ހުލާސާކޮށް އިއްޔެ: ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް ޔާމީން

ހުލާސާކޮށް އިއްޔެ: ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް ޔާމީން

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކީ އެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް އެ ކޯލިޝަންގެ ޖޮއިންޓް ސެނެޓުން ނިންމި ނިންމުން ދަމަހައްޓައި، ރިޔާސީ ޓިކެޓާ ހަވާލުވާން ޔާމީން ނިންމެވީ އިއްޔެ އެވެ.

އަންނަ ރިޔާސީ އިންތިހާބުގައި މިހާރުގެ މައި އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ޓިކެޓު ޔާމީނަށް ދޭން ފާސްކުރީ އިއްޔެ ރޭ ބޭއްވި ސެނެޓު ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ޔާމީން ވަނީ ރިޔާސީ ޓިކެޓާ ހަވާލުވާނެ ކަން އިއުލާނު ކުރައްވައި ޕާޓީން "ހަވާލުކުރެއްވި ބުރަ މަސްއޫލިއްޔަތު އަދާކުރުމުގައި ދެމި ހުންނަވާނެ ކަމަށް" ވިދާޅުވެފަ އެވެ.

ރިޔާސީ އިންތިހާބުގައި ޕީޕީއެމް ކޯލިޝަންގެ ފަރާތުން ވާދަކުރާނެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމަށް އެއިރުގެ ކައުންސިލުން ނިންމާފައިވަނީ އެމަނިކުފާނު ޖަލަށް ލުމާ ގުޅިގެން 2019 ވަނަ އަހަރު އެވެ.

ޕީޕީއެމްގެ އަސާސީ ގަވައިދުގައިވާ ގޮތުގައި ރިޔާސީ ޓިކެޓު ދޭނީ ޕްރައިމަރީއަކުންތޯ ނުވަތަ ނޫންތޯ ނިންމުމުގެ ބާރު ޕާޓީގެ ސެނެޓަށް ލިބިގެންވެ އެވެ.

ދައުވާތަކުގެ ހިޔަނި

ދެހާސްތޭވީސް ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިދިޔަ އަހަރާ ހަމައަށް ޔާމީނަށް އޮތީ ބަންދުވެފަ އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރު އެސްއޯއެފް މެދުވެރިކޮށް ޔާމީންގެ ބޭންކް އެކައުންޓަށް ޖާމަކޮށް, އެ ފައިސާގެ އަސްލު އޮޅުވާލައި އޭގެން މަންފާ ހޯދި ކަމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ފަސް އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ކަނޑައެޅި އެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އަގުލަބިއްޔަތު ރައުޔަކާއެކު ހުކުމް ދެމެހެއްޓި އެވެ.

ނަމަވެސް، 2021 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ ޔާމީންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކަނޑައަޅައި، އެމަނިކުފާނު މިނިވަން ކުރައްވައިފަ އެވެ.

އޭގެ ފަހުން ޕާޓީގެ ހަރަކާތްތައް ޔާމީން އިސްވެ ހުންނަވައި ވަނީ ވަރުގަދަ ކުރައްވައިފަ އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ޓިކެޓް ޔާމީން ގަބޫލުކުރައްވާފައިވާއިރު، 2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެމަނިކުފާނަށް މިވަގުތު އެއްވެސް ހުރަހެއް ނެތެވެ.

ނަމަވެސް، ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ ރ. ފުއްގިރިއާއި، ވ. އާރަށް ވިއްކާލައިގެން ރިޝްވަތުގެ ގޮތުގައި ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތު ޔާމީންގެ މައްޗަށް ދައުލަތުން ކުރާއިރު، އެ ދެ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެ އެވެ.

ފުއްގިރި މައްސަލާގައި ދައުލަތުން ޔާމީންގެ މައްޗަށް ތުހުމަތުކުރަނީ، ފުއްގިރި، ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއަށް ކުއްޔަށް ދޫކުރުމުގައި އަހުމަދު "ކްރިކް" ރިޒާ މެދުވެރިކޮށް 2015 ވަނަ އަހަރު، 1.3 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނެގި ކަމަށެވެ.

އަދި އެ ފައިސާގެ ތެރެއިން 1.1 މިލިއަން ޑޮލަރު މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ދެ ކުންފުންޏެއް މެދުވެރިކޮށް ޔާމީންގެ ބޭންކް އެކައުންޓަކަށް ޖަމާކޮށް، ރިޝްވަތު ގަބޫލުކޮށްފައިވާ ކަމަށް ވެސް ދައުވާގައި ބުނެ އެވެ.

އާރަށް މައްސަލާގައި ކުރާ ދައުވާގައި ބުނަނީ ރިސޯޓެއް ގޮތުގައި ތަރައްގީ ކުރުމަށް އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށެވެ.

އެ ދެ މައްސަލަ ވެސް މިއަހަރުގެ ތެރޭގައި ނިންމަން ކްރިމިނަލް ކޯޓުން އަމާޒު ހިފާފައިވާއިރު، އޭގެން އެއްވެސް މައްސަލައެއް ޔާމީނާ ދެކޮޅަށް ނިންމައިފިނަމަ، އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް ބަންދުވާނެ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގުމަށާއި ދީނީ ހަރުކަށި ފިކުރަށް ހިތްވަރުދީ ޝެއިހު ފަޒްލޫން މުހައްމަދާއި ޝެއިހު އާދަމް ނިޝާން ވާހަކަ ދައްކަވާ މަންޒަރު ފެންނަ ވީޑިއޯ އެބަހުރި ކަމަށް ދައުލަތުން ބުނީ އިއްޔެ އެވެ.
  • ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި އެމްއެންޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އެކަކު އަނެކަކަށް ރައްދު ދެއްވީ އިއްޔެ އެވެ.
  • ހެއްކާބެހޭ ގާނޫނުގައި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ހާލަތްތަކެއް ކަނޑައަޅާފައިވާ މާއްދާ އިސްލާހުކޮށްދިނުމަށް އެދި، ގެންނަން ބޭނުންވާ އިސްލާހުތައް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ:

މުސްތަގުބަލުގައި ވެސް، ރާއްޖެއިން އިގުތިސާދީ އަދި ފިސްކަލް ކަންކަމުގައި ފިޔަވަޅު އަޅަމުންދާނީ ރާއްޖޭގެ އިގުތިސާދީ ކުރިއެރުމާއި، ރައްޔިތުންގެ ފާގަތިކަމާއި، މާލީ ދެމެހެއްޓެނިވިކަން އިސްކޮށްގެން، ރާއްޖެއާއެކު މަސައްކަތްކުރާ މާލީ އިދާރާތަކުގެ ލަފާއާއެކުގައި ކަމުގައި ދަންނަވަން،

ދުވަހުގެ ފޮޓޯ

ވިޒިޓް މޯލްޑިވްސް ޕްރޯ 2022 ގެ އިވެންޓުތައް އިއްޔެ ވަނީ ފަށާފައި. މި މުބާރާތުގައި ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ އެތުލީޓުން ވެސް ބައިވެރިވޭ. މިއީ އޭޝިއާގައި ބާއްވާ ފުރަތަމަ އައިބީސީ ޓުއާގެ ލެގު --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ވިޒިޓް މޯލްޑިވްސް ޕްރޯ 2022 ގެ އިވެންޓުތައް އިއްޔެ ވަނީ ފަށާފައި. މި މުބާރާތުގައި ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ އެތުލީޓުން ވެސް ބައިވެރިވޭ. މިއީ އޭޝިއާގައި ބާއްވާ ފުރަތަމަ އައިބީސީ ޓުއާގެ ލެގު --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ވިޒިޓް މޯލްޑިވްސް ޕްރޯ 2022 ގެ އިވެންޓުތައް އިއްޔެ ވަނީ ފަށާފައި. މި މުބާރާތުގައި ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ އެތުލީޓުން ވެސް ބައިވެރިވޭ. މިއީ އޭޝިއާގައި ބާއްވާ ފުރަތަމަ އައިބީސީ ޓުއާގެ ލެގު --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox