ޗެލްސީ ދޫކޮށް ވާނާ އަލުން ކުރީގެ ޓީމު ލައިޕްޒިގަށް

Aug 10, 2022, 12:55 AM
ޗެލްސީ ދޫކޮށް ވާނާ އަލުން ކުރީގެ ޓީމު ލައިޕްޒިގަށް

ލަންޑަން (އޮގަސްޓް 10) - މީގެ ދެ އަހަރު ކުރިން ޗެލްސީ އަށް ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ގަތް، ޖަރުމަނުގެ ފޯވާޑް ޓިމޯ ވާނާ، އޭނާ ކުރިން ކުޅުނު އާރްބީ ލައިޕްޒިގަށް އަލުން ބަދަލުވެއްޖެ އެވެ.

ޗެލްސީން 2020 ވަނަ އަހަރުގެ ޖޫން މަހު ވާނާގެ ސޮއި ހޯދީ ލައިޕްޒިގަށް 55 މިލިއަން ޑޮލަރުގެ ފީއެއް ދައްކާގޮތަށެވެ. ދެ އަހަރު ފަހުން ލައިޕްޒިގުން އަލުން ވާނާ ގެނައިިއިރު، ދެއްކި ޓްރާންސްފާ ފީއެއް ރަސްމީކޮށް އެއްވެސް ކްލަބަކުން ހާމަނުކުރެ އެވެ.

ރިޕޯޓްތައް ބުނާގޮތުން ލައިޕްޒިގުން ވަނީ ވާނާގެ ސޮއި ހޯދަން 30 މިލިއަން ޑޮލަރުގެ ފީއެއް ޗެލްސީ އަށް ދޭން ނިންމައިފަ އެވެ. ވާނާ، 26، ވަނީ ލައިޕްޒިގާ އެކު ހަތަރު އަހަރުގެ ކޮންޓްރެކްޓެއް ހަދައިފަ އެވެ.

ވާނާ ބުނީ އަލުން ލައިޕްޒިގަށް އާދެވުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށާއި 2016-2020 އަށް ލައިޕްޒިގުގައި ދެއްކި ކުޅުމަށް ވުރެ ރަނގަޅު ކަންތައްތަކެއް މި ފަހަރު އެ ޓީމާ އެކު ހޯދަން ބޭނުންވާ ކަމަށެވެ.

"ލައިޕްޒިގަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާގެ ގޮތުގައި ހުރެ، އަހަރެން މި ޓީމު ދޫކޮށްލީ. އަލުން އެނބުރި އައިސް ވެސް އަހަރެން ބޭނުންވަނީ ފަސް އެނބުރި ބެލުމެއް ނެތި މަސައްކަތް ކުރަން،" ލައިޕްޒިގަށް މީގެ ކުރިން 159 މެޗުން 95 ގޯލު ޖެހި ވާނާ ބުންޏެވެ.

ޗެލްސީ އަށް ކުޅުނުއިރު ވާނާގެ ގޯލު ޖެހުމުގެ ރެކޯޑް ފެނުނީ ދަށްކޮށެވެ. ޗެލްސީ އަށް ކުޅެދިން 89 މެޗުން ޖެހުނީ 23 ގޯލެވެ. ލީގަށް އެކަނި ބަލާނަމަ 56 މެޗުން ޖެހުނީ 10 ގޯލެވެ.

ޗެލްސީގައި އަމިއްލަ ރެކޯޑްތައް ދަށް ނަމަވެސް ވާނާ ވަނީ އެ ޓީމާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެ ގޮތުން ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕް އަދި ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި އެވެ.

ވާނާ އަކީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޗެލްސީ ދޫކޮށް ކުރީގެ ކްލަބާ ގުޅުނު ދެ ވަނަ ކުޅުންތެރިޔާ އެވެ. ވާނާގެ ކުރިން ރޮމެލޫ ލުކާކޫ ވަނީ ޗެލްސީ ދޫކޮށް ކުރިން ކުޅުނު އިންޓަ މިލާނަށް ލޯން އުސޫލުން ބަދަލުވެފަ އެވެ.

ޗެލްސީން މިދިޔަ އަހަރު ލުކާކޫގެ ސޮއިހޯދީ 98 މިލިއަން ޕައުންޑް (135 މިލިއަން ޑޮލަރު)ގެ ފީ އަކަށެވެ. އެއީ އެ ކްލަބުން އެއް ކުޅުންތެރިއަކަށް ހަރަދުކުރި އެންމެ ބޮޑު ފީ އެވެ. ކުރިއަށް އޮތް ސީޒަނަށް ލުކާކޫގެ ލޯން ފީގެ ގޮތުގައި އިންޓަ އިން ޗެލްސީ އަށް ފުރަތަމަ ދައްކާނީ 8.3 މިލިއަން ޑޮލަރެވެ. ލުކާކޫ ޓީމުގައި ހިމެނިގެން، އިންޓަ އިން އިޓާލިއަން ލީގު ނޫނީ އެހެން ބޮޑު މުބާރާތެއް ކާމިޔާބުކޮށްފިނަަމަ އިންޓަ އިން އިތުރު 4.2 މިލިއަން ޑޮލަރު ދައްކާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox