މަރު ކޮމިޝަނުގެ ހޯދުންތައް އެއްވެސް ބަޔަކާ ހިއްސާ ނުކުރަން ރައީސް އޮފީހުން އަންގައިފި

ނޫސްވެރިޔާ ރިލްވާން ގެއްލުވާލައި މަރާލި މައްސަލާގައި އިންސާފު ހޯދައިދިނުމަށް ގޮވާލައި ބޭއްވި އެއްވުމެއްގެ ތެރެއިން. އޭނާ މަރާލީ 2014 ވަނަ އަހަރު ކަމަށް މަރު ކޮމިޝަނުން ބުނޭ --- ފޮޓޯ: ފައިލް

ނޫސްވެރިޔާ ރިލްވާން ގެއްލުވާލައި މަރާލި މައްސަލާގައި އިންސާފު ހޯދައިދިނުމަށް ގޮވާލައި ބޭއްވި އެއްވުމެއްގެ ތެރެއިން. އޭނާ މަރާލީ 2014 ވަނަ އަހަރު ކަމަށް މަރު ކޮމިޝަނުން ބުނޭ --- ފޮޓޯ: ފައިލް

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލި ރިޔާސީ ކޮމިޝަނުން ކުރިއަށް ގެންދިޔަ ތަހުގީގުތަކުގެ ރިޕޯޓުތަކާއި ހޯދުންތައް ރައީސް އޮފީހުގެ ހުއްދަ ނެތި އެއްވެސް ބަޔަކާ ހިއްސާ ނުކުރުމަށް އެ ކޮމިޝަނަށް ރައީސް އޮފީހުން އަންގައިފި އެވެ.

އެ ހޯދުންތައް ހާމަކުރުމަށް ގޮވާލައި ރާއްޖެ އާއި ބައިނަލްއަގްވާމީ 12 ޖަމިއްޔާ ހިމެނޭހެން މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ. އޭގެ ތެރޭގައި, ވީއާ ޔާމީން, ނޫސްވެރިންގެ ޖަމިއްޔާ, އެސޯސިއޭޝަން ފޯ ޑިމޮކްރަސީ, ހިއުމަން ރައިޓްސް ވޮޗް, ރިޕޯޓާސް ވިތައުޓް ބޯޑާސް, ޓްރާންސްޕޭރެންސީ މޯލްޑިވްސް, އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް އަދި އެހެނިހެން ބައެއް ޖަމިއްޔާތައް ހިމެނެ އެވެ.

މި ޖަމިއްޔާތަކުގެ ކޯލިޝަނުން ވަނީ މެއި 7, ގައި މަރު ކޮމިޝަނާ ބައްދަލުކޮށްފަ އެވެ. ތަހުގީގުގެ ހޯދުންތައް ހަމައެކަނި ރައީސް އޮފީހާ ހިއްސާކުރުމަށް އަންގާފައިވާ ކަމަށް މަރު ކޮމިޝަނުން މައުލޫމާތު ދިން ކަމަށް ޖަމިއްޔާތަކުން ބުނެފައިވެ އެވެ. އަދި, އެއްވެސް މައުލޫމާތެއް އާންމުކޮށް ހާމަނުކުރާނެ ކަމަށް ކޮމިޝަނުން ބުނެފައިވެ އެވެ.

ރައީސް އޮފީހުގެ ހުއްދައާ ނުލައި އެއްވެސް މައުލޫމާތެއް އެއްވެސް ބަޔާކާ ހިއްސާ ނުކުރުމަށް މަރު ކޮމިޝަނަށް ރައީސް އޮފީހުން އަންގާފައިވާކަން "އަދަދު" ނޫހަށް ވެސް ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ ކަށަވަރު ކޮށްދީފަ އެވެ. މިކަމާ ގުޅިގެން މަރު ކޮމިޝަނުގެ ބަހެއް މިހާތަނަށް ލިބިފައި ނުވެ އެވެ.

ގާނޫނީ ހުރަހެއް އޮތް ކަމަށް ނުދެކޭ

"ތަހުގީގުގެ ހޯދުންތަކާ ގުޅޭ މައުލޫމާތު ހިއްސާ ނުކުރުމަކީ އެ އާއިލާތަކުގެ އެތަކެއް އިންސާނީ ހައްގުތަކަށް އުނިކަން ލިބޭ ފަދަ ކަމެއް. ހާއްސަކޮށް މައުލޫމާތު ހޯދުމާއި އިންސާފު ހޯދުމަށް މަސައްކަތް ކުރުމަށް އޮތް ހައްގަށް އުނިކަން ލިބޭ ކަމެއް," ތިން ސަފުހާގެ އެ ބަޔާނުގައި ބުނެފައިވެ އެވެ.

ރިޔާސީ ކޮމިޝަންތަކުގެ ގާނޫނުގެ ދަށުން އެ މައުލޫމާތުތައް ހާމަނުކުރެވޭނެ ހުރަހެއް އޮތް ކަމަށް ގަބޫލުނުކުރާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. ތަހުގީގުގައި ބަޔާންދިން ހެކިވެރިންގެ މައުލޫމާތުތައް ރައްކާތެރި ކުރުމަށް ބައިބައި އުނިކޮށްފައިވާ ރިޕޯޓަކަށް ޖަމިއްޔާތަކުންނާއި އާއިލާތަކުން އެއްބަސްވި ކަމަށް ވެސް ބުނެފައިވެ އެވެ.

ގާނޫނުގެ ދަށުން މައުލޫމާތު ހާމަނުކުރެވޭ ގޮތަށް އޮތް މާއްދާއާ ގުޅޭގޮތުން ސުވާލު ކުރުމުން އެ ކަމަށް މަރު ކޮމިޝަނުން އިޖާބަ ދީފައި ނުވާ ކަމަށް އާއިލާތަކުންނާއި ޖަމިއްޔާތަކުން ވަނީ ބުނެފަ އެވެ. އޭގެ ބަދަލުގައި, "އަންގާފައިވާ ގޮތަށް" އެ މައުލޫމާތު ހިއްސާކުރާނީ ރައީސުލްޖުމްހޫރިއްޔާއާ ކަމަށް މަރު ކޮމިޝަނުން ބުނި ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"އާއިލާތަކަށް އަންގާފައި އޮތީ ބައެއް މައުލޫމާތު އުނިކުރުމަށް ފަހު ރިޕޯޓު ހިއްސާކުރާނެ ކަމަށް. އެންމެ ފަހު ވަގުތު އެ ނިންމުން ބަދަލު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. ފާއިތުވި އަހަރުތަކުގައި ކޮމިޝަނަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދިނިން," ބްލޮގަރު ޔާމީންގެ ދައްތަ އައިޝަތު ރަޝީދު އެ ބަޔާނުގައި ބުނެފައިވެ އެވެ.

"ކޮމިޝަނުގެ ގާނޫނީ ޒިންމާ ފުރިހަމަ ނުކުރެވުނުއިރު ތެދު ހާމަކުރުމަށް އޮތް ޒިންމާ ވެސް އަދާނުކުރެވޭ. އަޅުގަނޑުމެންނަށް [އިންސާފު ހޯދުމަށް ވަކާލާތު ކުރާ އާއިލާތަކަށް] އެއްވެސް އެއްޗެއް ނެތް."

މަރު ކޮމިޝަނަށް ދައުލަތުގެ ބަޖެޓުންނާއި ބޭރުގެ އެހީގެ ދަށުން އެތައް ފައިސާއެއް ހަރަދުކޮށްފައިވާ ކަމަށާއި އެ ކޮމިޝަނަށް ނަތީޖާ ނުނެރެވުނު ސަބަބު ދިވެހި ރައްޔިތުންނަށް ހާމަކުރަން ޖެހޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ހާމަކަން ބޮޑު ސަރުކާރެއް ގާއިމު ކުރާނެ ކަމުގެ ވައުދާއެކު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެސް މި މައުލޫމާތުތައް ހާމަކުރުމަށް ޖަމިއްޔާތަކުން ވަނީ އެމަނިކުފާނަށް ގޮވާލާފަ އެވެ.

ޖަމިއްޔާތަކުން މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައި މިވަނީ މި މަހުގެ ނިޔަލަށް ކޮމިޝަންގެ ގާނޫނީ މުއްދަތު ހަމަވާތީ އެވެ.

މައްސަލައިގެ ތާރީހު

މަރު ކޮމިޝަންގެ ފަރާތުން ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި ވަނީ ރިޕޯޓެއް ނެރެފަ އެވެ. އެ ރިޕޯޓުގައި ހިމަނާފައި ވަނީ ފުލުހުން ކުރިން ހޯދާފައިވާ ގިނަ މައުލޫމާތުތަކެކެވެ. ޔާމީންގެ މަރުގެ މައްސަލައިގައި ކޮމިޝަނުން ރިޕޯޓެއް ނުނެރެ އެވެ.

މި މައްސަލަތަކާ ގުޅިގެން މިދިޔަ ސަރުކާރުގައި ތިން މީހުން ހައްޔަރުކުރި އެވެ. އެ މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާތަކެއް އުފުލުމަށް ފަހު ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބޭތިއްބުމަށް ފަހު މަދަނީ މިންގަނޑުން މައްސަލަތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި އެ މައްސަލަތައް ކޯޓުން ބަލާފައި ނުވެ އެވެ.

މިނިވަން ނިއުސްގައި މަސައްކަތް ކުރި ނޫސްވެރިޔާ ރިލްވާން ގެއްލުވާލާފައި ވަނީ އޯގަސްޓް 7، 2014 ގަ އެވެ. ޓެރަރިސްޓު ޖަމާއަތް އައިސިސް އަދި އަލް-ގައިދާ އަށް ނިސްބަތްވާ ދިވެހި ބަޔަކު ރިލްވާން މަރާލުމަށްފަހު ކަނޑު ފެއްތި ކަމަށް މަރު ކޮމިޝަނުން ބުނެފައި ވަނީ ވެސް ސެޕްޓެމްބަރު، 2019، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ރިލްވާން މަރާލީ އޭނާއަކީ މުރުތައްދެއް ކަމަށް ކަނޑައަޅައި އެ ޖަމާއަތް ތެރޭގައި ހުކުމް ކުރުމަށްފަހު ދީނުގެ ނަމުގައި ކަމަށް ވެސް މަރު ކޮމިޝަނުން ބުންޏެވެ. އަދި ރިލްވާން މަރާލީ ޝަހާދަތުގެ ދެކަލިމަ އޭނާ ކިޔައި ކިޔައި އޮއްވާ ކަމަށް ވެސް ކޮމިޝަނުން ހާމަ ކުރި އެވެ.

ބްލޮގަރު ޔާމީން ރަޝީދު މަރާލީ ރިލްވާންގެ މައްސަލައިގައި އިންސާފު ހޯދުމަށް އޭނާ ގިނަ މަސައްކަތްތަކެއް ކުރަމުންދަނިކޮށް އޭޕްރީލް 23، 2017 ގަ އެވެ. އޭނާ މަރާލި މައްސަލައިގައި ދެ މީހެއްގެ މައްޗަށް ވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox