ރެއާލުން ފަސް ވަނަ ފަހަރަށް ސުޕަ ކަޕް ކާމިޔާބުކޮށްފި

Aug 11, 2022, 3:31 AM
ރެއާލުން ފަސް ވަނަ ފަހަރަށް ސުޕަ ކަޕް ކާމިޔާބުކޮށްފި

ހެލްސިންކީ، ފިންލެންޑް (އޮގަސްޓް 11) - އެއިންޓްރަކްޓް ފްރޭންކްފާޓް އަތުން 2-0 އިން މޮޅުވެ، ރެއާލް މެޑްރިޑުން ފަސް ވަނަ ފަަހަރަށް ސުޕަ ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މިއީ 14 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ރެއާލުން ސުޕަ ކަޕް ކާމިޔާބުކުރި ފަސް ވަނަ ފަހަރެވެ. އެ ފަސް ފަހަރުގެ ތެރެއިން ދެ ފަހަރު މުބާރާތުގެ ތަށި އުފުލާލީ ކާލޯ އަންޗެލޮޓީގެ ކޯޗުކަމުގަ އެވެ. މީގެ ކުރިން އަންޗެލޮޓީ ވަނީ ރެއާލާ އެކު 2014 ވަނަ އަހަރުގެ ސުޕަ ކަޕް ވެސް ހޯދައިފަ އެވެ. ދެން، ރެއާލުން ސުޕަ ކަޕް ހޯދީ 2002، 2016، 2017 އަދި މި އަހަރު އެވެ.

ރޭގެ މެޗަށް ފަހު އަންޗެލޮޓީ ބުނީ ފްރޭންކްފާޓުން ރާވައިގެން ތިބި ގޮތުން ރޭގެ މެޗު ރެއާލަށް އުނދަގޫވި ކަމަށާއި އެހެން ނަމަވެސް ދެ ގޯލު ޖަހައިގެން މެޗުން މޮޅުވެ، މި ކާމިޔާބު ހޯދުމުން އުފާކުރާ ކަމަށެވެ.

ރެއާލުން ރޭގެ މެޗުގައި ގޯލެއް ޖެހޭތޯ ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗުގެ 37 ވަނަ މިނިޓްގަ އެވެ. ކޯނަރެއްގައި ހުރަސްވި ބޯޅައެއްގައި ރެއާލްގެ ކަރިމް ބެންޒެމާ ބޮލުން ޖައްސާލި ބޯޅައެއް ބޭރުވާން ދަނިކޮށް ގޯލު ކުރިމައްޗަށް ހުރަސްކޮށްލައި ދިނީ ކަސެމީރޯ އެވެ. އެ ވަގުތު، ކުޑަ އޭރިއާ ކައިރީގައި ހުސްކޮށްހުރި ޑޭވިޑް އަލަބާ އަށް ބޯޅަ ލިބުމުން ފަސޭހައިން ގޯލަށް ފޮނުވާލި އެވެ.

ފްރޭންކްފާޓުން ދެ ވަނަ ހާފްގައި ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަކުރެވޭތޯ ބެލި އެވެ. އެހެން ނަމަވެސް މެޗުގެ 65 ވަނަ މިނިޓްގައި ރެއާލްގެ ބެންޒެމާ ވަނީ އެ ޓީމަށް ލީޑުފުޅާކޮށްދީފަ އެވެ. ވިނީޝިއުސް ޖޫނިއާ ނެގި ހުރަހަކުން އޭރިއާ ރޮނގުކައިރީގައި ހުރެފައި އެއް ފަަހަަރުން ބެންޒެމާ ޖެހި ޝޮޓް، ފްރޭންކްފާޓްގެ ކީޕަރު ކެވިން ޓްރަޕް އަތްކައިރިން ވަނީ ގޯލަށެވެ.

މިއީ ބެންޒެމާ ރެއާލަށް ޖަހައިދިން 324 ވަނަ ގޯލެވެ. އޭނާ އަށް ވުރެ ގިނަ ގޯލު ރެއާލަށް ޖަހައިދިން ހަމައެކަނި ކުޅުންތެރިއަކީ 450 ގޯލު ޖެހި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނާއި ޔޫރޮޕާ ލީގުގެ ޗެމްޕިއަން މެދުގައި ޔޫރަޕްގެ ފުޓްބޯޅަ ސީޒަން ފަށްޓަން ކުޅޭ ސުޕަ ކަޕް މެޗުގައި މި ފަހަރު ވަނީ ސެމީ އޮޓޮމެޓިކް އޮފްސައިޑް ސިސްޓަމް ބޭނުންކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox