16 އަހަރު ފަހުން އައްޑުއަށް އަނެއްކާ ވެސް ސީލްއެއް ވަދެއްޖެ

ހިތަދޫ ފަޅުތެރެއަށް ވަތް ސީލް-- ފޮޓޯ: ޥީޑިއޯ ކެޕްޗާ

ހިތަދޫ ފަޅުތެރެއަށް ވަތް ސީލް-- ފޮޓޯ: ޥީޑިއޯ ކެޕްޗާ

އައްޑޫ ސިޓީ ހިތަދޫގެ މޫދު ސަރަހައްދަށް އަނެއްކާ ވެސް ސީލެއް ވަދެއްޖެ އެވެ.

މިއަދު ހަވީރު އެ ރަށު ކަންބިހަ ބީޗް ސަރަހައްދަށް އެރި ސީލްގައި ގާތްގަނޑަށް އަށް ފޫޓު ހުންނާނެ ކަމަށް މަންޒަރު ދުށް މީހަކު މި ނޫހަށް ބުންޏެވެ.

ފަޅުތެރެއަށް ސީލް ވަނުމާއެކު، ގިނަ ބަޔަކު ވަނީ އެ ސަރަހައްދަށް އެއްވެފަ އެވެ.

ފުލުހުންގެ އެހީތެރިކަމާއެކު މިރޭ އިރުއޮއްސުނު ހާއިރު ސީލް ފަޅުތެރެއިން ބޭރުކޮށްލާފައިވާ ކަމަށް މި ނޫހާ ވާހަކަ ދެއްކި ހިތަދޫގެ ކައުންސިލަރަކު ވިދާޅުވި އެވެ.

މީގެ ކުރިން 2006 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ވެސް އެ ރަށަށް ސީލެއް އަރާފައިވެ އެވެ. އެ ސީލް އެ ރަށު މީހުން ވަނީ ސަލާމަތުން ހަންކެޑެ ފަޅުތެރެ އަށް ދޫކޮށްލާފަ އެވެ. އެ ފަހަރު ވެސް އަރާފައިވަނީ އަށް ވަރަކަށް ފޫޓުގެ ސީލެކެވެ.

16 އަހަރު ކުރިން އައްޑުއަށް ލެއްގި ސީލް--
16 އަހަރު ކުރިން އައްޑުއަށް ލެއްގި ސީލް--

16 އަހަރު ކުރިން އައްޑުއަށް ލެއްގި ސީލް--

ސީލަކީ އާންމުކޮށް ރާއްޖޭގެ ކަނޑުތަކުގައި އުޅޭ އެއްޗެއްކަށް ނުވިޔަސް ދޭތެރޭ ދޭތެރެ އިން ރާއްޖޭގެ ބައެއް ރަށްރަށުގެ ގޮނޑުދޮށްތަކަށް ސީލް އަރަ އެވެ. އެގޮތުން، ލ. އިސްދޫކަލައިދުއަށް ވެސް މީގެ ކުރިން ސީލެއް އަރާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox