މަޖީދީ މަގުގައި ޕާކްކުރުން މަނާކޮށްފި

މަޖީދީ މަގުގައި ޕާކު ކުރުން މަނާކޮށް، ޓޭޕު ދަމާފައި؛ މަޖީދީ މަގުގައި ޕާކު ކުރުން މަނާ ކޮށްފައި ވަނީ މިނީ ބަހުގެ ހިދުމަތް ފަށަން -- ފޮޓޯ: ޝާބިން/ އަދަދު

މަޖީދީ މަގުގައި ޕާކު ކުރުން މަނާކޮށް، ޓޭޕު ދަމާފައި؛ މަޖީދީ މަގުގައި ޕާކު ކުރުން މަނާ ކޮށްފައި ވަނީ މިނީ ބަހުގެ ހިދުމަތް ފަށަން -- ފޮޓޯ: ޝާބިން/ އަދަދު

މިނީ ބަހުގެ ހިދުމަތް ފެށުމަށްޓަކައި، މާލޭގެ ބޮޑެތި މަގުތަކުގައި ޕާކު ކުރުން މަނާ ކުރަން ފަށައިފި އެވެ.

މިނީ ބަހުގެ ހިދުމަތް ފެށުމަށް ޕާކު ކުރުން މަނާ ކުރަން ހަމަޖެހިފައި ވަނީ މަޖީދީ މަގާއި، އަމީނީ މަގާއި، އޯކިޑް މަގުގެ އިތުރުން ފަރީދީ މަގެވެ. އެ މަގުތަކުގެ ތެރެއިން މަޖީދީ މަގުގައި މިހާރު ވެސް ޕާކު ނުކުރެވޭ ގޮތް ވަނީ ހަދާފަ އެވެ.

މަޖީދީ މަގުގައި ސައިކަލު ޕާކުކޮށްފައި ހުރި ސަރަހައްދުތަކުން ސައިކަލުތައް ނަގާ، ޕާކު ނުކުރެވޭ ގޮތަށް ރީނދޫ ރޮނގު ދަމާފައިވާކަން ފާހަގަކޮށްލެވެ އެވެ. ހަމައެއާއެކު މިނީ ބަހުގެ ހިދުމަތް ފެށުމަށް ބަސް ސްޓޮޕްތައް ވެސް އަންނަނީ ގާއިމްކުރަމުންނެވެ.

Advertisement

މާލޭގެ ބޮޑެތި މަގުތަކުގައި ޕާކު ނުކުރެވޭ ގޮތް ހެދުމަށްފަހު، އިތުރު ޕާކިން ޒޯނުތައް ހެދުމަށް މާލެ ސިޓީ ކައުންސިލާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ.

ޕަކިން ޒޯނު ހަދާ ސަރަހައްދުތައް:

  • އެކުވެނި ޓްރެކް ކައިރިން
  • ދަރުބާރުގެ އިރަށް އޮތް ހުސް ބިމުގައި
  • މަޖީދީ މަގުގައި ހުރި ސަރުކާރުގެ ހުސް ބިމެއްގައި
  • ކޮރެލް ބުލެވާޑް ކައިރީ އޮތް ހުސް ބިމެއްގައި

މާލޭގައި މިނީ ބަހުގެ ހިދުމަތް ތައާރަފު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް, މި ސަރުކާރަށް ހަތަރު އަހަރުވީ އިރުވެސް އެ ވައުދު ނުފުއްދި އޮތް އިރު އެ ހިދުމަތް ފަށަން ތަފާތު ތާރީހުތައް ދީފައިވެ އެވެ.

މިނީ ބަހުގެ ހިދުމަތް ގާއިމްކުރުމަށް އެމްޓީސީސީން މިހާރު ވަނީ 36 މިނީ ބަސް ގެނެސް، ބަސްތައް ދުއްވަން މުވައްޒަފުން ތަމްރީނު ކޮށްފަ އެވެ. އަދި އެ ހިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނައިރު، ފުރަތަމަ ދެ ހަފްތާގައި އެ ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ހިލެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox