މާލޭ ގެއެއްގެ ތެރޭން ޒަހަމްކޮށް މަރާލާފައި އޮތް އަންހެނަކު ފެނިއްޖެ

މާލޭ ގެއެއްގެ ތެރޭން ޒަހަމްކޮށް މަރާލާފައި އޮތް އަންހެނަކު ފެނިއްޖެ

މާލޭގެ ގެއެއްގެ ތެރޭގައި ޒަހަމް ތަކަކާއެކު މަރާލާފައި އޮތް އަންހެނަކު ފެނިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.

އަންހެންމީހާ މަރާލާފައި އޮއްވާ ފެނިފައިވަނީ ހ. ޝީރީންވިލާގެ 9 ވަނަ ފަންގިފިލާއިންނެވެ. އެނގިފައިވާ ގޮތުގައި، އެގޭގައި މަރާލާފައި އޮއްވާ ފެނުނީ ޏ. ފުވައްމުލަކަށް އުފަން ޝިއާއު މުހައްމަދު ސައީދު އެވެ.

އޭނާގެ ހަށިގަނޑު ދުށް ބައެއް މީހުން ބުނި ގޮތުގައި، އޭނާ މަރާލުމަށްފަހު ވަނީ އަތާއި ފައިވެސް ބުރިކޮށްލައިފަ އެވެ. އޭނާގެ އަތް ބުރިކޮށްލާފައިވަނީ އުޅަނބޮއްޓާ ހަމައިންނެވެ.

އަތާއި ފައިގެ އިތުރުން އަންހެން މީހާގެ ބޯވެސް ބުރިކޮށްލަން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ. ނަމަވެސް، ބޯ އެއްކޮށް ބުރިވެފައިނުވާ ކަމަށްވެ އެވެ.

އެކަމަކު މީގެން އެއްވެސް މައުލޫމާތެއް ރަސްމީ އެއްވެސް ފަރާތަކުން އަދި ޔަގީންކޮށްދީފައެއް ނުވެ އެވެ.

ނަމަވެސް، ފުލުހުން އެ މީހާގެ ހަށިގަނޑު ނެރުނު އިރު ދެ ބޮޑީ ބޭގް ވެސް ނެރުނެވެ. އެހެންވެ، ގުނަވަންތައް ބުރިކޮށްލާފައި ހުރި ކަމުގެ ވާހަކަތަކަށް ބާރުލިބެ އެވެ.

ޝިއާއު މަރުގެ ތުހުމަތު ކުޅަދާނަ ސްކޭޓަރު ސާހިލަށް!

މި ހާދިސާގައި ފުލުހުން މިހާތަނަށް ހާމަ ކޮށްފައިވާ ހަމައެކަނި މައުލޫމާތަކީ އެ ހާދިސާ ހިނގައިގެން އުޅޭ ކަމާއި އެކަމާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމެވެ.

ނަމަވެސް "އަދަދު"އިން ހޯދި މައުލޫމާތު އެނގުނީ މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ސްކޭޓް ބޯޑިން މުބާރާތް، ޖުގާޑް ސްކޭޓްބޯޑިން ގޭމް އޮފް ސްލޭޓް ކޮންޓެސްޓުން ފަހުރުވެރި ވަނަތަކެއް ހޯދާފައިވާ އަލީ ޝާހިލް، 23 ކަމެވެ.

ކަލާފާނު ސްކޫލުން ތައުލީމު ހާސިލްކުރި ޝާހިލަށް އެ މުބާރާތުން އެއް ވަނަ އާއި އެކްސްްޕްރެޝަން ސެޝަންގެ ތިން ވަނަ ވެސް ވަނީ ލިބިފަ އެވެ.

މި މަރާ ގުޅިގެން ފުލުހުން އިތުރު މައުލޫމާތެއް ދީފައިނުވި ނަމަވެސް، ހ. ޝީރީންވިލާގެ ކައިރީ އެ ވަގުތު ތިބި މީހުން ބުނި ގޮތުގައި، ޝާހިލް ހައްޔަރުކޮށްފައި ވަނީ އެ ސަރަހައްދުންނެވެ. އަދި ފުލުހުން އޭނާ އެ ގޭގެ އެ ފްލޯ އަށް ގެންގޮސް ވަރަށް ގިނަ އިރު އެތާނގައި ވެސް ގެންގުޅުނު ކަމަށްވެ އެވެ.

ޝިއާއުގެ ހަށިގަނޑު ތަހުގީގަށް ގަލޮޅު މޯޗަރީ އަށް ލާފައިވާއިރު މިއީ މި އަހަރު މާލޭގައި ހިންގި އެންމެ ރަހުމުކުޑަ އެއް މަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލޯ ޑިގްރީ އިމްތިހާނަށް މާލެ އަންނާކަށް ނުޖެހޭނެ: ބާ ކައުންސިލް

ލޯ ޑިގްރީގެ އިމްތިހާނުތައް ހެދުމަށް މާލެއަށް ނުވަތަ ވަކި ހާއްސަ ރަށަކަށް ހާޒިރުވުން ލާޒިމު ނޫން ކަމަށާއި، ދަރިވަރުން ދިރިއުޅޭ ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް މެދުވެރިކޮށް އިމްތިހާނު ހެދޭނެ މަގު ބާ ކައުންސިލުން ފަހިކޮށްދީފިއެވެ. އަންނަ އަހަރުން ފެށިގެން އަމަލުކުރާ މި އުސޫލުގެ ދަށުން އިމްތިހާނު ހަދާ ގޮތަށް ބަދަލު އައި ނަމަވެސް، ކޯހުގެ މަންހަޖާއި ކިޔަވައިދޭ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ތަރައްގީގެ އެއްވެސް ކަމެއް ކުރުމަށް ލާރިއެއް ނެތް: ޝާކިރު

އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދަށް ކެނޑުމަށްފަހު ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ނެތް ކަމަށް ވިދާޅުވެ މެންބަރު އަހުމަދު ޝާކިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ހަރަދުވަނީ ރިކަރަންޓް ކަންކަމަށް ކަމަށާއި، މަޝްރޫއުތައް ހިންގަން ޖެހެނީ އިތުރަށް ދަރަނި ނަގައިގެން ކަމަށެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުން ބޮޑެތި ގެއްލުންވަމުންދާ ދިއުމަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

"ސިޓިޒަންސް ކޮމްޕްލެއިންޓްސް" ލައުންޖުތަކެއް ގާއިމުކޮށްފި

ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް" ބިއުރޯގެ ދެ ލައުންޖެއް މިއަދު ވަނީ ހުޅުވައިފައެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ޚިދުމަތް ދޭ މި އޮފީސްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިންގާ، ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގާއިމުކުރި ތަންތަނެވެ.

ރިއަލް އެސްޓޭޓު ބިލު މަޖިލީހަށް ބަލައިގަނެފި

މި ބިލު ބަލައިގަންނަން ވޯޓު ދިނީ 42 މެންބަރުން. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 13 މެންބަރުން. މި ބިލު ދިރާސާކުރާނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން. މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް އިންތިޒާމުތަކެއް ހިމަނާފައިވާ ބިލެއް

ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފައިވާ އަބުރުގެ ބިލު ކޮމިޓީއަށް

ސޯޝަލް މީޑިއާގައި މީހެއްގެ އަބުރާ ބެހޭ ފަދަ ޕޯސްޓެއް ހިއްސާކޮށްފިނަމަ 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހެޅި އަބުރުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ. މި ބިލުގައި ބަހާއި، ފޮޓޯއާއި، އިޝާރާތް އަދި ފިލްމު ފަދަ ވަސީލަތްތައް މެދުވެރިކޮށް އަބުރާ ބެހުމުގެ ދައުވާ ކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

މަރުގެ އަދަބު ތަންފީޒު ކުރާ ބިލު ބަލައިގެންފި

ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރާ ގޮތަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ. މި ބިލުގައި މަރުގެ އަދަބު ތަންފީޒުކުރާނެ ގޮތާއި، އެކަން ހިންގާނެ ޕެނަލެއް އެކުލަވާލުމުގެ އިތުރުން، ބަލިވެއިނުމާއި ދަރިފުޅަށް ދެ އަހަރު ފުރުން ފަދަ އަދަބު ތަންފީޒުނުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.

ތިން ކުންފުންޏެއްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލްކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ތަކުރާރުކޮށް ހިލާފުވި ތިން ކުންފުންޏެއްގެ ލައިސަންސް އެމްއެމްއޭ އިން ބާތިލުކޮށް، އެ ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފިއެވެ. މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ކޮންޓްރޯލްކޮށް، ގަވާއިދާ ހިލާފު މުއާމަލާތްތައް ހުއްޓުވުމަށް އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

Newsletter

Get the latest news delivered straight to your inbox