ރިލްވާނާއި ޔާމީންގެ މަރު: ހެކި ނެތިގެން އަހަނދު މިނިވަންވެއްޖެ

ރިލްވާނާއި ޔާމީންގެ މަރުގެ މައްސަލާގައި ހައްޔަރު ކުރި އަހަނދު; ހެކި ނެތިގެން އޭނާ ވަނީ މިހާރު ސަލާމަތްވެފައި -- ފައިލް ފޮޓޯ: އަދަދު

ރިލްވާނާއި ޔާމީންގެ މަރުގެ މައްސަލާގައި ހައްޔަރު ކުރި އަހަނދު; ހެކި ނެތިގެން އޭނާ ވަނީ މިހާރު ސަލާމަތްވެފައި -- ފައިލް ފޮޓޯ: އަދަދު

ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ވަގަށް ނަގައި މަރާލި މައްސަލަ އަދި ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކޮށް ދައުވާކުރި އަހުމަދު އިސްމާއިލް (ބުރު އަހަނދު)ގެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފި އެވެ.

މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމާ އަހަނދުގެ މައްސަލަ އިއްޔެ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ, އެ މައްސަލަ ކުރިއަށް ގެންދެވޭނެފަދަ ހެކިތަކެއް ހުށަހަޅާފައި ނުވާތީ އެވެ. އަހަނދުގެ މައްޗަށް ކުރީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ އެވެ.

އޭނާގެ މައްޗަށް އެ ދައުވާ ކުރީ ޔާމީން ރަޝީދު މަރާލުމަށް މަގުފަހިކޮށްދިނުމަށް ފާރަލުމުގެ ކަންކަން އިންތިޒާމުކޮށް އެހީތެރިވެދީފައިވާ ކަމުގެ ތުހުމަތު ކޮށްފަ އެވެ. ޔާމީން ރަޝީދު މަރާލީ, ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި އިސްލާމް ދީނާ ފުށުއަރާ ހިޔާލު ފާޅުކުރާ ކަމަށް ބުނެ އެވެ.

Advertisement

ކްރިމިނަލް ކޯޓުން އިއްޔެ ނިންމި ނިންމުމުގައި ބުނީ އަހަނދުގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތު ކުރުމަށް އޭނާއަކީ ވަކި ފިކުރެއް ކުރިއެރުވުމުގެ ގަސްދު އޮތް މީހެއް ކަމުގެ ހެއްކާއި, ޔާމީން ރަޝީދު މަރާލާފައިވާ ކަމުގެ އިތުރުން ޔާމީން މަރަން މަގުފަހިކުރުމަށްޓަކައި އޭނާއަށް ފާރަލުމުގެ އިންތިޒާމް ހަމަޖައްސައިދީފައިވާ ކަމުގެ ހެކި ހުށަހަޅަންޖެހޭ ކަމަށެވެ.

އެހެން ނަމަވެސް, ޔާމީން މަރަން މަގުފަހިކުރުމަށްޓަކައި އޭނާއަށް ފާރަލުމުގެ އިންތިޒާމް ހަމަޖައްސައިދީފައިވާކަން ސާބިތު ކުރެވޭހާ ހެކި ދައުލަތަށް ހުށަހެޅިފައި ނުވާ ކަމަށް ނިންމުމުގައި ބުނެ އެވެ. އަދި މި މައްސަލާގައި ދައުލަތަށް ސާބިތުކޮށްދެވުނީ, ޔާމީން މަރާލުމުގައި އަމަލީގޮތުން ހަރަކާތްތެރިވި މީހުންނާ އަހަނދުއާ ގުޅުމެއް އޮތްކަން އެކަނި ކަމަށެވެ.

"ޔާމީން ރަޝީދުއަށް ފާރަލީކަމާއި އެކަން ކުރި ގޮތަކާއި އެކަން ކުރިކަމުގެ މައުލޫމަތަކީ ޔަގީންކަމާއެކު ބަޔާންކޮށްފައިވާ މައުލޫމާތެއް ނޫންކަން [ހެކީގެ ގޮތުގައި ހުށަހެޅި އިންޓެލިޖެންސް] ރިޕޯޓުތައް ކިޔާލުމުން އެނގެ އެވެ. މީގެ އިތުރުން އެ ރިޕޯޓުތަކުގައި ބަޔާންކުރާ ކަންކަމަށް ބާރުލިބިދޭނެ ޑައިރެކްޓް އެވިޑެންސެއް ހުށަހެޅިފައި ނުވެ އެވެ." ކްރިމިނަލް ކޯޓުގެ ނިންމުމުގައި ވެއެވެ.

ކްރިމިނަލް ކޯޓުން ބުނި ގޮތުގައި, ދައުލަތުން ހުށަހެޅި އިންޓެލިޖެންސް ރިޕޯޓުގައި ބަޔާންކުރާ ކަންކަމުގެ އަލީގައި ކޮންމެވެސް ވަރެއްގެ ހެއްކެއް ލިބުނަސް, މި މައްސަލާގައި ތުހުމަތު ކުރެވޭ މިންވަރަށް ހެކި ލިބެން ވާނެ އެވެ. ނަމަވެސް އެ މިންވަރަށް ހެކި ނުލިބޭތީ, ކުށްކުރި ކަމަށް ބެލެވޭ މިންވަރަށްވުރެ ކުށް ނުކުރާކަމަށް ބޮޑަށް ބުރަވެވޭ ކަމަށް އެ ކޯޓުގެ ނިންމުމުގައި ބުނެފައިވެ އެވެ.

ދެ މަރުގެ ފަސްފަހަތް

މިނިވަން ނޫހުގައި މަސައްކަތް ކުރި ނޫސްވެރިޔާ ރިލްވާން ގެއްލުވާލާފައި ވަނީ އޯގަސްޓް 7، 2014 ގަ އެވެ. ޓެރަރިސްޓު ޖަމާއަތް އައިސިސް އަދި އަލް-ގައިދާ އަށް ނިސްބަތްވާ ދިވެހި ބަޔަކު ރިލްވާން މަރާލުމަށްފަހު ކަނޑު ފެއްތި ކަމަށް މަރު ކޮމިޝަނުން ބުނެފައި ވަނީ ވެސް ސެޕްޓެމްބަރު، 2019، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ރިލްވާން މަރާލީ އޭނާއަކީ މުރުތައްދެއް ކަމަށް ކަނޑައަޅައި އެ ޖަމާއަތް ތެރޭގައި ހުކުމް ކުރުމަށްފަހު ދީނުގެ ނަމުގައި ކަމަށް ވެސް ރިޔާސީ ކޮމިޝަނުން ބުންޏެވެ. އަދި ރިލްވާން މަރާލީ ޝަހާދަތުގެ ދެކަލިމަ އޭނާ ކިޔައި ކިޔައި އޮއްވާ ކަމަށް ވެސް ކޮމިޝަނުން ބުނެފައިވެ އެވެ.

ބްލޮގަރު ޔާމީން ރަޝީދު މަރާލީ ރިލްވާންގެ މައްސަލައިގައި އިންސާފު ހޯދުމަށް އޭނާ ގިނަ މަސައްކަތްތަކެއް ކުރަމުންދަނިކޮށް އޭޕްރީލް 23، 2017 ގަ އެވެ. އޭނާ މަރާލި މައްސަލައިގައި ދެ މީހެއްގެ މައްޗަށް ވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވެފަ އެވެ.

ހުޅުމާލެ އިން ރިލްވާން ވަގަށް ނަގައި ފޮރުވި މައްސަލައިގައި ފުލުހުންގެ ތަހުގީގަށް ފަހު ބަޔަކު ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާތަކެއް މީގެ ކުރިން އުފުލި އެވެ. އެއީ، ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ އިތުރުން ސ. ހުޅުދޫ، އަތިޔާގޭ، މުހައްމަދު ސުއައިދުގެ މައްޗަށެވެ.

މި ތިން މީހުންގެ ތެރެއިން އާލިފް އާއި މުހައްމަދު ނޫރައްދީން ވަނީ މި މައްސަލާގައި ހައްޔަރުކުރުމަށް ފަހު ދޫކޮށްލައިފަ އެވެ. ސުއައިދު ދޫކޮށްލުމާއެކު ރާއްޖޭން ބޭރަށް ގޮސް ސީރިއާގެ ހަނގުރާމައިގެ ތެރޭގައި މަރުވެފައިވާ ކަމަށް ވަނީ އަޑު ފެތުރިފަ އެވެ. ރަސްމީ އެއްވެސް އިދާރާއަކުން މިކަން ކަށަވަރެއް ނުކޮށްދެ އެވެ. އެކަމަކު އޭނާ މަރުވެފައިވާ ކަމަށް އާއިލާ އިން ވަނީ ކްރިމިނަލް ކޯޓަށް އަންގައިފަ އެވެ.

ޔާމީނަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް، އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

އޭގެ ތެރެއިން ކުށް ސާބިތުވީ ހައިޝަމާއި ޒިހާންގެ މައްޗަށެވެ. ދަށު ކޯޓުގައި ކުށް ސާބިތުނުވާ މީހުންގެ ތެރެއިން އިސްމާއީލް ރަޝީދާއި މުހައްމަދު ދިފްރާންގެ މައްސަލަ ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ދެން ހިމެނޭ ދެ މީހުންގެ މައްސަލަ އިސްތިއުނާފު ނުކުރަން ވަނީ ނިންމައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ތަހުގީގު ފުރިހަމަ ނުވެ އޮތް ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތަކުގެ ތަހުގީގު ފުރިހަމަކުރަން ރިޔާސީ ކޮމިޝަނެއް އެކުލަވާލި އެވެ. ޓެރަރިޒަމްގެ ދައުވާތަކެއް މި ފަހުން އުފުލި ތިން މީހުން ހައްޔަރު ކުރީ އެ ތަހުގީގަށް ފަހު މިދިޔަ އަހަރުގެ ތެރޭގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox