އިސްލާމިކް ސޮލިޑާރިޓީ ގޭމްސް: ޓީޓީ އަންހެން ޓީމު ސެމީ އަށް

Aug 10, 2022, 12:23 PM
މިއަދު ޔޫގާންޑާއާ ދެކޮޅަށް ޓީޓީ އަންހެން ޓީމު ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު

މިއަދު ޔޫގާންޑާއާ ދެކޮޅަށް ޓީޓީ އަންހެން ޓީމު ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު

މިހާރު ތުރުކީގެ ކޮންޏާގައި ކުރިއަށްދާ ފަސް ވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޓޭބަލް ޓެނިހުގެ އަންހެން ބައިގެ ސެމީ ފައިނަލުން ރާއްޖޭގެ އަންހެން ޓީމުން ޖާގަ ހޯދައިފި އެވެ.

މިއީ ރާއްޖޭގެ ޓީޓީ ތާރީހުގައި އިސްލާމިކް ސޮލިޑާރިޓީ ލެވަލްގެ ގޭމްސްއެއްގެ ސެމީ އަށް ދިޔަ ފުރަތަމަ ފަހަރެވެ. ސޮލިޑާރިޓީ ގޭމްސްގެ ޓީޓީ އަންހެން އިވެންޓްގައި ވާދަކުރަނީ އަށް ގައުމެވެ. ޓީޓީ އަންހެން ޓީމު ސެމީ އަށް ދިއުމާ އެކު މިއީ ޓީމު އިވެންޓެއްގައި ރާއްޖޭން އިސްލާމިކް ސޮލިޑާރީޓީ ގޭމްސްގައި މިހާތަނަށް ނެރުނު އެންމެ ރަނގަޅު ނަތީޖާ އެވެ. ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ހަސަން ސާއިދު ވަނީ 2017 ވަނަ އަހަރުގެ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ 100، 200 މީޓަރު ފައިނަލުގައި ވާދަކޮށްފަ އެެވެ.

ރާއްޖޭގެ އަންހެން ޓީޓީ ޓީމު ސެމީ އަށް ދަތުރުކުރީ ގްރޫޕްގެ ފަހު މެޗުގައި މިއަދު ޔޫގާންޑާ އަތުން 3-0 އިން މޮޅުވެގެންނެވެ. ގްރޫޕްގެ ފުރަތަމަ މެޗުން އިއްޔެ ރާއްޖެ ވަނީ 3-0 ޖިބޫޓީ ބަލިކޮށްފަ އެވެ. އެކަމަކު، ދެ ވަނަ މެޗުން ވަނީ ގްރޫޕްގެ އެއް ވަނަ ހޯދި ތުރުކީ އަތުން 3-0 އިން ބަލިވެފަ އެވެ. ރާއްޖެ ސެމީ ފައިނަލަށް ދިޔައީ ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ.

ޔޫގާންޑާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ރަފާ އާއި ދީމާ.-- ފޮޓޯ: އިމޭޖަސް.އެމްވީ

ކޮންޏާގެ ތުޔަޕް ފެއާ ސެންޓަރުގެ ޓީޓީ ކޯޓުގައި މިއަދު ރާއްޖޭން ކުޅެން އޮތް ފުރަތަމަ ސިންގަލްސް ގޭމް ލިބުނީ ނުކުޅެ އެވެ. ރާއްޖޭގެ ފާތިމަތު ޖުމާނާ ނިމާލް ކުޅެން އޮތް ސިންގަލްސް މެޗު ލިބުނީ ޔޫގާންޑާ ޓީމުގައި ތިބީ ދެ ކުޅުންތެރިން ކަމަށްވެފައި، އެއް ސިންގަލްސް މެޗު އެ ޓީމަށް ދޫކޮށްލަން ޖެހޭތީ އެވެ.

ރާއްޖޭގެ ދެ ވަނަ ސިންގަލްސް މެޗުގައި ކުޅެން އެރީ ފާތިމަތު ދީމާ އަލީ އެވެ. ދީމާ ވަނީ ޔޫގާންޑާގެ ކުޅުންތެރިޔާ އަތުން 3-0 އިން މޮޅުވެފަ އެވެ. ސެޓުތައް ގެންދިޔައީ 11-02، 11-04 އަދި 11-02 އިންނެވެ. ރާއްޖޭން ވަނީ ޑަބަލްސް ގޭމުގައި ދީމާ އާއި އައިޝަތު ރަފާ ނާޒިމްގެ ޕެއާ ކުޅުނު ގޭމުން 3-0 އިން މޮޅުވެ، މެޗު ވެސް ކާމިޔާބުކޮށްފަ އެވެ. ރަފާ އާއި ދީމާގެ ޕެއާ ސެޓުތައް ގެންދިޔައީ 11-05، 11-06 އަދި 11-04 އިންނެވެ.

ރާއްޖޭގެ ފިރިހެން ޓީޓީ ޓީމަށް މިއަދުގެ މެޗުން ބަންގްލަދޭޝް ބަލިކޮށްގެން ކުއާޓާ ފައިނަލަށް ދިއުމުގެ ފުރުސަތު އޮތެވެ. އެކަމަކު، ވާދަވެރި ކުޅުމަކަށް ފަހު ރާއްޖެ ބަލިވީ 3-2 ގޭމުންނެވެ.

ފުރަތަމަ ސިންގަލްސް ގޭމްގައި ރާއްޖޭގެ ޒީސްތު ނަސީމް ވަނީ ބަންގްލަދޭޝްގެ ރިދޯއި އަތުން 3-0 އިން ބަލިވެފަ އެވެ. ސެޓުތައް ދިޔައީ 11-08، 11-07 އަދި 11-09 އިންނެވެ. މި ގޭމުގެ ތިން ވަނަ ސެޓުގައި ޒީސްތު އަތުގައި ހަ ޕޮއިންޓުގެ ލީޑެއް އޮތް ނަމަވެސް ރިދޯއި ވަނީ ނަތީޖާ އަނބުރާލައިފަ އެވެ.

ދެ ވަނަ ސިންގަލްސްގައި ބަންގްލަދޭޝްގެ ރާމްހިމް އަތުން ރާއްޖޭގެ މޫސާ މުންސިފް ވަނީ 3-1 ސެޓުން ބަލިވެފަ އެވެ. މި ގޭމުގެ ފުރަތަމަ ދެ ސެޓު ރާމްހިމް ގެންދިޔައީ 05-11، 07-11 އިންނެވެ. ތިން ވަނަ ސެޓު 11-08 އިން ގެންގޮސް މުންސިފް އުންމީދެއް ހޯދި އެވެ. އެކަމަކު، ހަތަރު ވަނަ ސެޓު 02-11 އިން ގެންގޮސް ރާމްހިމް މޮޅުވީ އެވެ.

ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ރާއްޖޭގެ ޝައްފާން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު

ރާއްޖެ ކޮޅަށް މި މެޗުގެ އޮއެވަރު ބަދަލުވީ އިސްމާއިލް ޝައްފާން ކުޅެން އެރި ހިސާބުންނެވެ. ތިން ވަނަ ގޭމް، ފުރަތަމަ ޑަބަލްސްގައި ރާއްޖޭގެ ޝައްފާން އާއި މުންސިފްގެ ޕެއާ ވަނީ ބަންގްލަދޭޝްގެ ރާމްހިމް އާއި ސާބިރުގެ ޕެއާ 3-1 އިން ބަލިކޮށްފަ އެވެ. ސެޓުތައް ދިޔައީ 11-09، 11-07، 11-02 އަދި 11-06 އިންނެވެ.

ހަތަރު ވަނަ ގޭމް، ޝައްފާންގެ ސިންގަލްސްގައި އޭނާ ވަނީ 3-0 އިން ރިދޯއި ބަލިކޮށްފަ އެވެ. ޝައްފާން ސެޓުތައް ގެންދިޔައީ 11-09، 11-05 އަދި 12-10 އިންނެވެ. ރިދޯއި ވަނީ ފުރަތަމަ ސިންގަލްސްގައި ޒީސްތު ބަލިކޮށްފަ އެވެ. އެކަމަކު، މި ފަހަރުގެ ސޮލިޑާރިޓީ ގޭމްސްގައި ރަނގަޅު ކުރިއެރުމެއް ހޯދި ޝައްފާން ކައިރީގައި ރިދޯއި އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.

ނަތީޖާ ނެރެން ކުޅެން ޖެހުނު ސެޓުގައި ރާއްޖޭގެ ޒީސްތު ނުކުުތީ ސާބިރުއާ ދެކޮޅަށެވެ. މި ގޭމް ސީދާ ތިން ސެޓުން ކާމިޔާބުކޮށް ބަންގްލަދޭޝް ވަނީ ކުއާޓާ ފައިނަލުގެ ޖާގަ ޔަގީންކޮށްފަ އެވެ. ސެޓުތައް ގެންދިޔައީ 06-11، 10-12 އަދި 09-11 އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox