ޑޮލަރު ތާށި ވިޔަސް އިމްޕޯޓު ބާރަށް ކުރިއަށް

މާލޭ ވިޔަފާރި ބަނދަރަށް މުދާ ހުސްކުރަން އައި އާގު ބޯޓެއް: އަހަރުގެ މިހާތަނަށް 26 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ އަގުހުރި މުދާ ރާއްޖެ އެތެރެކޮށްފި. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މާލޭ ވިޔަފާރި ބަނދަރަށް މުދާ ހުސްކުރަން އައި އާގު ބޯޓެއް: އަހަރުގެ މިހާތަނަށް 26 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ އަގުހުރި މުދާ ރާއްޖެ އެތެރެކޮށްފި. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ދިވެހި އިގުތިސޯދީ ހާލަތާ ގުޅިގެން މިއަދު ނެރުނު ބަޔާނުގައި އިގުތިސޯދީ ދުވެލި ރަނގަޅު ނަމަވެސް އިންތިހާގައި ހުރި ދަރަންޏާއި ދުނިޔޭގެ ބާޒާރުގައި އުފުލެމުންދާ ކާނާ އާއި ހަކަތައިގެ އަގުތަކާ ހުރެ ދަށްވަމުންދާ ބޭރު ފައިސާގެ ރިޒާވަށް ސަމާލުވާން އިލްތިމާސްކުރި އެވެ.

ބޭރު ފައިސާގެ ރިޒާވު ދަށްވާ މައްސަލައާ އެކީ އިމްޕޯޓަށް ބަރޯސާވާ ރާއްޖޭގައި ޑޮލަރު ތާށިކަމުގެ މައްސަލަ ބޮޑުކަން ވެސް ފާހަގަކުރި އެވެ. ޓޫރިސްޓުން ގިނަ އަދަދަކަށް އައި ނަމަވެސް ޑޮލަރު ތާށިކަމުގެ މައްސަލަ ބޮޑެވެ. މިހާރު ކަޅު ބާޒާރުން ވެސް ޑޮލަރު ލިބުން ދަތި ދުވަސްތައް ގިނަ ކަމަށް އައިއެމްއެފް އިން ފާހަގަކުރި އެވެ.

އުފުލިފައިވާ ތަކެތީގެ އަގާއި ލޮޖިސްޓިކްސް އަގުތަކާ އެކީ މުދާ އެތެރެކުރަން ކުރާ ހޭދަ ބޮޑުވެފައި، ޑޮލަރު ލިބުން ދަތި ނަމަވެސް އިމްޕޯޓަކަށް މަޑުޖެހުމެއް ނާދެ އެވެ. ކަސްޓަމްސްގެ ރެކޯޑުތަކުން ދައްކާ ގޮތުގައި އިމްޕޯޓަށް ކުރާ ހޭދަ ވަނީ ރެކޯޑު މިންވަރަށް އުފުލިފަ އެވެ. އެގޮތުން މި އަހަރުގެ ޖެނުއަރީން ފެށިގެން ޖޫން މަހާ ހަމައަށް މުދާ އެތެރެކުރަން 26 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވެފައިވެ އެވެ.

ނިމުނު ޖޫން މަހު އެކަނި ރާއްޖެއަށް 5.2 ބިލިއަން ރުފިޔާގެ އަގުހުރި މުދާ އެތެރެކުރި އެވެ. މިއީ އެއް މަހުގެ ތެރޭގައި މުދާ އެތެރެކުރަން ކުރި ހޭދައަށް ބަލާއިރު ރެކޯޑެކެވެ.

މިހާތަނަށް އިމްޕޯޓަށް ކުރި ހަރަދުގެ ތެރެއިން ހަ ބިލިއަން ރުފިޔާ ހަރަދުވީ ތެޔޮ އެތެރެކުރާށެވެ. ފަސް ބިލިއަން ރުފިޔާ ހަރަދުކުރީ ކާނާގެ ބާވަތްތަކަށެވެ. މެޝީނަރީ އާއި އެޕްލަޔަންސްތަކަށް އިތުރު 4.5 ބިލިއަން ރުފިޔާ ހަރަދުވި އެވެ. ޖުމްލަ އިމްޕޯޓަށް ހަރަދުވީ ފައިސާގެ 60 ޕަސެންޓު ހަރަދުވީ މި ތިން ވައްތަރުގެ މުދާ އެތެރެކުރާށެވެ.

މިއީ އިގުތިސޯދީ ހަރަކާތްތެރިކަމާ އެންމެ ގުޅިފައިވާ ދާއިރާތަކަށް އިގުތިސޯދު ރަނގަޅަށް ހިނގާ އިރެއްގައި އިމްޕޯޓުގެ ބޮޑު ނިސްބަތެއް އަބަދުވެސް ހިއްސާކުރަނީ މި ބާވަތްތަކުގެ މުދަލެވެ.

2022 ޖެނުއަރީ-ޖޫން އަށް އިމްޕޯޓަށް ހިނގި ހަރަދު

  • ޖެނުއަރީ - 4.2 ބިލިއަން ރުފިޔާ
  • ފެބްރުއަރީ - 3.8 ބިލިއަން ރުފިޔާ
  • މާޗު - 3.9 ބިލިއަން ރުފިޔާ
  • އޭޕްރިލް - 4.7 ބިލިއަން ރުފިޔާ
  • މެއި - 4.4 ބިލިއަން ރުފިޔާ
  • ޖޫން - 5.2 ބިލިއަން ރުފިޔާ

އެކަމަކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް އައިސްފައިވާ ބަދަލާ އެކު ތެލަށް ކުރާ ހޭދަ ބޮޑުތަނުން އިތުރުވެފައިވާ ކަން ވޭތުވި އަހަރުތަކުގެ އިމްޕޯޓު ހަރަދުތަކުގެ ތަފާސްހިސާބުތަކަށް ބަލާލުމުން އެނގެ އެވެ. މިދިޔަ އަހަރާ އަޅާބަލާއިރު ތެޔޮ އެތެރެކުރަން ހިނގާ ހަރަދު ވަނީ 95 ޕަސެންޓު އިތުރުވެފަ އެވެ. ތެލަށް ކުރާ ހޭދަ އިތުރުވެފައިވާ ވަރާ ގާތަށް ވެސް އެހެނިހެން މުދާ އިމްޕޯޓު ކުރަން ކުރާ ހޭދަ އިތުރެއް ނޫނެވެ.

މިސާލަކަށް ކާނާގެ ބާވަތްތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހަށް ވުރެ ކާނާގެ ބާވަތްތައް އެތެރެކުރަން ހަރަދުވީ ފައިސާ އިތުރުވީ 17 ޕަސެންޓެވެ. އެކަމަކު ކޮންސްޓްރަކްޝަނާއި ކޮންސިއުމާ މުދަލަށް އޮތް ޑިމާންޑާ އެކު މެޝިނަރީ އާއި އެޕްލަޔަންސް އިމްޕޯޓަށް ހިނގާ ހަރަދު ވަނީ 40 ޕަސެންޓު އިތުރުވެފަ އެވެ.

ރިޒާވަށް ފިއްތުން ހުރި ނަމަވެސް، ސަރުކާރުން ބުނަނީ ދަރަނި މެނޭޖުކުރާށާއި ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކުގެ ތެރެއިން އިގުތިސޯދު ސަލާމަތްކުރެވޭނެ ކަމަށެވެ. މާލީ ހާލަތާ ގުޅޭގޮތުން މިދިޔަ މަހު ރައްޔިތުންގެ މަޖިލިހުގައްޔާއި މި މަހު ކުރީކޮޅު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޔަގީންކަން ދެއްވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ފަސް މަސް ދުވަހުގެ ތެލާއި ކާޑުގެ ހަރަދުތައް ފުއްދާ ވަރަށް ރިޒާވުގައި ބޭރު ފައިސާ އެބަހުރި ކަމަށެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އެންމެ ފަހުން އާންމުކުރި ފިސްކަލް ހާލަތުގެ ރިޕޯޓުން ދައްކާ ގޮތުގައި މެއި މަހުގެ ނިޔަލަށް ގްރޮސް ރިޒާވުގައި ހުރީ 807.2 މިލިއަން އެމެރިކާ ޑޮލަރެވެ. މީގެން އެމްއެމްއޭގެ އެ މަހުގެ ނިޔަލަށް ހުރި ބޭރު ފައިސާގެ ލަޔަބިލިޓީތައް ކެނޑުމުން، ޔޫސަބަލް ރިޒާވުގައި ހުރި ކަމަށް ހިސާބުކުރެވެނީ 312.1 މިލިއަން ޑޮލަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހި އިންޝުއަރެންސް އިން އައިފޯން 18 ޕްރޯ މެކްސް

މޯލްޑިވްސް އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރު، ދިވެހި އިންޝުއަރެންސް އިން އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި އައިފޯން 18 ޕްރޯ މެކްސްއެއް ލިބޭ ހާއްސަ ލަކީޑްރޯއެއް ހުޅުވާލައިފިއެވެ. މި ލަކީޑްރޯގައި ބައިވެރިވުމަށް އެ ކުންފުނީގެ ހަޓަށް ޒިޔާރަތްކޮށް ރެޖިސްޓްރީ ކުރަންޖެހޭއިރު، އެކްސްޕޯ ކުރިއަށްދާ މުއްދަތުގައި އިންޝުއަރެންސް ޕޮލިސީއެއް ބައްލަވައިގަންނަ ފަރާތްތަކަށް ނަސީބުވެރިޔާ ހޮވުމުގައި އިތުރު ފުރުސަތުތައް ލިބިގެންދާނެއެވެ.

ހިކޭ ބޭސް މަގުބޫލުވެ ރީތިވާ ސާމާނުގެ ވިޔަފާރި ބަދަލުވެއްޖެ

ބަރުދަން ލުއިކުރާ ބޭސްތަކުގެ މަގުބޫލުކަން އިތުރުވުމާ ގުޅިގެން، އެ ބޭސްތަކުގެ ސަބަބުން ހަންގަނޑަށް ކުރާ ނޭދެވޭ އަސަރުތަކަށް ހައްލު ހޯދައިދޭނެ އުފެއްދުންތައް ލޮރިއާލް ކުންފުނިން އަންނަނީ ތައްޔާރުކުރަމުންނެވެ. އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރީތިވާ ސާމާނުގެ ބާޒާރު ކުރިއަރަމުންދާއިރު، އެ ކުންފުނީގެ ވިޔަފާރި ވަނީ އުންމީދުކުރި މިންވަރަށް ވުރެ ބޮޑަށް އިތުރުވެފައެވެ.

އައްޑޫ އެއާޕޯޓު ކުންފުނީގެ ގެއްލުން 817 މިލިއަން ރުފިޔާއަށް

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނީގެ އާމްދަނީ އިތުރުވި ނަމަވެސް، ހިންގުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން މިދިޔަ އަހަރު އެކަނިވެސް 68 މިލިއަން ރުފިޔާގެ ގެއްލުންވި. އެ ކުންފުނީގެ ޖުމްލަ ގެއްލުން 817 މިލިއަން ރުފިޔާއަށް އަރާ. އަދި ކުންފުނީގެ މިލްކިއްޔާތަށްވުރެ ދަރަނި ބޮޑުވެ، ކުންފުނީގެ މާލީ ހާލަތު ވަނީ ނެގެޓިވް 58 މިލިއަން ރުފިޔާއަށް ވެއްޓިފަ.

ދިރާގުޕޭން ކުލި ދެއްކިއްޔާ ނަސީބުވެރިންނަށް އެއް މަސް ހިލޭ

ދިރާގުޕޭ މެދުވެރިކޮށް ފަހި ދިރިއުޅުން ފްލެޓްތަކުގެ ކުލި ދައްކާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ދެ ނަސީބުވެރިއަކަށް އެއް މަހުގެ ކުލި ހިލޭ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ. 2026 ޑިސެންބަރުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ޑިޖިޓަލްކޮށް ފައިސާ ދެއްކުމަށް ހިތްވަރު ދިނުމުގެ ގޮތުން ފެށި ހަރަކާތެކެވެ.

މާލޭގެ ދެ ބިމެއް ވިއްކާލަން ތިންވަނަ ފަހަރަށް އިއުލާނުކޮށްފި

މި ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވަނީ މާލޭގެ މ. ދޮރަގާލި 2 އަދި މ. ދޮރަގާލި 3 އެވެ. މި ދެ ބިމާއި އެ ބިންތަކުގައި ހަދާފައިވާ އިމާރާތްތައް ވިއްކާލުމަށް ބޭންކުން ކަނޑައަޅާފައިވާ އެންމެ ދަށް އަގަކީ ތިން މިލިއަން އަށް ލައްކަ ރުފިޔާ އެވެ.

އެޕަލް ޑުއޯ ރާއްޖޭގެ ބާޒާރަށް އެލް ސްޓޫޑިއޯއިން ތައާރަފުކޮށްފި

އެމެރިކާގެ ބާޒާރާ އެއްވަގުތެއްގައި އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އެޕަލް ޑުއޯ" އެލް ސްޓޫޑިއޯއިން ރާއްޖެއަށް ވަނީ ތައާރަފްކޮށްފައި. މިއީ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީއެއް ބައިނަލްއަގުވާމީ ބާޒާރާ އެއް ދުވަހެއްގައި ރާއްޖެއިން ލިބެން ފެށި ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ފޯނަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެލް ސްޓޫޑިއޯއިން ބުނޭ.

އެމްއެޗްއޭގެ ހޯލްސޭލް ވިޔަފާރި ޑިޖިޓަލްކޮށް، އިންގިލާބީ ފަސޭހައެއ

އެމްއެޗްއޭގެ 50 އަހަރުވީ ހޯލްސޭލް ވިޔަފާރި އޮންލައިންކޮށް، މުދަލަށް އޯޑަރު ދެވޭނެ ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް އެ ކުންފުނިން ވަނީ ތައާރަފްކޮށްފައެވެ. މި ބަދަލާއެކު ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ސްޓޮކް ހުރި މިންވަރު ބަލައި ފަސޭހަކަމާއެކު މުދާ ގަނެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މިއީ ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރި ޒަމާނީކޮށް، ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް އެ ކުންފުނިން އެޅި މުހިންމު ފިޔަވަޅެކެވެ.

Newsletter

Get the latest news delivered straight to your inbox