އެފްއޭއެމް ދެ ވަނަ ޑިވިޝަން: ނިއު ބަލިކޮށް، އެލްޓީ ތާވަލްގެ އެއް ވަނަ އަށް

Aug 5, 2022, 6:21 PM
ނިއު އާއި އެލްޓީ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އިމޭޖަސް.އެމްވީ

ނިއު އާއި އެލްޓީ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އިމޭޖަސް.އެމްވީ

ފޯރިގަދަ ކުރިމަތިލުމެއްގައި ނިއު ރޭޑިއަންޓް އަތުން 3-2 އިން މޮޅުވެ، އެލްޓީ ސްޕޯޓްސް ކްލަބް ދެ ވަނަ ޑިވިޝަން މުބާރާތުގެ ގުރޫޕް ދޭއްގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

މި މެޗަށް ކުރިމަތިލިއިރު، 12 ޕޮއިންޓާ އެކު ނިއު ތާވަލްގެ އެއް ވަނައިގައި އޮތް ނަމަވެސް، މި މެޗުގެ ނަތީޖާއާ އެކު އެލްޓީ ވަނީ ނިއު ދެ ވަނަ އަށް ޖައްސާލައި، 13 ޕޮއިންޓާ އެކު ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ.

މި ނަތީޖާއާ އެކު، އެލްޓީ އަށް ވަނީ ސެމީ ފައިނަލްގެ އުންމީދު އާވެފަ އެވެ. މި ގުރޫޕްގައި ނިއު އާއި އެލްޓީ އަށް ބާކީ އޮތީ އެއް މެޗެވެ. ކްލަބް ޓީނޭޖާ ދެކޮޅަށް އެލްޓީ ކުޅޭ ފަހު މެޗުން ޕޮއިންޓެއް ހޯދިޔަސް އެ ޓީމަށް ސެމީ ފައިނަލްގެ ޖާގައެއް ލިބޭނެ އެވެ. އެ މެޗުން މޮޅުވެއްޖެނަމަ، ގުރޫޕްގެ އެއް ވަނަ އެލްޓީ އަށް ލިބޭނެ އެެވެ.

މެޗުގެ ފުރަތަމަ ހާފު ލަނޑެއް ނުޖެހި އެއްވަރުވިޔަސް، ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ނިއުގެ އުޒްބެކިސްތާން މިޑްފީލްޑަރު، ހައިދަރޯފް އެލްޓީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް، އެލްޓީގެ ތަޖުރިބާކާރު ގޯލްކީޕަރު އާތިފް އަހުމަދު (އާތީ) ވަނީ ދިފާއުކޮށްފަ އެވެ.

އެލްޓީގެ ފޯވަޑްލައިން ލީޑުކުރާ ތަޖުރިބާކާރު ފޯވަޑް އާދަމް ލަރީފް (ރޮނާ) މެޗުގެ 21 ވަނަ މިނިޓުގައި، ނިއުގެ ޕެނަލްޓީ އޭރިޔާގެ ތެރެއިން ބޮލުން ގޯލާ ދިމާލަށް ފޮނުވާލި ބޯޅަ އަށް ހުރަސްއެޅީ ނިއުގެ ޑިފެންޑަރު ސައްދާމު ހުސެއިނެވެ.

ދެ ވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ، ނިއު އިން ލީޑު ނެގީ އެ ޓީމުގެ ގާނާ ފޯވަޑް ކޯފީ އޮވޫސޫ ޖެހި ލަނޑުންނެވެ. އެލްޓީގެ ހާފު ތެރެއިން ސައްދާމް ދިން ބޯޅައަކަށް އަރައި، ނިއުގެ އަރިމަތިން ކުޅެމުންދިޔަ އަހުމަދު ސުހެއިލް (ބަމްޕުޗު) އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ، ކޯފޫ ވަނީ ބޮލުން ގޯލަށް އަމާޒުކޮށްލައިފަ އެވެ.

މެޗުގެ 55 ވަނަ މިނިޓުގައި ނިއުގެ މުހައްމަދު ލިޔާހު އަށް ވަނީ އިތުރު ލަނޑެއް ޖަހަން ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ނިއުގެ ހަމަލާތައް އުފެއްދުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރަމުންދިޔަ ގާނާގެ މިޑްފީލްޑަރު ތޯރިކް ޖެބްރިން ދިން ހިތްގައިމު ޕާހަކުން، ލިޔާހަށް ޕެނަލްޓީ އޭރިޔާ ތެރެއިން ހުސް ފުރުސަތެއް ތަނަވަސްވި އެވެ. އެކަމަކު އޭނާ ފޮނުވާލި ހަމަލާ، އެލްޓީގެ ކީޕަރު އާތީ ވަނީ ދިފާއުކޮށްފަ އެވެ.

ލީޑު ފުޅާކުރަން ލިބުނު ފުރުސަތުގެ ބޭނުން ނުހިފުމުގެ ނަތީޖާ ނިއު އަށް ލިބުނީ ވަރަށް ހިތިކޮށެވެ. މެޗުގެ 59 ވަނަ މިނިޓުގައި ރޮނާ ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ލިބުނީ އޭރިޔާ ތެރޭގައި މުޅިން ހުސްކޮށްހުރި އެލްޓީގެ ހުސެއިން ޝުއެއިބް އަށެވެ. ކުރިން ފުރަތަމަ ޑިވިޝަންގެ ކްލަބުތަކަށް ކުޅުނު ޝުއައިބު ބޮލުން ފޮނުވާލި ބާރު ބޯޅަ ގޯލަށް ވަނީ ނިއުގެ ކީޕަރު މިފްދާދު އަހުމަދުގެ އަތުގައި ޖެހިފަ އެވެ.

ނިއު ސިއްސުވާލުމަށް ފަހު، އެލްޓީން ލީޑު ނެގީ މެޗުގެ 79 ވަނަ މިނިޓުގަ އެވެ. އޭރިޔާ ތެރެއިން ރޮނާ ދުއްވާލި ބޯޅައަކުން ނިއުގެ ޑިފެންސް ފޫއަޅުވާލުމަށް ފަހު، އެލްޓީގެ އިސްމާއިލް ވިފާގް (އިއްސެ) ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ، ހުރަސްކޮށްލި ބޯޅަ ގޯލަށް ވަނީ ނިއުގެ ޑިފެންޑަރު ޝަމްވީލް މުހައްމަދުގެ ފައިގައި ޖެހިފަ އެވެ.

އެކަމަކު އެލްޓީ އަށް ލީޑު ހިފެހެއްޓުނީ ދެ ތިން މިނިޓަށެވެ. ނިއުގެ ތޯރިކް އުފެއްދި ފުރުސަތެއްގައި، މި ފަހަރު ވެސް އަރިމަތިން ބަމްޕުޗު ހުރަސްކޮށްލި ބޯޅަ، ގޯލަށް ވައްދާލީ ކޯފޫ އެވެ.

އެހެން ނަމަވެސް، މެޗުގެ ނަތީޖާ ހަމަހަމަވުމުން ނިއުގެ ސަޕޯޓަރުންނަށް ލިބުނު ހިތްހަމަޖެހުން ދެމިއޮތީ ކުޑަވަގުތުކޮޅަކަށެވެ. މެޗުގެ 84 ވަނަ މިނިޓުގައި އެލްޓީގެ ހާފުގެ ތެރެއިން ނިއުގެ ހާފުގެެ ތެރެއަށް ފޮނުވާލި ދިގު ބޯޅައަކަށް އިއްސެ އެރީ އޭނާގެ ހަލުވި ސްޕީޑްގެ ބޭނުން ހިފައި، ނިއުގެ ދެ ޑިފެންޑަރުން ކައިރިން ދެމިގަތުމަށް ފަހު އެވެ. އަދި އޭރިޔާ ތެރެއިން، ވަރަށް ހަމަޖެހިލައިފައި، އޭނާ ވަނީީ ގޯލުގެ މަތީ ކަނަށް ބޯޅަ ވައްދާލައިފަ އެވެ.

ކުރިން ވެލެންސިއާއާ އެކު ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި އިއްސެ ވަނީ މި ފަހަރުގެ މުބާރާތުގައި މުހިންމު ގޯލުތަކެއް ޖަހައިފަ އެވެ. އެ ގޮތުން، އެލްޓީން ވިކްޓަރީއާ އެއްވަރުކުރި މެޗުގައި ވެސް އިއްސެ ވަނީ މޮޅު ގޯލެއް ޖަހައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox