ހުލާސާކޮށް އިއްޔެ: ޔާމީނަށް އެއް މިލިއަން ރުފިޔާ ހަވާލުކުރި ކަމަށް ހެއްކަކު ބުނުން

ހުލާސާކޮށް އިއްޔެ: ޔާމީނަށް އެއް މިލިއަން ރުފިޔާ ހަވާލުކުރި ކަމަށް ހެއްކަކު ބުނުން

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަންގަވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެއް މިލިއަން ރުފިޔާ ހަވާލުކޮށްފައިވާނެ ކަމަށް އަދީބުގެ ޕާސަނަލް ޑްރައިވަރަކަށް އުޅުނު މުހައްމަދު ހުސައިން (އޮއިއްޓެ) ޝަރީއަތުގެ މަޖިލީހުގައި ބުނީ އިއްޔެ އެވެ.

ކްރިމިނަލް ކޯޓަށް އިއްޔެ މުހައްމަދު ހުސައިން ހާޒިރުކުރީ، ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ގުޅިގެން ހިންގި ކަމަށް ބުނާ މައްސަލާގައި ދައުލަތުން ހުށަހެޅި ހެއްކެއްގެ ގޮތުގަ އެވެ. މި މައްސަލާގައި ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ، އަދި ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވެ އެވެ.

އިނގިރޭސިވިލާތުގައި މިހާރު ދިރިއުޅެމުންދާ މުހައްމަދު ހުސައިން، އެ ގައުމުގައި ހުރި ރާއްޖޭގެ އެމްބަސީ އަށް ހާޒިރުވެ އޮންލައިންކޮށް އިއްޔެގެ ޝަރީއަތުގެ މަޖިލީހުގައި ބައިވެރިވެ ހެކިބަސް ދެމުން ބުނެފައިވަނީ ޔާމީނަށް އެއް މިލިއަން ރުފިޔާ ދިނުމަށް އަދީބު ހަވާލުކުރީ 2013 ވަނަ އަހަރުގެ ތެރޭގައި ކަމަށެވެ. އަދި އެއީ އެ އަަހަރު ބޭއްވި ރިޔާސީ އިންތިހާބު ކުުރިން ކުރެވުނު މުއާމަލާތެއް ކަމަށެވެ.

"އަޅުގަނޑާ ރައީސް ޔާމީނާ ފުރަތަމަ ބައްދަލުވީ 2013 ވަަނަ އަހަރު، ޔާމީން ދިރިއުޅޭ ގ. ދޫވެހިން، އެއީ އަދީބު އަޅުގަނޑަށް ހަވާލުކޮށްފައިވާ އެއް މިލިއަން ރުފިޔާ ރައީސް ޔާމީނަށް ދޭން ބުނުމުން ދިޔައީ،" އޮއިއްޓެ ކިޔައިދިނެވެ.

ޔާމީނަށް ފުރަތަމަ މުހައްމަދު ހުސައިން ހަވާލުކުރީ އެއް މިލިއަން ރުފިޔާގެ ތެރެއިން އެއް ލައްކަ ރުފިޔާ ކަމަށް ވެސް ބުންޏެވެ. އެ ގޮތަށް އަމަލު ކުރުމުން ޔާމީން ނުރުހުންވެ ހުންނެވި ކަމަށް ވެސް އޮއިއްޓެ ބުންޏެވެ. ބާކީ ނުވަ ލައްކަ ރުފިޔާ ހަވާލުކުރީ އަދީބު ކައިރީ އެ ވާހަކަ ބުނުމުން، ބާކީ ފައިސާ ވެސް ޔާމީނަށް ހަވާލު ކުރުމަށް އަދީބު އިރުޝާދު ދިނުމުން ކަމަށް މުހައްމަދު ހުސައިން ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުން ނަމަ އެ ފައިސާ ރައީސް ޔާމީނަށް ހަވާލުކުރީ ކަރުދާސް ކޮތަޅަކަށް ފައިސާ ބޮނޑިތައް ލުމަށް ފަހު އެވެ.

ނަމަވެސް އެ ފައިސާ އަކީ ކިހިނެއް އަދި ކޮން ގޮތަކުން އަދި ކުށެއް ކޮށްގެން ހޯދާ ފައިސާއެއް ކަމަށް ނޭނގޭ ކަމަށް އޭނާ ބުންޏެވެ. އަދި އެ ފައިސާ ޔާމީނަށް ހަވާލުކުރަން ޖެހުނީ ސީދާ ކޮން ބޭނުމަކު ކަމެއް ވެސް ނޭނގޭ ކަމަށް މުހައްމަދު ހުސައިން ބުންޏެވެ.

މުހައްމަދު ހުސައިން ހެކިބަހުގައި ސީދާ ވ. އާރަށް ހިޔާނާތާ ގުޅިން ހުރި އެއްވެސް ކަމެއް ސާބިތު ކުރަން ނެތުމުން އޭނާގެ ހެކިބަސް ނެގުމަށް ދިފާއީ ވަކީލުންގެ ފަރާތުން އެކި ފަހަރު މަތިން މިއަދުގެ ޝަރީއަތުގައި އިއުތިރާޒް ކުރަމުން ދިޔަ އެވެ. އަދި މިއަދު ޝަރީއަތަށް ހޭދަވެގެން ދިޔަ ތިން ގަޑިއިރު ސުވާލުތަކަށް ދައުލަތާއި ދިފާއުގެ އިއުތިރާޒްތަކަށް ބޮޑު ބައެއް ހޭދަވުމުން އެއީ ބޭކާރު ހެއްކެއްގެ ގޮތުގައި ދިފާއުން ސިފަކުރި އެވެ.

މި މައްސަލާގައި މިހާތަނަށް ފަސް ހެއްކެއްގެ ހެކިބަސް ނަގާފައިވެ އެވެ. މުހައްމަދު ހުސައިންގެ އިތުރަށް ދެން ނެގީ ހަބީރެއްގެ ގޮތުން އެކްސްޕާޓް ރައުޔަ ދިން ހެކިންނެވެ. އޭގެ ތެރޭގައި ހަތަރު އައިފޯނަކާއި ޕެންޑްރައިވްތަކެއް ތަހުލީލުކޮށް މޯބައިލް ފޮރެންސިކް ރިޕޯޓެއް ތައްޔާރުކުރި އޮފިސަރަކާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ލެޕްޓޮޕް ތަހުލީލު ކުރި އޮފިސަރު ވެސް ހިމެނެ އެވެ.

ދައުލަތުން ކުރާ ދައުވާގައި ހިމެނޭ ކަންކަން

ދައުލަތުން ކުރާ ދައުވާގައިވާ ގޮތުން ވ. އާރަށް ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރީ އޮގަސްޓް 9، 2015 ގަ އެވެ. ޔޫސުފް ނައީމްގެ 99 ޕަސަންޓު ހިއްސާ އޮންނަ ގޮތަށް ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފެއްދީ އޮގަސްޓް 13، 2015 ގަ އެވެ.

ސެޕްޓެމްބަރު 8، 2015 ގައި ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ 99 ޕަސަންޓު ހިއްސާ އެލްއޭ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްއަށް ވިއްކާލީ ކަމުގަ އެވެ.

ސެޕްޓެމްބަރު 9، 2015 ގައި އެމްއެމްޕީއާރުސީން ޓޫޖީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް ވ. އާރަށް ހަވާލުކުރިއިރު އެލްއޭއިން އެމްއެމްޕީއާރުސީއަށް ރަށުގެ ލީޒް އެކުއިޒިޝަން ކޮސްޓްއަށް އެއް މިލިއަން ޑޮލަރު އަދި ޔޫސުފް ނައީމަށް ވެސް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ.

ސެޕްޓެމްބަރު 13، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓަށް އެ ފައިސާ ޖަމާވުމުން ސެޕްޓެމްބަރު 15، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓުން ޔާމީނަށް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ. އޭގެ ދެ ދުވަސް ފަހުން އެ ފައިސާ އެޗްއެސްބީސީގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.

ޔާމީނާއި ޔޫސުފް ނައީމްގެ ފަރާތުން ވެސް މި ދައުވާތަކަށް އިންކާރު ކުރެ އެވެ. ޔާމީނާއި ޔޫސުފް ނައީމް ވެސް ބުނާ ގޮތުން އެ ދެ މީހުންގެ ދެމެދުގައި ހިނގާފައިވާ ކަމަށް ދައުލަތުން ބުނާ މުއާމަލާތަކީ ދިވެހި ރުފިޔާއިން ޑޮލަރު ގަތް މުއާމަލާތެއް ކަމަށެވެ. އެ ކަން ސާބިތު ކުރަން ކަމަށް ބުނެ އެ ދެ ފަރާތުން ވެސް ހެކިތަކެއް ހުށަހަޅާފައިވެ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ދ. ކުޑަހުވަދޫގައި ކުރި މުޒާހަރާއާ ގުޅިގެން މިހާތަނަށް 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނީ އިއްޔެ އެވެ.
  • ދ. ކުޑަހުވަދޫ އެއާޕޯޓު ސަރަހައްދުގައި އެ ރަށު ރައްޔިތުން ކުރަމުންދާ މުޒާހަރާތައް ނިމުމަކަށް ގެނައުމަށް މަންޓާ އެއާއިން އެ މީހުންނާ ބައްދަލުކޮށް މައްސަލަ ހައްލުކުރީ އިއްޔެ އެވެ.
  • ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން ޖޫން 21 ގައި ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކޮށްފައިވާ ޝައިހު އާދަމް ނިޝާން ބަންދަށް އިތުރު ތިން ދުވަސް ކްރިމިނަލް ކޯޓުން ޖެހީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވާއިރު އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި މުހައްމަދު ހުސައިން (އޮއިއްޓެ) ބުނީ:

އަޅުގަނޑާ ރައީސް ޔާމީނާ ފުރަތަމަ ބައްދަލުވީ 2013 ވަަނަ އަހަރު، ޔާމީން ދިރިއުޅޭ ގ. ދޫވެހިން، އެއީ އަދީބު އަޅުގަނޑަށް ހަވާލުކޮށްފައިވާ އެއް މިލިއަން ރުފިޔާ ރައީސް ޔާމީނަށް ދޭން ބުނުމުން ދިޔައީ،

ދުވަހުގެ ފޮޓޯ

ވިޒިޓް މޯލްޑިވްސް ޕްރޯ 2022 ގެ އިވެންޓެއްގައި ބޮޑީބޯޑަރަކު ރާޅާ އަޅަނީ. މުބާރާތުގެ ޕްރޮފެޝަނަލް ބައިން  ހީޓުތައް ނިމުނުއިރު، ދެން ބާކީ ރާއްޖެއަށް އޮތީ ޖޫނިއާ ބައިގެ ފައިނަލް. ޖޫނިއާ ބައިގެ ފައިނަލުގައި ރާއްޖޭގެ އާމިން މޫސާ ނުކުންނާނީ ކެނެެރީ އައިލެންޑްސްގެ ގެބްރިއެލް މޮލީނާއާ ދެކޮޅަށް --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ވިޒިޓް މޯލްޑިވްސް ޕްރޯ 2022 ގެ އިވެންޓެއްގައި ބޮޑީބޯޑަރަކު ރާޅާ އަޅަނީ. މުބާރާތުގެ ޕްރޮފެޝަނަލް ބައިން ހީޓުތައް ނިމުނުއިރު، ދެން ބާކީ ރާއްޖެއަށް އޮތީ ޖޫނިއާ ބައިގެ ފައިނަލް. ޖޫނިއާ ބައިގެ ފައިނަލުގައި ރާއްޖޭގެ އާމިން މޫސާ ނުކުންނާނީ ކެނެެރީ އައިލެންޑްސްގެ ގެބްރިއެލް މޮލީނާއާ ދެކޮޅަށް --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ވިޒިޓް މޯލްޑިވްސް ޕްރޯ 2022 ގެ އިވެންޓެއްގައި ބޮޑީބޯޑަރަކު ރާޅާ އަޅަނީ. މުބާރާތުގެ ޕްރޮފެޝަނަލް ބައިން ހީޓުތައް ނިމުނުއިރު، ދެން ބާކީ ރާއްޖެއަށް އޮތީ ޖޫނިއާ ބައިގެ ފައިނަލް. ޖޫނިއާ ބައިގެ ފައިނަލުގައި ރާއްޖޭގެ އާމިން މޫސާ ނުކުންނާނީ ކެނެެރީ އައިލެންޑްސްގެ ގެބްރިއެލް މޮލީނާއާ ދެކޮޅަށް --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox