ދެ ވަނަ ޑިވިޝަން: މަހިބަދޫއާ އެއްވަރުވެ ނިއު އާއި ބުރު ސެމީގައި ކުޅެން ޖެހިއްޖެ

Aug 11, 2022, 10:06 PM
ިނިއުގެ އާނާ (ކ) މަހިބަދޫގެ ޝާތިރު ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.--- ފޮޓޯ: ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް

ިނިއުގެ އާނާ (ކ) މަހިބަދޫގެ ޝާތިރު ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.--- ފޮޓޯ: ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް

އެފްއޭއެމް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މިރޭ މަހިބަދޫ ސްޕޯޓްސް ކްލަބުން ފަހަތުން އަރައި 5-5 އިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ އެއްވަރުކޮށްފި އެވެ.

މި ނަތީޖާއާ އެކު ނިއު ސެމީ އަށް ދިޔައީ ގްރޫޕް ދޭއްގެ ދެ ވަނައިގެ ގޮތުގަ އެވެ. އެހެންވެ، އެ ޓީމުން ސެމީގައި ކުޅެން ޖެހޭނީ ގްރޫޕް އެކެއްގެ އެއް ވަނަ ހޯދި ބުރު ސްޕޯޓްސް ކްލަބާ އެވެ.

ބުރު ސްޕޯޓްސް ކްލަބުން ގްރޫޕް ސްޓޭޖު ނިންމާލީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. އެންމެ ފަހުން ބޭއްވި ތިން ވަނަ ޑިވިޝަންގެ ޗެމްޕިއަން ބުރަކީ މި ފަހަރުގެ ދެ ވަނަ ޑިވިޝަނަށް އެންމެ ވަރުގަދަ އަށް ތައްޔާރުވި އެއް ޓީމެވެ.

ގަލޮޅު ދަނޑުގައި މިރޭ ނިއު އާއި މަހިބަދޫގެ މެޗު މި ކުޅެވުނީ ދެ ފަހަރެއްގެ މަތިން ފަސް ކުރުމަށް ފަހު އެވެ، ފުރަތަމަ ފަސްކުރީ މި މަހު އެއް ވަނަ ދުވަހު މޫސުމް ގޯސްވެގެން މަހިބަދޫ އަށް މެޗު ކުޅެން މާލެ ނާދެވިގެންނެވެ. ދެން، އެ މެޗު ކުޅެން ހަމަޖެއްސީ މިއަދު ހަވީރެވެ. އެކަމަކު، ވިއްސާރައިގެ ސަބަބުން މިއަދު ހަވީރު މެޗު ނުކުޅެވި މިރެ އަށް ފަސްކުރީ އެވެ.

ނިއު އިން ވަނީ މިރޭގެ މެޗު ފަށައިގެން މިނިޓެއް ނުވަނިސް ލީޑުނަގައިފަ އެވެ. މި ގޯލަކީ ނިއުގެ ވިންގް، އާދަމް ޝަހީމް (އާނާ) ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި މަހިބަދޫގެ މުހައްމަދު އައިހަމް އަންވަރު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މެޗުގެ 10 ވަނަ މިނިޓްގައި ނިއު އިން ލީޑުފުޅާކުރީ ގާނާގެ މިޑްފީލްޑަރު ތޯރިގު ޖެބްރިން ޖެހި ގޯލުންނެވެ. މިއީ މުހައްމަދު ލިޔާހު ހުސްކޮށްލާފައި ދިން ބޯޅައަކުން ތޯރިގު ޖެހި ގޯލެކެވެ.

މެޗުގެ 29 ވަނަ މިނިޓްގައި ނިއު އިން ތިން ވަނަ ގޯލު ޖެހީ ގާނާގެ ފޯވާޑް، ކޯފީ އޮވޫސޫ އެވެ. މިއީ އާނާ ނެގި ހުރަހެއްގައި ބޯޅަ ހިފަން އުޅުމުގެ ތެރޭގައި މަހިބަދޫގެ ކީޕަރު އަހުމަދު ނައުފަލް އަތުން ދޫވުމުން ކޯފީ ޖެހި ގޯލެކެވެ. ފުރަތަމަ ހާފު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް ކޯފީ ވަނީ ނިއުގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. މިއީ ތޯރިގު ޖެހި ބޯޅައެއް ކީޕަރު ނައުފަލް ފައިގައި ޖެހިފައި އައި ރީބައުންސް ބޯޅައަކުން ކޯފީ ޖެހި ގޯލެކެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން 30 ސިކުންތު ތެރޭގައި ނިއު އިން ފަސް ވަނަ ގޯލު ޖެހީ އުޒްބެކިސްތާންގެ މިޑްފީލްޑަރު ފާރޫގް ހައިދަރޯފް އެވެ. މަހިބަދޫ އޭރިއާތެރެއިން ހަނި އޭންގަލުން ގޯލަށް ބޯޅަ ޖަހަން ނިއުގެ އާނާ ޖެހި ޝޮޓް ދަނޑީގައި ޖެހިފައި އައި ވަގުތު ހައިދަރޯފް ވަނީ ގޯލުގެ މަތީ ދާގަނޑަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

ފަސް ގޯލުގެ ލީޑެއް ލިބުމުން ނިއު މޮޅުވާނެ ކަމަށް ބެލެވުނު ނަމަވެސް ފަހު 30 ވަރަކަށް މިނިޓް ތެރޭ މަހިބަދޫން ވަނީ ފަސް ގޯލު ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ.

މަހިބަދޫން ފުރަތަމަ ގޯލު ޖެހީ މެޗުގެ 62 ވަނަ މިނިޓްގަ އެވެ. ނިއުގެ ކޯނަރެއްގައި މަހިބަދޫން ބޯޅަ ހޯދައި އަވަހަށް ނިއުގެ ޑިފެންސް ފަހަތަށް ކުޅުނު ބޯޅައެއް ހޯދައި، މަހިބަދޫގެ އާދަމް ފަހުމާން ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

މެޗުގެ 75 ވަނަ މިނިޓްގައި ނިއުގެ ކީޕަރު މިފްދާދު އަހުމަދު އަތުން ދޫވި ބޯޅައެއް ހޯދައި ފަހުމާން ވަނީ މަހިބަދޫގެ ދެ ވަނަ ގޯލު ޖަހައިދީފަ އެވެ. އޭގެ ދެ މިނިޓް ފަހުން އޭރިއާތެރެއިން ހުރަސްވި ބޯޅައެއް ގޯލަށް ވައްދާލައި، ފަހުމާން އޭނާގެ ހެޓްރިކް ފުރިހަމަކުރި އެވެ.

ގޯލަކަށް ފަހު ގޯލެއް ޖަހަމުން އައިސް، މަހިބަދޫން މެޗުގެ 82 ވަނަ މިނިޓްގައި ހަތަރު ވަނަ ގޯލެއް ޖެހި އެވެ. މިއީ މަހިބަދޫގެ ފަހުމާނަށް ނިއުގެ އިބްރާހިމް ސިނާހު ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. މި ޕެނަލްޓީ ގޯލަށް ވައްދާލީ އިބްރާހިމް ޝާތިރު އެވެ. މަހިބަދޫން އެއްވަރުކުރީ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގަ އެވެ. އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން މަހިބަދޫގެ ކެޕްޓަން، ޝުއައިދު ސައީދު ނެގި ބޯޅަ އެ ޓީމުގެ، ތަޖުރިބާކާރު ކުޅުންތެރިޔާ، އަލީ ޝާލިމް ވަނީ ބޮލުން ގޯލަށް ފޮނުވާލައިފަ އެވެ. ޝާލިމް އަކީ މަހިބަދޫ އިން ފުރަތަމަ ޑިވިޝަނުގައި ކުޅުނުއިރު ވެސް މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ.

އިތުރު ވަގުތުގެ ބާކީ ވަގުތުގައި ކުރިއަށް ޖެހިގެން ގޯލެއް ޖެހޭތޯ ނިއު އިން ބެލި ނަމަވެސް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ނިއު އެއްވަރުވުމުން މި ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ސެމީ އަށް ދިޔައީ ކްލަބް ޓީނޭޖް އެވެ. އެއް ވަނަ އަށް ދިޔަ ޓީނޭޖާއި ދެ ވަނަ އަށް ދިޔަ ނިއު އާއި ތިން ވަނަ ހޯދި އެލްޓީ ސްޕޯޓްސް ކްލަބަށް ވެސް ލިބުނީ 13 ޕޮއިންޓެވެ. ލަނޑުގެ ތަފާތުން ޓީނޭޖް އެންމެ ކުރީގައި އޮތީ ފައިދާ 15 ގޯލު އޮތުމުންނެވެ. ނިއުގެ އޮތީ 11 ގޯލެވެ. އެލްޓީގެ އޮތީ އަށް ގޯލެވެ.

މި ގްރޫޕްގެ ހަތަރު ވަނަ ދިޔަ ވިކްޓަރީ ސްޕޯޓްސް ކްލަބަށް ލިބުނީ 10 ޕޮއިންޓެވެ. ފަސް ވަނަ ހޯދި ބީޖީ ސްޕޯޓްސް ކްލަބަށް ހަތް ޕޮއިންޓް ލިބުނުއިރު، ހަ ވަނަ ދިޔަ މަހިބަދޫ އަށް ލިބުނީ ހަތަރު ޕޮއިންޓެވެ. އެންމެ ފުލުން ނިންމާލި ލޮރެންޒޯ ސްޕޯޓްސް ކްލަބް ނިންމާލީ ޕޮއިންޓެއް ނުލިބި އެވެ.

ދެ ވަނަ ޑިވިޝަންގެ ދެ ސެމީ ފައިނަލް އޮތީ އަންނަ އާދިއްތަ ދުވަހު އެވެ. އެ ދުވަހު ހަވީރު ފުރަތަމަ ސެމީގައި ބުރު ސްޕޯޓްސް ކްލަބާއި ނިއު ކުޅޭނެ އެވެ. އެ ރޭ ކުޅޭ ދެ ވަނަ ސެމީ ފައިނަލުގައި ކުޑަހެންވޭރު ޔުނައިޓެޑް ބައްދަލުކުރާނީ ޓީނޭޖާ އެެވެ.

ދެ ވަނަ ޑިވިޝަނުގެ ފައިނަލަށް ދާ ދެ ޓީމެއް އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދަން ކުޅެން ޖެހޭނީ ރެލިގޭޝަން ބުރެކެވެ. މި ބުރުގައި ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަނާއި ރަނަރަޕާ ވާދަކުރާނީ ދިވެހި ޕްރިމިއާ ލީގުގެ ފުލަށް ދިޔަ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox