ރިލްވާން ގެއްލުވާލިތާ އަށް އަހަރު؛ އެކަމުގެ ފަހަތުގައި ތިބި މީހުން މިނިވަންކަމާ އެކު ތިބުމުގެ ކަންބޮޑުވުން

ރިލްވާން ގެއްލުވާލިތާ އަށް އަހަރު؛ އެކަމުގެ ފަހަތުގައި ތިބި މީހުން މިނިވަންކަމާ އެކު ތިބުމުގެ ކަންބޮޑުވުން

ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމުގެ ޖަރީމާއަށް މިއަދު އަށް އަހަރު ފުރިފައިވާއިރު އެކަމުގެ ފަހަތުގައި ތިބި މީހުން މިނިވަންކަމާ އެކު ތިބުމުގެ ކަންބޮޑުވުން ރާއްޖޭގައި އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ ކުރިއެރުވުމަށް ވަކާލާތުކުރާ އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް އިން ފާޅުކޮށްފި އެވެ.

މިނިވަން ނިއުސްގައި މަސައްކަތް ކުރި ނޫސްވެރިޔާ ރިލްވާން ގެއްލުވާލާފައި ވަނީ އޯގަސްޓް 7، 2014 ގަ އެވެ. އެ ޖަރީމާއަށް މިއަދު އަށް އަހަރު ފުރުމާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި އެ ޖަމިއްޔާއިން ބުނީ "ރިލްވާން އަށް ހަމަލާދީފައި ވަނީ އޭނާއަކީ އިސްލާމްދީނާ ދެކޮޅު މީހެއްކަމަށް ތުހުމަތުކުރާ ބައެއް" ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިދިޔަ ޖޫން މަހު ހައްޔަރު ކުރި އިސްމާއިލް އަބްދުއްރަހީމް އާދަމް (އިސޫ) އާއި އަހުމަދު އިސްމާއިލް (ބުރު އަހަނދު) އަދި އަހުމަދު މުއާޒް (ގަޓް މުއާ) ގެ މައްޗަށް ވަނީ ދައުވާ ވެސް އުފުލާފަ އެވެ. އެކަމަށް އެ އެސޯސިއޭޝަނުން މަރުހަބާ ކިޔާފައިވެ އެވެ.

"އެހެންނަމަވެސް ހަގީގަތަކީ، އެކަން ހިންގުމުގެ ފުރަގަހުގައި ތިބި މީހުން އަދިވެސް މިނިވަންކަމާ އެކު ތިބިކަމެވެ. އަދި، އެއީ ރިލްވާންއެކޭ އެއްފަދައިން އިތުރު އެތައް ބަޔަކަށް ބިރުދައްކައި، އިންޒާރުދީފައިވާ ބައެކެވެ،" މިކަމާ ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެން ފުރަތަމަ ދުވަހު، ގެއްލުވާލާފައިވާ މީހުންނަށް ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރުމަށް ރިޔާސީ ކޮމިޝަނެއް އުފެއްދެވި އެވެ. އަދި ރިލްވާން އަދި ޔާމީން ރަޝީދުގެ މައްސަލަ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ތަހުގީގު ކުރަން ފެށި އެވެ.

"ރިލްވާން ގަދަކަމުން ގެއްލުވައިލި މައްސަލަ ތަހުގީގުކުރުމަށް ހުރަސްއަޅައި، މައްސަލައާ ގުޅުންހުރި ކަމަށް ބެލެވޭ މީހުން ދިވެހިރާއްޖެއިން ފިލައިގެން ދިއުމަށް އެހީތެރިވެދީ އަނެއްބަޔަކު ރައްކާތެރިކޮށްދިން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ރިލްވާންގެ އާއިލާއިން ހަތަރު އަހަރުވަންދެން އަނިޔާ ތަހައްމަލުކުރި އެވެ. އިތުރު ހަތަރު އަހަރު ދުވަހު އާއިލާއިން އިންތިޒާރުކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންނެވި އިންސާފަށެވެ،" މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މި ޖަރީމާގެ އަސްލު ހޯދައި ދިނުމަށް ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދަކީ އެމަނިކުފާނަށް އެތައް ބަޔަކު ވޯޓު ދިން ސަބަބެއް ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

"ރިލްވާން ގަދަކަމުން ގެއްލުވައިލުމުގެ ފުރަގަހުގައި ތިބި މީހުން އިންސާފުގެ ކުރިމައްޗަށް ނުގެނެވޭހާ ހިނދަކު ރައީސް ސޯލިހުގެ ރިޔާސީ ވައުދުތައް ފުއްދަވައިދެއްވި ކަމަށް ގަބޫލުނުކުރެވޭނެ ކަން އެމަނިކުފާނަށް އަޅުގަނޑުމެން ހަނދުމަކޮށް އަރުވަމެވެ،" އަދިވެސް އެ މައްސަލައިގައި މާ ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިނުވާ ކަންބޮޑުވުން އޮތްކަން ހާމަކުރަމުން އެ ބަޔާނުގައި ބުނެފައިވެ އެވެ.

ރިލްވާންގެ މައްސަލައިގައި މަރު ކޮމިޝަނުގެ ތަފްސީލު ރިޕޯޓެއް ވެސް ހާމަ ކުރި އެވެ. ރާއްޖޭގައި އުޅޭ އަލްގައިދާ ގެ ގޮތްޕަކަށް އިނގިލި ދިއްކުރުމަށްފަހު، ރިޕޯޓުގައި ބުނެފައި ވަނީ ރިލްވާން ޝަހީދުކޮށްލާފައިވާ ކަމަށެވެ.

ރިލްވާން މަރާލީ އޭނާއަކީ މުރުތައްދެއް ކަމަށް ކަނޑައަޅައި އެ ޖަމާއަތް ތެރޭގައި ހުކުމް ކުރުމަށްފަހު ދީނުގެ ނަމުގައި ކަމަށް ވެސް މަރު ކޮމިޝަނުން ބުންޏެވެ. އަދި ރިލްވާން މަރާލީ ޝަހާދަތުގެ ދެކަލިމަ އޭނާ ކިޔައި ކިޔައި އޮއްވާ ކަމަށް ވެސް ކޮމިޝަނުން ހާމަ ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox