ފަބްރެގަސް، އިޓަލީގެ ދެ ވަނަ ޑިވިޝަނަށް

Aug 2, 2022, 2:26 PM
ފަބްރެގަސް، އިޓަލީގެ ދެ ވަނަ ޑިވިޝަނަށް

ރޯމް (އޯގަސްޓް 2) - ސްޕެއިންގެ ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު ސެސްކް ފަބްރެގަސް އިޓަލީގެ ދެ ވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ކޯމޯ އަށް ސޮއިކޮށްފި އެވެ.

ސްޕެއިންގެ ގައުމީ ޓީމާ އެކު 2010 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ފަބްރެގަސް، ކޯމޯ އަށް ބަދަލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ކުރިން އާސެނަލް އާއި ބާސެލޯނާ އަދި ޗެލްސީ އަށް ކުޅުނު ފަބްރެގަސް ,36, އެންމެ ފަހުން ކުޅުނީ ފްރާންސްގެ މޮނާކޯ އަށެވެ. އެކަމަކު، މިދިޔަ ސީޒަންގައި އިންޖަރީގެ ގިނަ މައްސަލަތަކެއް ކުރިމަތިވެ، މާ ގިނަ މެޗެއް ނުކުޅެވުނެވެ. މޮނާކޯގެ ސީނިއާ ޓީމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުން ފަބްރެގަސް ނުކުޅެ އެވެ.

Advertisement

އިޓާލީގެ ސީރިއާ ބީގައި އޮތް ކޯމޯ އަކީ 1907 ވަނަ އަހަރު އުފެދުނު ކްލަބެކެވެ. މިދިޔަ ސީޒަން އެ ޓީމު ނިންމާލީ ސީރިއާ ބީގެ 13 ވަނައިގަ އެވެ.

"މިއީ ފައިސާ ބޭނުންވެެގެން އަހަރެން ނިންމި ނިންމުމެއް ނޫން،" ކޯމޯއާ ގުޅުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ފަބްރެގަސް ބުންޏެވެ. "އަހަރެން ބެލީ އަހަރެން ޝައުގުވެރިވާ ކަހަލަ ޕްރޮޖެކްޓެއް ހޯދަން،"

ފަބްރެގަސް ބުނީ ދެ އަހަރު ދުވަހުގެ ކޮންޓުރެކްޓެއް ކޯމޯއާ އެކު ހެދި ނަމަވެސް، ދިގު މުއްދަތަށް އެ ކްލަބާއެކު ކުރިއަށް ދިއުމަށް ހިޔާލުކުރާ ކަމަށެވެ. އަދި އެ ކްލަބުގެ ހިއްސާދާރުންނަށް ވުމަށް ވެސް ޝައުގުވެރިވާ ކަމަށެވެ.

ބާސެލޯނާގެ ޔޫތު ޓީމުގައި ހުއްޓައި، ފަބްރެގަސް ޒުވާން އުމުރުގައި 2003 ވަނަ އަހަރު އާސެނަލަށް ގެނައީ އޭރު އެ ޓީމުގެ ކޯޗަކަށް ހުރި އާސެން ވެންގާ އެވެ. ވެންގާގެ ބެލުމުގެ ދަށުން ޑިވެލޮޕްވެ، ތަފާތު މޮޅަށް ކުޅުނު ފަބްރެގަސް ވަނީ އާސެނަލް ކެޕްޓަން ބޭންޑް އަޅައިގެން ވެސް ކުޅެފަ އެވެ.

އާސެނަލް ދޫކޮށް ފަބްރެގަސް 2011 ވަނަ އަހަރު ބާސެލޯނާ އަށް ބަދަލުވީ 35 މިލިއަން ޑޮލަރުގެ ފީ އަކަށެވެ. އެކަމަކު، ތިން ސީޒަނަށް ފަހު ފަބްރެގަސް އަށް ޖެހުނީ ބާސެލޯނާ ދޫކޮށްލާށެވެ. އޭނާ އަލުން 2014 ވަނަ އަހަރު ޗެލްސީ އަށް ބަދަލުވީ 40 މިލިއަން ޑޮލަރުގެ އަގަކަށެވެ. އެ ފަހަރު ޗެލްސީން ފަބްރެގަސް ގަތީ، އާސެނަލް އަލުން ފަބްރެގަސް ގަންނަން ބޭނުމެއް ނުވުމުންނެވެ.

ޗެލްސީ އަށް 2018 ވަނަ އަހަރުގެ ނިޔަލަށް ކުޅުނު ފަބްރެގަސް ދެން ބަދަލުވީ އެންމެ ފަހުން ކުޅުނު މޮނާކޯ އަށެވެ. އެ ގޮތުން 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މޮނާކޯ އިން ފަބްރެގަސްގެ ސޮއި ހޯދީ ފުރަތަމަ ލޯން ޑީލެއްގަ އެވެ. އެކަމަކު، މޮނާކޯ އިން ފަހުން އެ އެއްބަސްވުން ދާއިމީ ކުރީ މި މަހުގެ ނިޔަލަށެވެ.

އާސެނަލާ އެކު ފަބްރެގަސް ވަނީ އެފްއޭ ކަޕް ޗެމްޕިއަންކަން ހޯދައިފަ އެވެ. ބާސެލޯނާއާ އެކު ސްޕެނިޝް ލީގާއި ކޮޕަ ޑެލް ރޭ (ސްޕެނިޝް ކަޕް)، ސްޕެނިޝް ސުޕަ ކަޕް، ޔުއެފާ ސުޕަ ކަޕް އަދި ކްލަބް ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދި އެވެ. ޗެލްސީއާ އެކު ޕްރިމިއާ ލީގު ދެ ފަހަރާއި އެފްއޭ ކަޕާއި ލީގު ކަޕް އަދި ޔޫރޮޕާ ލީގު ހޯދި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox