އިސްލާމިކް ސޮލިޑާރިޓީ ގޭމްސް: އިރާން އަތުން ސެމީގައި ބަލިވެ، ޓީޓީ އަންހެން ޓީމަށް ލޯ މެޑަލް

Aug 11, 2022, 11:30 AM
ޓީޓީ އަންހެން ޓީމު ކުޅުންތެރިންނާއި ކޯޗު--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު: އަދަދު ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު

ޓީޓީ އަންހެން ޓީމު ކުޅުންތެރިންނާއި ކޯޗު--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު: އަދަދު ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު

ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ ފަސް ވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޓޭބަލް ޓެނިހުގެ އަންހެން ކެޓަގަރީގައި ރާއްޖޭން ލޯ މެޑަލް ހޯދައިފި އެވެ.

މިއީ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެ އަށް ލިބުނު ފުރަތަމަ މެޑަލެވެ. މީގެ ކުރިން ރާއްޖޭގެ ހަސަން ސާއިދު ވަނީ 2017 ވަނަ އަހަރު އަޒަރުބައިޖާންގެ ބަކޫގައި ބޭއްވި ސޮލިޑާރިޓީ ގޭމްސްގެ 100، 200 މީޓަރު ދުވުމުގެ ފައިނަލުގައި ވާދަކޮށްފަ އެވެ. މީގެ ތެރެއިން 100 މީޓަރު ދުވުމުން ހަތަރު ވަނަ ހޯދި އެވެ.

މި ފަހަރުގެ ސޮލިޑާރިޓީ ގޭމްސްގެ އަންހެން ޓީޓީގެ ޓީމު އިވެންޓްގައި އަށް ގައުމު ވާދަކުރިއިރު، ރާއްޖޭގެ އަންހެން ޓީޓީ ޓީމަށް ލޯ މެޑަލް ލިބުނީ މިއަދު ކުޅުނު ސެމީ ފައިނަލް މެޗުން 3-0 އިން އީރާން އަތުން ބަލިވުމުންނެވެ.

ރާއްޖޭގެ އަންހެން ޓީޓީ ޓީމު ޖުމްލަ އެކު މި ގޭމްސްގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވި އެވެ. އެއީ ޖިބޫޓީ އާއި ޔޫގާންޑާ އަތުންނެވެ. ބަލިވީ ގްރޫޕްގައި ތުރުކީ އަތުންނާއި މިއަދު އީރާން އަތުންނެވެ. ބަލިވި ދެ މެޗުގައި ވެސް ރަނގަޅު ޗެލެންޖްތަކެއް ދިން ގޭމްތަކެއް ދިޔަ އެވެ.

މިއަދުގެ ސެމީ ފައިނަލުގައި ފުރަތަމަ ސިންގަލްސް އަށް ނުކުތީ ރާއްޖޭގެ ފާތިމަތު ދީމާ އަލީ އެވެ. ދީމާއާ ދެކޮޅަށް ކުޅުނު އީރާންގެ އަސްތާރީ މަހުސިދަކީ ތަފާތު ސްޓައިލަކަށް ޑިފެންސިވްކޮށް ކުޅޭ ކުޅުންތެރިއަކަށް ވުމުން ދީމާ އަށް އުނދަގޫތަކެއް ކުރިމަތިވި އެވެ. އަސްތާރީ ވަނީ މި މެޗުގެ ސެޓުތައް 04-11، 08-11 އަދި 02-11 އިން ގެންދިޔަ އެވެ. އޭނާ މޮޅުވީ 3-0 އިންނެވެ.

އީރާނަށް އެންމެ ވަރުގަދަ ޗެލެންޖެއް ދިނީ ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް އެވެ. ކޮމަންވެލްތު ގޭމްސް އާއި ސޮލިޑާރިޓީ ގޭމްސްގެ ސިންގަލްސް ބައިގައި މޮޅު ކުޅުމެއް ދެއްކި ރަފާ މިއަދު ނުކުތީ އީރާންގެ ނެދާ ޝާހްސަވާރީއާ ދެކޮޅަށެވެ.

ނެދާ އަށް ރަފާގެ މައްޗަށް ކުރިހޯދުނީ 3-2 ސެޓުންނެވެ. މި ގޭމުގެ ފުރަތަމަ ސެޓުގައި ނެދާގެ މައްޗަށް ރަފާ ކުރިހޯދީ 11-09 އިންނެވެ. ނެދާ ވަނީ ކުޅުން ރަނގަޅުކޮށް ދެ ވަނަ ސެޓު، 07-11 އިން ގެންގޮސް އެއްވަރުކޮށްފަ އެވެ. ރަފާގެ ކުޅުން ދެނެގަނެ، ނެދާ ތިން ވަނަ ސެޓު ގެންދިޔައީ 04-11 އިންނެވެ.

އެކަމަކު، ހަތަރު ވަނަ ސެޓުގައި ރަފާ ފެނުނީ ތަފާތު ރޫހެއްގައި އެނބުރި އައިތަނެވެ. ނެދާ އަށް ރަނގަޅު ޗެލެންޖެއް ދީ އޭނާ ޕްރެޝަރަށް ވައްޓާލި އެވެ. އެންމެ މުހިންމު ވަގުތުތަކުގައި ރަފާގެ އެޓޭކްތައް ވެސް ކާމިޔާބުކޮށް ފެނުނުއިރު، އޭނާ ސެޓު ގެންދިޔައީ 12-10 އިންނެވެ. ނަތީޖާ ނެރެން ކުޅުނު ފަސް ވަނަ ސެޓު ފަށައިގެން ރަފާ ދިޔައީ ލީޑެއް ނަގަމުންނެވެ. ރަފާ 4-2 އިން ކުރީގައި އޮއްވައި، އީރާނުން ޓައިމްއައުޓެއް ނެގި އެވެ. އަލުން ފަށައިގެން ވެސް ރަފާ ލީޑުފުޅާކުރި ނަމަވެސް، ސެޓުގެ ފަހުކޮޅުގައި ރަފާ އަށް ޕްރެޝަރު ބޮޑުވި ވަގުތެއްގެ ފައިދާނަގައި، ފަހަތުން އަރައި ނެދާ ވަނީ ސެޓު އަނބުރާލައިފަ އެވެ. ނެދާ މި ސެޓު ގެންދިޔައީ 08-11 އިންނެވެ.

ޑަބަލްސް ގޭމްގައި ރާއްޖޭން ކުޅެން އެރީ ފާތިމަތު ޖުމާނާ ނިމާލް އާއި ރަފާގެ ޕެއާ އެވެ. އެ ޕެއާގެ މައްޗަށް 3-1 އިން ކުރިހޯދި އީރާންގެ ޕެއާ އަކީ ނެދާ އާއި ޝިމާ ސަފޭއިގެ ޕެއާ އެވެ. ފުރަތަމަ ސެޓު، ޝިމާ އާއި ނެދާގެ ޕެއާ އިން 05-11، އިން ގެންދިޔަ އެވެ. ރަފާ އާއި ޖުމާނާގެ ޕެއާ ރަނގަޅު ޗެލެންޖެއްކޮށް ޖެހިގެން އައި ސެޓު، 12-10 އިން ގެންގޮސް އެއްވަރުކުރި އެވެ. އެކަމަކު، ޖެހިގެން އައި ދެ ސެޓުގައި މާ ރަނގަޅަށް ނުކުޅެވި، މެޗު ވެސް ގެއްލުނީ އެވެ. ނެދާ އާއި ޝިމާގެ ޕެއާ ފަހު ދެ ސެޓު ގެންދިޔައީ 04-11 އާއި 05-11 އިންނެވެ.

ރާއްޖޭގެ އަންހެން ޓީޓީ ޓީމުން މި ވަނީ ތަފާތު ތިން ގޭމްސްގެ ޓީމު އިވެންޓްގައި މެޑަލް ހޯދައިފަ އެވެ. ސޮލިޑާރިޓީ ގޭމްސްގައި ލޯ މެޑަލް މިއަދު ހޯދުމުގެ ކުރިން 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރަން މެޑަލް އަދި 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox