ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން މި އަހަރުގެ ދެވަނަ ކުއާޓާގައި ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޖެކްޓް ހޮވައިފި އެވެ.
މިފަހަރު ހޮވިފައިވާ ފަސް ރަށަކީ އއ. ހިމަންދޫ އާއި އއ. ބޮޑުފޮޅުދޫ އާއި އދ. ފެންފުށި ދ. ހުޅުދެލީގެ އިތުރުން ހދ. ނޭކުރެންދޫ އެވެ.
މި ގޮތުން ހޮވުނު ފަސް ޕްރޮޖެކްޓަކީ:
- މަސްކެނޑުމަށް ހާއްސަ ތަނެއް ގާއިމްކުރުން (ހިމަންދޫ، ޕްރޮޖެކްޓް ހުށަހެޅީ ކްލަބް ނިއު ފްރެންޑްސް)
- ބޮޑުފޮޅުދޫ ސްކޫލުގައި އާރްއޯ މެޝިން، ފެން ޑިސްޕެންސާ ބެހެއްޓުން (ބޮޑުފޮޅުދޫ، ޕްރޮޖެކްޓް ހުށަހެޅީ ރިވޮލޫޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަން)
- މަސްކެނޑުމަށް ހާއްސަ ތަނެއް ގާއިމްކުރުން (ނޭކުރެންދޫ، ޕްރޮޖެކްޓް ހުށަހެޅީ ނޭކުރެންދޫ ޑިވެލޮޕްމަންޓް)
- ޕްރީ ސްކޫލު ޕާކު ތަރައްގީ ކުރުން (ފެންފުށި، ޕްރޮޖެކްޓް ހުށަހެޅީ ފެންފުށި ޒުވާނުންގެ ދިރުން)
- މަސްކެނޑުމަށް ހާއްސަ ތަނެއް ގާއިމްކުރުން (ހުޅުދެލި، ޕްރޮޖެކްޓް ހުށަހެޅީ ހުޅުދެލި އައިލެންޑް ސޯޝަލް އެންޑް ސްޕޯޓްސް އެސޯސިއޭޝަން)
ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ.
މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 70 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދެވިފަ އެވެ. ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރު އިތުރު 10 ޕްރޮޖެކްޓް އަށް އެހީތެރިކަން ފޯރިކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.










