ރަނގަޅު ކޯޗިން އާއި ފެސިލިޓީސްއާ އެކު ރާއްޖޭގެ ކުޅިވަރަށް ކުރިއެރުން ހޯދޭނެ: ސައްތާރު

Aug 13, 2022, 5:14 AM
އޮލިމްޕިކް ކޮމިޓީން އެންމެ ފަހުން ބޭއްވި އަހަރީ އާންމު ޖަލްސާގެ ތެރެއިން ސައްތާރު ވާހަކަ ދައްކަވަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އޮލިމްޕިކް ކޮމިޓީން އެންމެ ފަހުން ބޭއްވި އަހަރީ އާންމު ޖަލްސާގެ ތެރެއިން ސައްތާރު ވާހަކަ ދައްކަވަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރާއްޖޭގެ ކުޅިވަރުތަކަށް ރަނގަޅު ކޯޗިން އާއި ފެސިލިޓީސް އިތުރުވަމުންދާ ވަރަކަށް ބޭނުންވާ ކުރިއެރުން ހޯދޭނެ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ވިދާޅުވެއްޖެ އެވެ.

ސައްތާރު ވަނީ މި ފަހަރު، އިނގިރޭސިވިލާތުގެ ބާމިންހަމްގައި ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސް އާއި މިހާރު ތުރުކީގެ ކޮންޏާގައި ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ދިވެހި ކުޅުންތެރިން/އެތުލީޓުން މިހާތަަނަށް ވާދަކުރި މެޗުތައް/އިވެންޓައް ބައްލަވަމުންނެވެ.

ޓީޓީ އަންހެން ޓީމުން ސޮލިޑާރިޓީ ގޭމްސްގެ ޓީމު އިވެންޓް ބައިން ލޯ މެޑަލް ހޯދުމުން އެކަން ފާހަގަކުރައްވައި، ސައްތާރު ވިދާޅުވީ ހަގީގަތުގައި ކުޅިވަރުގައި ވެސް ކުއްލިއަކަށް އެންމެ ރަނގަޅު ނުކުރެވޭނެ ކަމަށާއި ނަތީޖާ ފެންނާނީ އަހަރުތަކެއް މަސައްކަތް ކޮށްގެން ކަމަށެވެ.

"މަޑުމަޑުން އެކަން ކުރެވޭނީ، އޭގެ އިތުރުން ރަނގަޅު ކޯޗުންނާއި ފެސިލިޓީސް ލިބިގެން. އަޅުގަނޑުމެން ހަމަ ހުރިހާ ކުޅިވަރުތަކެއްގައި ވެސް ފެސިލިޓީސް މަޑުމަޑުން އެބަ ރަނގަޅުވޭ، ރަނގަޅުވާ ވަރަކަށް ހަމަ ޕާފޯމަންސް އެބަ ދައްކާ ކުދިން، އޭގެއިން އެ ފެންނަނީ އަޅުގަނޑުމެންނަށް ފެސިލިޓީސް އާއި ކޯޗިން ލިބިއްޖިއްޔާ އަޅުގަނޑުމެންގެ ކުދިން ރަނގަޅު ނަތީޖާއެއް ނެރޭނެކަން،" ސައްތާރު ވިދާޅުވި އެވެ.

ރާއްޖޭގެ ޒުވާން އެތުލީޓުންނަށް އޮލިމްޕިކް ކޮމިޓީ މެދުވެރިކޮށް ބޭރުގެ އެކި ގައުމުތަކުން ފެންވަރު ރަނގަޅު ޓްރެއިނިން ފުރުސަތުތައް ހޯދައިދެ އެވެ. އޮލިމްޕިކް ކޮމިޓީން ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން އެކަން ކުރާއިރު، މި އަހަރު ވެސް ވަނީ 2024 އޮލިމްޕިކްސް އަށް ޓާގެޓްކޮށް އެތުލީޓުންތަކަކަށް ސްކޮލަޝިޕް ދީފަ އެވެ.

ސައްތާރު ވިދާޅުވީ އެތުލީޓެއް ކުރިއެރުމުގެ އެންމެ މުހިންމު ރޯލެއް އަދާކުރަނީ ޓްރެއިނިން ކަމަށާާއި އޭގެ އިތުރުން ފެންވަރު ރަނގަޅު ކުޅުންތެރިންނާ އެކު މެޗު ކުޅެގެން ތަޖުރިބާ ހޯދައި ކުރިއެރުން ހޯދުން ވެސް އެއީ ކުރަން ޖެހޭނެ ކަމެއް ކަަމަށެވެ.

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޓީޓީ މެޗެއްގެ ތެރެއިން ކުޅިވަރާ ބެހޭ ވަޒީރު މަހުލޫފް (ކ) އާއި އޮލިމްޕިކް ކޮމިޓީގެ ރައީސް ސައްތާރު.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު

"މޮޅެތި ކުޅުންތެރިންނާ އެއްކޮށް ކުޅެގެން މޮޅުވާނީ، އެ އެކްސްޕީރިއަންސް ލިބޭ ކަމަށްވާނަމަ އަޅުގަނޑުމެންގެ ޕާފޯމަންސް ރަނގަޅުވެގެން ދާނެ. (ޓީޓީ ޓީމުން ކޮމަންވެލްތު ގޭމްސް އާއި ސޮލިޑާރިޓީ ގޭމްސްގައި) މި ފެނުނީ ވެސް ވަރަށް ބޮޑު އެއްޗެއް އަސްލު، މޮޅެތި ކުޅުންތެރިންނާ އެކު ކުޅެވޭނެކަން ފެނިގެން ގޮސްފި، މި ދެ ގޭމްސްގައި،" ސައްތާރު ވިދާޅުވި އެވެ.

"ވަރަށް ބުރަ މަސައްކަތެއް، ވަރަށް ރަނގަޅަށް އެ ކުދިން (ޓީޓީ ޓީމު) ކުޅެފި. އަޅުގަނޑަށް ހީވަނީ ކުރީ ގޭމްސްގެ އެކްސްޕީރިއަންސް މީގެ ތެރެއަށް ވަަދެފައި އެބަހުރިހެން، ދެން، އަނެއްކާ، ގޭމަކަށް ވުރެ ގޭމެއްގައި އެ ކުދިން ޕާފޯމަންސް ރަނގަޅުކުރިކަން އެބަފެނޭ ހަމަ، އަޅުގަނޑު ހަމަ ހުރިހާ މެޗެއް ބަލައިފިން. މިކޮޅުގައި ހުރިހާ މެޗެއް ހާއްސަކޮށް ބެލިން، އެހެންވެ، އެނގޭ އެއް މެޗަކަށް ވުރެ އަނެއް މެޗެއް ޕާފޯމަންސް ރަނގަޅުކަން،"

ސައްތާރު ވިދާޅުވީ އޮލިމްޕިކް ކޮމިޓީގެ ވިސްނުމަކީ ކުޅުންތެރިން ކުރިއަރުވަން ކޮށްދެވޭނެ ކޮންމެ މަސައްކަތެއްގައި ވެސް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

ކުޅިވަރާބެހޭ މިނިސްޓަރު އަހުމަދު މަހުލޫފް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ލިޔެފައިވާގޮތުގައި، ޓީޓީ ޓީމުގެ ކުޅުންތެރިން ވަރަށް އަވަހަށް ޓްރެއިނިން އަށް އެކި ގައުމުތަކަށް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ގޮތުން، އޮލިމްޕިކް ސްކޮލަޝިޕް ލިބިފައިވާ، ފާތިމަތު ދީމާ އަލީ ޓްރެއިނިން އަށް ފްރާންސަށް ދިއުމަށް ހަމަޖެހިފައިވާއިރު، އައިޝަތު ރަފާ ނާޒިމް، މުހައްމަދު ތާބިން ސުޖާއު އަދި އަހްޔާރް އަހުމަދު ހާލިދު ޓްރެއިިނިން އަކަށް ކްރޮއޭޝިއާ އަށް ދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox