ނާޒިމް ސައްތާރު މާލޭގައި ނެތް، ހައްޔަރެއް ނުކުރެވޭ

ނާޒިމް ސައްތާރު: އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތަށް އޭނާ ހައްޔަރުކުރަން ވަނީ އަމުރު ނެރެފައި

ނާޒިމް ސައްތާރު: އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތަށް އޭނާ ހައްޔަރުކުރަން ވަނީ އަމުރު ނެރެފައި

އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރު ހައްޔަރުކުރުމަށް ކުރިމިނަލް ކޯޓުން އަމުރު ނެރެފައިވީ ނަމަވެސް, އެކަން ދިގުލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެއްބަނޑު އެއްބަފާ ކޮއްކޮ ނާޒިމް ހައްޔަރުކުރަން ކުރިމިނަލް ކޯޓުގެ އަމުރެއް މިއަދު ފުލުހުން އެދިގެން ނެރެފައިވީ ނަމަވެސް, މިހާތަނަށް އޭނާ ހައްޔަރުކުރެވިފައެއް ނުވެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި އޭނާ މިވަގުތު ހުރީ އއ. އަތޮޅުގެ ރަށެއްގަ އެވެ. ނާޒިމްގެ ބައެއް ގާތް މީހުން މި ނޫހާ ވާހަކަ ދައްކަމުން ބުނި ގޮތުގައި އަމުރު ލިބުމުން އޭނާ ހައްޔަރުކުރަން ފުލުހުން, އޭނާ އުޅޭ ތަނެއް ބެލުމަށް އޭނާއަށް ގުޅި އެވެ. އެ ތަނުގެ މައުލޫމާތު ނާޒިމް ދީފައިވާ ކަމަށް ވެސް އެމީހުން ބުނެ އެވެ.

ފުލުހުން އެތަނަކަށް ގޮސް އޭނާ ހައްޔަރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބިފައިވީ ނަމަވެސް, އެކަން ކާމިޔާބީ ކަމެއް ފުލުހުން އަދި ނުބުނެ އެވެ. ފުލުހުން އެންމެ ފަހުން ހިއްސާކުރި މައުލޫމާތުން އެނގޭ ގޮތުގައި މިއަދު, މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ދެ މީހެކެވެ.

އެމީހުން ވަނަވަރު ފުލުހުން ހާމަނުކުރި ނަމަވެސް, ކަށަވަރުވެފައިވާ ގޮތުގައި އެއީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއު އެވެ.

ބަންގްލަދޭޝް ފިރިހެނަކާ އެކު މާލޭގެ ކޮޓަރިއެއްގެ ތެރޭ ނާޒިމް ކަމަށް ތުހުމަތުވާ މީހަކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯ އާންމުވުމާއެކު މީގެކުރިން ނާޒިމް ފުލުހަށް ހާޒިރުކޮށްފައިވެސްވެ އެވެ.

ވީޑިއޯއިން ފެންނަ ކަމަށް ބުނާ ބަންގްލަދޭޝްގެ އަލަމްގިރް މިހާރު ހުރީ ފުލުހުންގެ ބަންދުގަ އެވެ. އޭނާގެ މައްޗަށް ބަދުއަހްލާގީ ވީޑިއޯތައް ބޭނުންކޮށްގެން މީހުން ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތު ވެސް ކުރެ އެވެ.

އަލަމްގީރް ހައްޔަރުކޮށްފައިވަނީ މި މަހުގެ 13 ވަނަ ދުވަހު ހަވީރުގެ ވަގުތެއްގަ އެވެ. ބަންދުކޮށްގެން ތަހުގީގު ކުރިއަށް ގެންދަން އެންމެ ފުރަތަމަ ފަސް ދުވަހުގެ މުއްދަތެއް ކޯޓުން ދިނެވެ. އެ ފަހުން އޭނާގެ ބަންދަށް ވަނީ އިތުރު 15 ދުވަހުގެ މުއްދަތެއް ކޯޓުން ޖަހައިފަ އެވެ.

އަލަމްގީރްއާއެކު އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ފާހަގަކޮށްލެވޭ ބައެއް މީހުންނާއި ދައުލަތުގެ އިދާރާތަކުގެ ބައެއް އިސްވެރިންގެ މައްޗަށް ވެސް ކުރެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox