައްދަލުކުރަނީ ކުޑަހެންވޭރު ޔުނައިޓެޑާއި ކްލަބް ޓީނޭޖް އެވެ. އެ މެޗުން މޮޅުވާ ޓީމެއް ދެ ވަނަ ޑިވިޝަނުގެ ފައިނަލުގައި ބުރާ ކުޅޭނީ އަންނަ ބުދަ ދުވަހުގެ ހަވީރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox