ދެ ކުއާޓާ ނިމުނުއިރު އެސްޓީއޯއަށް ސާފު ފައިދާއަށް 305 މިލިއަން ރުފިޔާ

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރަ: މދިޔަ ކުއާޓަރުގައި ކުންފުނީގެ އާމްދަނީ އާއި ފައިދާ ވެސް ކުރިޔަށް ވުރެ ރަނގަޅު. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރަ: މދިޔަ ކުއާޓަރުގައި ކުންފުނީގެ އާމްދަނީ އާއި ފައިދާ ވެސް ކުރިޔަށް ވުރެ ރަނގަޅު. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އަހަރުގެ ފުރަތަމަ ދެ ކުއާޓަރު ނިމުނު އިރު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އަށް ސާފު ފައިދާގެ ގޮތުގައި 305 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެސްޓީއޯގެ ދެވަނަ ކުއާޓާ ރިޕޯޓުން ދައްކާ ގޮތުގައި އެ ކުންފުންޏަށް ނިމުނު ކުއާޓަރުގައި 4.9 ބިލިއަން ރުފިޔާގެ އާމްދަނީއަކުން 155 މިލިއަން ރުފިޔާ ސާފު ފައިދާވި އެވެ.

މިއީ އަަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު 149.9 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެކެވެ. އަދި ނިމުނު އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު 110 މިލިއަން ރުފިޔާއަށް ވުރެ ވެސް ބޮޑު އަދަދެކެވެ.

އާމްދަނީ ފަސް ބިލިއަނާ ގާތްކުރި ނަމަވެސް އޭގެން ބޮޑު ބަޔަކީ ވިޔަފާރި ކުރުމަށް ހަރަދުވީ 4.4 ބިލިއަން ރުފިޔާ އެވެ. އެހެންވެ ނިމުނު ކުއާޓަރުގައި ޖުމްލަ ފައިދާގެ ގޮތުގައި ލިބުނީ 457.5 މިލިއަން ރުފިޔާ އެވެ.

އެސްޓީއޯގެ ދެވަނަ ކުއާޓަރުގެ މާލީ އުސްއަލިތައް

  • އާމްދަނީ: 4.9 ބިލިއަން ރުފިޔާ
  • ހަރަދު: 268 މިލިއަން ރުފިޔާ
  • ސާފު ފައިދާ: 155 މިލިއަން ރުފިޔާ
  • ހިއްސާއަކަށް ޖެހޭ އާމްދަނީ: 138ރ.

ކުންފުނީގެ ހިންގުމުގެ ހަރަދުތައް ކެނޑުމަށްފަހު ހިންގުމުގެ ފައިދާއަށް ލިބުނީ 216.5 މިލިއަން ރުފިޔާ އެވެ. މީގެން ކުންފުނީގެ ފައިނޭންސިން ހަރަދަށް ކެނޑުމަށް ފަހު ފައިދާވީ 187.8 މިލިއަން ރުފިޔާއަށް ވިޔަފާރި ފައިދާ ޓެކުހަށް 32.5 މިލިއަން ރުފިޔާ ދެއްކި އެވެ.

ޖުމްލަކޮށް ބަލާއިރު، ނިމުނު ކުއާޓަރުގެ ކުންފުނީގެ ވިޔަފާރި ހުރިހާ ގޮތަކުން ވެސް ރަނގަޅެވެ. އާމްދަނީ އާއި ފައިދާ ވެސް ކުރީގެ ކުއާޓަރުތަކަށް ވުރެ މައްޗެވެ.

އެ ކުއާޓާގައި އެސްޓީއޯ އާއި އެ ކުންފުނީގެ ސަބްސިޑަރީތަކުން ވަނީ ވިޔަފާރި ފުޅާކުރަން ބޮޑެތި އިންވެސްޓްމަންޓްތަކެއް ވެސް ކޮށްފަ އެވެ. އެގޮތުން މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ތިން ވަނަ އާގުބޯޓު އެމްއެސްއެސް ގްރެފީން ގަތުމާއި، އެސްޓީއޯ ކްރެޑިޓް ސްކީމުގައި އަމިއްލަ ވިޔަފާރިތައް ބައިވެރިކުރުމުގެ އިތުރުން އިނގިރޭސިވިލާތުގެ ރަސްލް ހޮބްސް ބްރޭންޑުގެ އެޕްލަޔަންސްތައް ރާއްޖޭގެ ބާޒާރަށް ތައާރަފުކުރުން ފާހަގަކޮށްލެވެ އެވެ.

އޭގެ އިތުރުން އެ ކުންފުނިން ވަނީ މިދިޔަ ސަރުކާރުގައި ފެށި "ހިޔާ" މަޝްރޫއުގެ ދަށުން އަޅަން އެ ކުންފުންޏާ ހަވާލުކޮށްފައިވާ ފްލެޓުގެ މަސައްކަތް 18 މަސް ތެރޭގައި ނިންމަން ބަޔަކާ ހަވާލުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox