ޔުނައިޓެޑުން އާނައޮޓޮވިޗާއި ރަބިއޯ ގަންނަން މަސައްކަތް ކުރަނީ

Aug 9, 2022, 3:44 AM
އޮސްޓްރިއާގެ މެޗެއްގެ ތެރެއިން ރަބިއޯ: ޔުނައިޓެޑުން އޭނާގެ ސޮއި ހޯދަން އަންނަނީ މަސައްކަތް ކުރަމުން.

އޮސްޓްރިއާގެ މެޗެއްގެ ތެރެއިން ރަބިއޯ: ޔުނައިޓެޑުން އޭނާގެ ސޮއި ހޯދަން އަންނަނީ މަސައްކަތް ކުރަމުން.

މެންޗެސްޓާ (އޮގަސްޓް 9) - މެންޗެސްޓާ ޔުނައިޓެޑުން ބޮލޯނިއާ އަށް ކުޅެމުން އަންނަ އޮސްޓްރިއާގެ ފޯވާޑް، މާކޯ އާނައޮޓޮވިޗާއި ޔުވެންޓަސްގެ ފްރާންސް މިޑްފީލްޑަރު އޭޑްރިއަން ރަބިއޯ ގަންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ކުރިން ޕްރިމިއާ ލީގުގައި ސްޓޯކް ސިޓީ އާއި ވެސްޓް ހޭމް ޔުނައިޓެޑަށް ކުޅުނު އާނައޮޓޮވިޗް، 33، އަށް ޔުނައިޓެޑުން ކުރި ނުވަ މިލިއަން ޑޮލަރުގެ ބިޑަށް އާނައޮޓޮވިޗް މިހާރު ކުޅެމުން އަންނަ ބޮލޯނިއާ އިން ވަނީ ނޫނެކޭ ބުނެފަ އެވެ.

ބޮލޯނިއާ އިން އާނައޮޓޮވިޗް ވިއްކާލަން ކިޔާ އަގު އުޅެނީ 15 މިލިއަން ޑޮލަރާ ގާތުގަ އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑަށް ބަދަލުވާން ބޭނުންވާތީ އާނައޮޓޮވިޗް އެކަން ރަސްމީކޮށް ބޮލޯނިއާ މެނޭޖްމަންޓަށް ވަރަށް އަވަހަށް އަންގާނެ އެވެ. އާނައޮޓޮވިޗް ބޭނުންވަނީ ކޮންމެ ގޮތެއް ހަދާފައި ވިޔަސް ޔުނައިޓެޑާ ކަހަލަ ބޮޑު ޓީމަކާ ގުޅެން ލިބުނު ފުރުސަތުގެ ބޭނުންހިފަން ކަމަށް އިނގިރޭސި ދި ޓެލެގްރާފް ނޫހުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ޔުވެންޓަސްގެ ޕްރެކްޓިހެއްގެ ތެރެއިން ރަބިއޯ: އޭނާ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ކްލަބް ބަދަލުކުރުމުގެ ފުރުސަތު ބޮޑު

ބާސެލޯނާގެ ފްރެންކީ ޑި ޔޯން ގަންނަން ފާއިތުވި ދެ މަހެއްހާ ދުވަހު ޔުނައިޓެޑުން ކުރި މަަސައްކަތުގައި އަލި މަގެއް ނުފެނެ އެވެ. އެކަން ދިގުލައިދާތީ އާއި މި ފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ޔުނައިޓެޑް އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ބަލިވުމުން ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ވަނީ އާ މިޑްފީލްޑަރެއް ހޯދުން އަަވަސްކޮށްލަން އެ ކްލަބްގެ ސީނިއާ މެނޭޖްމަންޓަށް ހުށަހަޅައިފަ އެވެ.

އިޓަލީގެ ބައެއް ނޫސްތަކުން ރިޕޯޓްކުރާގޮތުގައި ޔުނައިޓެޑުން މިހާރު ވަނީ ޔުވެންޓަސްގެ ރަބިއޯ ގަންނަން އެ ކްލަބާ އެކު އަނގަބަހުން އެއްބަސްވުމަކަށް އަތުވެފަ އެވެ. އެއީ 15-18 މިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ.

ޕީއެސްޖީ ދޫކޮށް ޔުވެންޓަސްއާ 2019 ވަނަ އަހަރު ހިލޭ ޓްރާންސްފާއެއްގައި ގުޅުނު ރަބިއޯ މި ވަގުތު ޔުވެންޓަސްގެ ކޮންޓްރެކްޓްގައި ހުރީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެހެންވެ، ޔުވެންޓަސް އިން ބޭނުންވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގެ ތެރޭގައި ރަބިއޯ އަށް ރަނގަޅު ފީއެއް ލިބޭނަމަ ދޫކޮށްލާށެވެ.

ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރަބިއޯގެ އޭޖެންޓް، އޭނާގެ މަންމަ ވެރޯނިކް ވަނީ ޔުނައިޓެޑްގެ އޮފިޝަލުންނާ ބައްދަލުވުންތަކެއް ބާއްވައި، ރަބިއޯގެ ޓްރާންސް ކަންކަމާ މެދު އެއްބަސްވުމަކަށް އަތުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް މާޒިޔާ އިން ތިން ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، މާޒިޔާ ވަނީ ލީގު ތާވަލުގެ ތިންވަނައަށް ޖެހިލާފައި. މިއީ މި ފަހަރު ލީގުގައި މާޒިޔާ އިން ހޯދި ތިން ވަނަ މޮޅު. މި މޮޅާއެކު މާޒިޔާ އަށް 10 ޕޮއިންޓް ލިބިފައިވާއިރު، ބިސް ބުރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައި.

ޔުނައިޓެޑްގައި ޓެން ހާގް ފެއިލްވީ ރޮނާލްޑޯގެ ސަބަބުން

މެންޗެސްޓާ ޔުނައިޓެޑްގައި އޭނާ ފެއިލްވި އެއް ސަބަބަކީ ކްރިސްޓިއާނޯ ރޮނާލްޑޯއާ ދިމާވި މައްސަލަތައް ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފި. ޓެން ހާގް ހާމަކުރި ގޮތުގައި ރޮނާލްޑޯގެ އަމަލުތަކުގެ ސަބަބުން ޓީމުގެ މަސައްކަތްތަކަށް ބުރޫއަރައި، ކޯޗުގެ އިރުޝާދުތަކަށް އޭނާ ފުރިހަމައަށް އިހުތިރާމް ކޮށްފައެއް ނުވޭ

ދިއްދޫ ބަލިކޮށް ޓީސީ އަށް ދެ ވަނަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ 1-0 އިން ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ދެވަނަ މޮޅު ހޯދައިފި. މި މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ ޓީސީގެ ބްރެޒިލް މިޑްފީލްޑަރު ޖޯސޭ މެގްސަން އެވެ. މި މޮޅާއެކު ޓީސީން ވަނީ ތާވަލުގެ ހަތް ވަނަ އަށް ޖެހިލައިފައި.

ގައްދޫން ނަޒީހުއާ އެކު ހަދާފައި އޮތް އެއްބަސްވުން އުވާލައިފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ގައްދޫ ޓީމުގެ ހެޑް ކޯޗު ނަޒީހުއާ އެކު ހަދާފައިވާ އެއްބަސްވުން އެ ކްލަބުން އުވާލައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން ވެސް ބަލިވެ، ޕޮއިންޓެއް ނުލިބި ގައްދޫ ލީގު ތާވަލުގެ އެންމެ ފުލުގައި އޮތުމާ ގުޅިގެން. އެ ކްލަބުން މިހާރު އަންނަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން

އާޖެންޓީނާ މެޗު މައްސަލައިގައި މިސްރަށް ފީފާ އިން ފިޔަވަޅުތަކެއް

ވޯލްޑް ކަޕްގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކަށް ހިތްހަމަނުޖެހުން ފާޅުކޮށް ފާޑުކިޔުމުން، ފީފާ އިން ވަނީ މިސްރުގެ ކޯޗާއި ބައެއް ކުޅުންތެރިންނަށް ފިޔަވަޅު އަޅައިފައި. މިގޮތުން ކޯޗު ހޮސާމް ހަސަން އާއި އިބްރާހިމް ތިން މެޗަށް، އަދި ކުޅުންތެރިޔާ ޒީކޯ ފަސް މެޗަށް ސަސްޕެންޑް ކުރަން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ނިންމައިފައި

މެންޗެސްޓާ ސިޓީގެ ސެމެންޔޯ ދެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

މެންޗެސްޓާ ސިޓީގެ ފޯވާޑް އަންޓުއާން ސެމެންޔޯގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހު އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ. މި އަނިޔާ އޭނާއަށް ލިބުނީ އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ކަމަށްވާއިރު، އޮޕަރޭޝަނެއް ކުރަން ނުޖެހުނަސް ފިޓްވާން އަށް ހަފްތާ ނަގާނެ ކަމަށް ކޯޗު ވަނީ ބުނެފައި.

ޕްރިމިއާ ލީގު ރަނގަޅުވާނީ ރެފްރީންގެ ފެންވަރު ވެސް ރަނގަޅުވެގެން

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ރެފްރީންގެ ފެންވަރު މަތިކުރަން ޖެހޭ ކަމަށް ކްލަބް އީގަލްސްގެ ކޯޗު ބެންޖޯ) ބުނެފި. އޭނާ މިހެން ބުނީ އެންމެ ފަހުން ދިއްދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކުގެ ސަބަބުން ދިމާވި ގޮންޖެހުންތަކަށް އިޝާރާތްކޮށް، ކްލަބްތަކުގެ މަސައްކަތާ އެއްވަރަށް ރެފްރީންގެ ލެވަލް ރަނގަޅުކުރަން ޖެހޭ ކަމަށް

Newsletter

Get the latest news delivered straight to your inbox