ރިސޯޓެއްގައި ހުއްޓާ ނާޒިމް ސައްތާރު ހައްޔަރުކޮށްފި

ނާޒިމް: ރިސޯޓެއްގައި ހުއްޓާ އޭނާ ވަނީ ހައްޔަރުކޮށްފައި

ނާޒިމް: ރިސޯޓެއްގައި ހުއްޓާ އޭނާ ވަނީ ހައްޔަރުކޮށްފައި

އެއް ޖިންސުން ގުޅުން ހިންގާ ކަމުގެ ތުހުމަތުގައި ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރު ހައްޔަރުކޮށްފި އެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ހައްޔަރުކޮށްފައިވަނީ ވެލިގަނޑު ރިސޯޓްގަ ހުއްޓާ ދާދިދެންމެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތަކުގެ މައްސަލާގައި 46 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން އޭނާގެ ވަނަވަރެއް ނުބުނެ އެވެ.

Advertisement

ނާޒިމް ހައްޔަރުކޮށްފައިވާއިރު, އެކަން ކުށްވެރިކޮށް ނަޝީދު ވަނީ ދެންމެ ޓްވިޓެއް ވެސް ކުރައްވާފަ އެވެ. ނަޝީދު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެމަނިކުފާނުގެ ކޮއްކޮ, އެއް ޖިންސުން ގުޅުން ހިންގާ ކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވަނީ ޖިނާއީ އިޖުރާއަތްތަކާ ހިލާފަށް, ސިޔާސީ މަގުސަދެއްގައި ސަރުކާރު ކޯލިޝަން ތެރޭ ތިބި ހައްދުފަހަނައެޅި މީހުން ރުއްސުމަށެވެ.

ނަޝީދު އެ ހަމަލާ އަމާޒު ކުރައްވާފައިވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުاللهއަށް ކަމަށް ބެލެވެ އެވެ. އިމްރާން ގެންދަވަނީ އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުވާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. މިއަދު ކުރެއްވި ޓްވީޓެއްގައި ވެސް ވިދާޅުވީ, އެކަން ފުލުހުން ކުރެވޭތޯ އޭނާ ކަށަވަރު ކުރާނެ ކަމަށެވެ.

މީގެކުރިން މި މައްސަލާގައި ނަޝީދު ވިދާޅުވެފައިވަނީ އެއްވެސް މީހަކަށް ދޭން ޖެހޭ ހައްގު އަދަބެއް ހުއްޓުވަން އެމަނިކުފާނު މަސައްކަތް ނުކުރައްވާ ކަމަށެވެ.

"އެއް ގޮތަކަށް ވެސް އަޅުގަނޑުގެ ކޮއްކޮއަށް ލިބެން ޖެހޭ ހައްގު އަދަބެއް ނުދޭން އަޅުގަނޑު ނުދަންނަވާނަން، އަދި އެއްވެސް މީހަކަށް ލިބެން ޖެހޭ ހައްގު އަދަބު ލިބުން ހުއްޓުވުމަކަށް ވެސް އަޅުގަނޑު ނުދަންނަވާނަން،" ނަޝީދު ވިދާޅުވެފައިވެ އެވެ.

އެހެން ނަމަވެސް ކަމެއް ހިނގުމުން އެ ކަމުގެ ދެކޮޅު ނުބަލައި، އެއަށް ބަސް ބުނުމާއި އަދަބު ދޭން އުޅުމަކީ އިސްލާމީ ޝަރީއަތާއި ގާނޫނުތަކުގައި ވެސް އޮތް ގޮތެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ހަމައެކަނި މި ދަންނަވާ ވާހަކައަކީ ކަމެއް ހިނގާ އިރަށް އަޅުގަނޑުމެން އޭގެ ދެކޮޅު ނުބަލައި، ވާނުވާ ނޭނގި، އެ އަމަލު ކުރަން ފެށުމަކީ އިސްލާމީ ޝަރީއަތާއި ގާނޫނުތަކުގައި ވެސް އޮތް ގޮތެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ނާޒިމް ހައްޔަރުކޮށްފައިވަނީ ސިޔާސީ މަގުސަދެއްގައި ކަމަށް ނަޝީދު ވިދާޅުވިއިރު, ފުލުހުން މިއަދު ބުނި ގޮތުގައި ތަހުގީގީ އިޖުރާއަތްތައް ހިންގަމުން ދަނީ މިހާތަނަށް ފޮރެންސިލް ތަހްލީލުތަކުން ކަށަވަރުކުރެވިފައިވާ ވީޑިއޯ އެވީޑެންސްތަކުގައި ހިމެނޭ މީހުންގެ މައްޗަށެވެ.

މީގެ ތެރޭގައި ތަހުގީގަށް މީހުން ހައްޔަރުކުރުމާއި މިފަދަ މައްސަލަތަކުގައި އެކަށީގެންވާ މީންވަރަށް ހެއްކާއި ގަރީނާ ހޯދިފައިވާ ދައުލަތުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ ފަރާތްތައް ނިސްބަތްވާ އޮފީސްތަަކަށް އެމީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާކަން އަންގަމުންދާ ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލައާ ގުޅިގެން ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޮރުވައި ވަކި ބައެއްގެ މައްސަލަތައް ނުބަލައި ނުވަތަ މަޑު ޖައްސާލުމަށް ފުލުހުންނަށް އަންގަމުންދާ ކަމަށް ފަތުރާފައިވާ ހަބަރަކީ އެއްވެސް އަސާސެއްނެތް ދޮގު ތުހުމަތެެކެވެ.

"އެއްވެސް ފަރާތަކުން މިމައްސަލައިގައި ފުލުހުން ކުރަމުން ގެންދާ ތަހުގީގު ވަކި ގޮތަކަށް ގެންދިއުމަށް ނުވަތަ ވަކި ފަރާތެއްގެ މައްސަލައަށް ވަކި ގޮތެއް ހެދުމަށް ނުފޫޒެއް ފޯރުވާފައިނުވޭ. މި މައްސަލައިގެ އިތުރު ތަހުގީގު ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުންދަނީ ކުރަމުން." އޭނާ ވިދާޅުވި އެވެ.

ނާޒިމްގެ އިތުރުން, ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއު އަދި ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ވެސް އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި މިއަދު ވަނީ ހައްޔަރުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox