އިސްލާމިކް ސޮލިޑާރިޓީ ގޭމްސް: ގައުމީ ޓީޓީ އަންހެން ޓީމުން ޖިބޫޓީ ބަލިކޮށްފި

Aug 9, 2022, 8:00 AM
ިއިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ދީމާ އާއި ރަފާ ކުޅުނު ޑަބަލްސް މެޗުގެ ތެރެއިން.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު

ިއިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ދީމާ އާއި ރަފާ ކުޅުނު ޑަބަލްސް މެޗުގެ ތެރެއިން.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު

ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ގައުމީ އަންހެން ޓީޓީ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ޖިބޫޓީ އަތުން 3-0 އިން މޮޅުވެއްޖެ އެވެ.

ކޮންޏާގެ ތުޔަޕް ފެއާ ސެންޓަރުގެ ޓީޓީ ކޯޓުގައި މިއަދު ހެނދުނު ކުޅުނު މެޗުގައި ރާއްޖޭން މޮޅުވީ ފުރަތަަމަ ކުޅުނު ދެ ސިންގަލްސް އިން ފާތިމަތު ޖުމާނާ ނިމާލް އާއި ފާތިމަތު ދީމާ އަލީ އެވެ. ފުރަތަމަ ޑަބަލްސްގައި ދީމާ އާއި އައިޝަތު ރަފާ ނާޒިމްގެ ޕެއާ ވަނީ މޮޅުވެފަ އެވެ. ރާއްޖޭގެ ތިން ގޭމް ވެސް ކާމިޔާބުކުރީ ސެޓެއް ވެސް ނުގެއްލި އެވެ.

ފުރަތަމަ ސިންގަލްސްގައި ޖުމާނާ ވަނީ 11-02، 11-09 އަދި 12-10 އިން ސެޓުތައް ގެންގޮސްފަ އެވެ. ފުރަތަމަ ސެޓުގައި ފަސޭހަކަމާ އެކު ޖުމާނާ ރަނގަޅު ލީޑަކާ އެކު ސެޓު ގެންދިޔަ ނަމަވެސް، ދެ ވަނަ ސެޓު ގެންދަން ޖެހުނީ ފަހަތުން އަރަ އެވެ. އަދި ތިން ވަނަ ސެޓުގައި ޖިބޫޓީގެ ކުޅުންތެރިޔާ، ރަނގަޅު ފައިޓެއް ދިން ނަމަވެސް ސެޓު ނިންމުމުގައި ޖުމާނާ ތަޖުރިބާގެ ބޭނުންހިފައި މޮޅުވި އެވެ.

ރާއްޖޭގެ ޖުމާނާ ކުޅުނު ސިންގަލްސް މެޗުގެ ތެރެއިން.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު

ދެ ވަނަ ސިންގަލްސްގައި ދީމާ ކުޅެން އަރައި، މާ ބޮޑު ޗެލެންޖެއް ނެތި ގޭމް ގެންދިޔަ އެވެ. އެ ގޮތުން ދީމާ ސެޓުތައް ގެންދިޔައީ 11-03، 11-07 އަދި 11-03 އިންނެވެ. ތިން ވަނަ އަށް ކުޅުނު ގޭމްގައި، ރާއްޖޭގެ އެއް ވަނަ ޕެއާ، ރަފާ އާއި ދީމާ ވަނީ 12-10، 11-06 އަދި 11-06 އިން ސެޓުތައް ގެންގޮސްފަ އެވެ. މި ގޭމުގެ ފުރަތަމަ ސެޓުގައި ޖިބޫޓީ ކުޅުންތެރިން ކޮންމެ ވެސް ވަރެއްގެ ޗެލެންޖެއް ދިނެވެ. އެކަމަކު، ރަފާ އާއި ދީމާ މެޗުގެ ޓެމްޕޯ އަށް ހޭނި ފުރަތަމަ ސެޓު ގެންގޮސް ކޮންފިޑެންސް ހޯދި އެވެ. ނަތީޖާ އަކަށް ވީ ދެން ކުޅުނު ދެ ސެޓު، ފަސޭހައިން ގެންގޮސް މެޗުން މޮޅުވުމެވެ.

ޓީޓީ އަންހެން ޓީމަށް މިއަދު އިތުރު މެޗެއް އެބައޮތެވެ. އެއީ ތުރުކީއާ ދެކޮޅަށް ކުޅޭ މެޗެވެ. ތުރުކީ ވަނީ ފުރަތަމަ މެޗުން ޔޫގާންޑާ ބަލިކޮށްފަ އެވެ. ކޮންމެ ގްރޫޕަކުން ދެ ޓީމު އަނެއް ބުރަށް ހޮވޭއިރު، ރާއްޖޭން ފުރަތަމަ މެޗުން މޮޅުވުމުން އަނެއް ބުރުގެ ފުރުސަތު އޮތީ ފަހިކޮށެވެ.

ރާއްޖޭގެ ފިިރިހެން ޓީޓީ ޓީމު ފުރަތަމަ މެޗުގައި މިއަދު ކުޅޭނީ އީރާނާ ދެކޮޅަށެވެ. އެ ގްރޫޕްގައި ދެން އޮތީ ބަންގްލަދޭޝް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox